ވެލެންސިއާގެ ބޮޑު ތުހުމަތު ޔޫތު މިނިސްޓްރީ އަށް

މި ފަހަރުގެ ސީޒަނުގައި ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ ސީޒަނުގައި ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް، ޔޫތު މިނިސްޓްރީން ފައިސާ ދިނުމުގެ ކަންކަން ކުރާއިރު ތަފާތު ކުރުން ގެންގުޅޭ ކަމަށް ކްލަބް ވެލެންސިއާ އިން ބުނެފި އެވެ.

ވެލެންސިއާ އިން މި ގޮތަށް ބުނެފައިވަނީ، މާލީ މައްސަލަތަކުގެ ސަބަބުން މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ބާކީ ބައިގައި ނުކުޅެން އެ ކްލަބުން ނިންމި ސަބަބު އޮޅުންފިލުވައިދިނުމުގެ ގޮތުން ނެރުނު ބަޔާނުގަ އެވެ.

ލީގުގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށް ވެލެންސިއާ އިން ފާހަގަކުރި މައިގަނޑު ސަބަބަކީ މާލީ ދަތިތަކާ ހުރެ ދިމާވެފައިވާ މައްސަލަ އެވެ. އޭގެ އިތުރުން ފާހަގަކުރި ކަންކަމަށް ބަލާއިރު، އަވަސް އަވަހަށް ލީގުގެ މެޗު ތާވަލު ބަދަލުވެ، ފުޓްބޯޅަ ސީޒަން ދިގުދެމިގެންދާތީ، މާލީ ފުދުންތެރިކަންނެތި ކަންކަން ކުރަން އުޅެފިނަމަ، އެ ކްލަބަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ.

މާލީ މައްސަލަތައް ދިމާވި ސަބަބުތަކެއްގެ ގޮތުގައި ވެލެންސިއާ އިން ފާހަގަކޮށްފައިވަނީ އެކި ފަރާތްތަކުން އެ ކްލަބަށް ދޭން ބުނެފައިވާ ފައިސާ ބަރާބަރަށް ލިބިފައިނުވުމެވެ. އެ ގޮތުން، މިދިޔަ އޮގަސްޓް މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުރަތަަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ދޭން ނިންމެވި، އެއް މިިލިއަން ރުފިޔާ، ވެލެންސިއާ އަށް ނުލިބޭ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

އޮކްޓޫބަރު މަހު ތިން ވަނަ ދުވަހު ޔޫތު މިނިސްްޓްރީން ވެލެންސިއާ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ބައެއް ކްލަބްތަކަށް ފައިސާ ޖަމާކޮށްދީފައިވާ ކަމަށާއި މިނިސްޓްރީ އަށް ބަޖެޓްގެ ތާށިކަން ހުރުމުން ވެލެންސިއާ އަށް ޖަމާކޮށްދީފައިވަނީ 250،000 ރުފިޔާ ކަމަށެވެ. ވެލެންސިއާ އިން ބުނެފައިވަނީ، މި ފައިސާ ހޯދަން އިތުރަށް އެ ކްލަބުން ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބުނުއިރު، ކޮންމެ ފުޓްބޯޅަ ސީޒަނެއް ފަށަން ކްލަބްތަކަށް ޔޫތު މިނިސްޓްރީން ދޭ މާލީ އެހީ ވެސް ވެލެންސިއާ އަށް ނުލިބޭ ކަމަށެވެ.

ރައީސް ސޯލިހު، ފުރަތަމަ ޑިވިޝަން ކްލަބްތަަކަށް ދޭން ނިންމެވި، އެއް މިލިއަން ރުފިޔާ ލިބުނު ކްލަބްތަކަކީ، މާޒިޔާ، އީގަލްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް ކްލަބް އަށް ކަން އެނގިފައިވެ އެވެ. ދެން ހިމެނޭ ހަތަރު ޓީމަށް ދީފައިވަނީ 250،000 ރުފިޔާ އެވެ.

މީގެ އިތުރުން، ވެލެންސިއާ އިން 2022 ވަނަ އަހަރު ޖެނުއަރީ މަހު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމުން ދޭން ޖެހޭ އިނާމް ފައިސާ އަށް ވާ 500،000 ރުފިޔާ ވެސް ދީފައިނުވާ ކަމަށާއި އެ ފައިސާ ހޯދަން ފޮނުވި ސިޓީ އަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު، މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަށް އިތުރު ފައިސާއާ އެކު، މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ.

"މިހެންވެ، ކްލަބްތަކަށް ފައިސާ ދިނުމުގައި މިިނިސްޓްރީން ތަފާތުކުރުން ގެންގުޅޭ ކަމަށް މި ކްލަބް ވަނީ އެ މިނިސްޓްރީން ފޮނުވި ސިޓީއިން ވެސް ކަށަވަރުވެފަ އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކުޅުމަށް މި ކްލަބަށް އެހީތެރިވެދިނުމުގައި ވެސް މިނިސްޓްރީން އަމަލުކޮށްފައިވަނީ ވަރަށް ފަރުވާކުޑަ އުސޫލަކުން ކަން ވެސް ފާހަގަކުރަމެވެ،" ވެލެންސިއާގެ ބަޔާނުގައވެ އެވެ.

މިިދިޔަ އަހަރު، އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އެ ގައުމުގައި ކުޅެން އޮތް މެޗަށް ވެލެންސިއާ ނުދެ އެވެ. ވެލެންސިއާ އަށް ނުދެވުނީ މާލީ ހާލަތުގެ ސަބަބުން ކަންތައްތައް ހަމަނުޖެހި ހުރުމުންނެވެ.

ވެލެންސިއާ އިން އޭރު ވެސް ބުނީ މިނިސްޓްރީން ލިބެންޖެހޭ އެއްބާރުލުން ވަގުތު އޮއްވައި ނުލިބުނު ކަމަށާއި އެހެންވެ މެޗު ކުޅެން ނުދެވުނީ ކަމަށެވެ. މިނިސްޓްރީން ވަނީ ފަހުން ބަޔާނެއް ނެރެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ހަމަޖައްސައިދީފައިނުވާތީ، ވެލެންސިއާ އަށް ވަނީ ފީފާގެ ސަސްޕެންޝަނެއް ވެސް އަތުވެފަ އެވެ. ވެލެންސިއާ އިން މި ސީޒަނަށް ސޮއިކުރި ކުޅުންތެރިން ރަޖިސްޓްރީ ކުރެވިފައިނުވާތީ، އެ ކުޅުންތެރިން ވަނީ އެހެން ޓީމުތަކަށް ބަދަލުވެފަ އެވެ.

ވެލެންސިއާ އެކޭ އެއްގޮތަށް ކްލަބް ގްރީން ސްޓްރީޓްސް އިން ވެސް ލީގުގެ ބާކީބައިގައި ނުކުޅެން ވަނީ ނިންމައިފަ އެވެ. އެކަމަކު، ރަސްމީކޮށް އެ ކަން އެފްއޭއެމަށް ނާންގާތީ، މާދަމާ އަލުން ފަށާ ލީގުގެ ޝެޑިއުލްގައި ގްރީން ސްޓްރީޓްސް ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox