ފައިސާގެ މައްސަލަތަކުގެ ސަބަބުން ވެލެންސިއާ ދިވެހި ޕްރިމިއާ ލީގުން ވަކިވެއްޖެ

Nov 15, 2023, 8:42 AM
ކުލަބު ވެލެންސިޔާގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން. ކުލަބަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން މާދަމާ ފަށާ ދިވެހި ޕްރިމިއާ ލީގުގައި ނުކުޅެން އެކުލަބުން ވަނީ ނިންމާފައި - ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ކުލަބު ވެލެންސިޔާގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން. ކުލަބަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން މާދަމާ ފަށާ ދިވެހި ޕްރިމިއާ ލީގުގައި ނުކުޅެން އެކުލަބުން ވަނީ ނިންމާފައި - ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ފައިސާގެ މައްސަލަތަކާ ހެދި މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ބާކީ ބައި ނުކުޅެ ލީގުން ވަކިވާން ކްލަބް ވެލެންސިއާ އިން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ކުލަބް، ވެލެންސިއާ އިން ދިވެހި ޕްރިމިއާ ލީގުގެ ބާކީ ބައި ނުކުޅެ ވަކިވާން ނިންމާފައިވަނީ މާލީ ގޮތުން ކުލަބަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނެވެ. މީގެ އިތުރުން އަވަސް އަވަހަށް ލީގުގެ ޝެޑިއުލް ބަދަލުވެ، ފުޓްބޯޅަ ސީޒަން ދިގުލައިގެންދާތީ، މާލީ ގޮތުން ފުދުންތެރިކަންނެތި މެޗުތައް ކުޅެން ޖެހިއްޖެނަމަ އެކަމުގެ ސަބަބުން އެ ކުލަބަށް ލިބިދާނެ ގެއްލުންތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުންކަމަށް ބުނެ އެވެ.

ވެލެންސިއާ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކުލަބަށް ދިމާވެފައިވާ މަލީ މައްސަލަތައް ދިމާވުމުގައި އެންމެ ބޮޑު އެއް ސަބަބަކީ އެކުލަބަށް ލިބެންޖެހޭ ފައިސާތަކެއް ނުލިބި ހުރުމެވެ. އެ ގޮތުން މިދިޔަ އޮގަސްޓް މަހު ފުރަތަމަ ޑިވިޝަންގެ އަށް ކުލަބަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަން ނިންމެވި ފައިސާގެ ބޮޑު ބައި އެކުލަބަށް ނުލިބެ އެވެ.

އެއް މިލިއަން ރުފިޔާގެ ބަދަލުގައި އެކުލަބަށް ލިބުނީ 250،000 ރުފިޔާ އެވެ. ވެލެންސިއާގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ، ކުލަބު ގްރީން ސްޓްރީޓްސް އަދި ޓީސީ ސްޕޯޓްސް ކުލަބަށްވެސް ފައިސަ ލިބުނީ މިއަދަދަށެވެ. އަނެއް ހަތަރު ކުލަބަށް އެއް މިލިއަން ރުފިޔާ ޔޫތު މިނިސްޓްރީން ވަނީ ދީފަ އެވެ. މިކަމާ ގުޅޭގޮތުން ވެލެންސިއާ އިން މިނިސްޓްރީ އަށް ސިޓީ ފޮނުވައި އެކަން ސާފުކުރަން މަސައްކަތް ކުރުމުން މިނިސްޓްރީން ދީފައިވާ ޖަވާބަކީ، ބަޖެޓުގެ ތާށިކަން ހުރުމުން ފައިސާ އެއްކޮށް ދެވެން ނެތީ ކަމަށެވެ.

މި ފައިސާގެ އިތުރުން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އިން ކުލަބުތަކަށް ދޭން ބުނި ފައިސާ ވެސް އެކުލަބަށް ނުލިބޭކަމަށް ވެލެންސިޔާގެ ބަޔާނުގައި ބުނެފައި އެވެ.

މީގެ އިތުރުން ގައުމީ މުބާރާތު (ޕްރެޒިޑެންޓްސް ކަޕް)ގެ 2022ގެ ޗެމްޕިއަންކަން ހޯދުމުން އިނާމް ފައިސާގެ ގޮތުގައި ލިބެންޖެހޭ 500،000 ރުފިޔާ ވެސް އެ ކުލަބަށް ނުލިބޭކަމަށް ވެލެންސިއާ އިން ބުނެ އެވެ.

ވެލެންސިއާ އިން ބުނީ 2023ގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަން އަށް މިނިސްޓްރީ އިން އިތުރަށް ފައިސާ ދީފައިވާ ކަމަށާއި، ކުލަބުތަކަށް ފައިސާ ދިނުމުގައި މިނިސްޓްރީ އިން "ތަފާތުކުރުން ގެންގުޅޭ" ކަމަށެވެ.

ވެލެންސިއާ އިން ލީގުން ވަކިވުމާ ގުޅޭގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ވެލެންސިއާ އިން ލީގުން ވަކިވާން ނިންމުމުން އެފްއޭއެމް އެމާޖެންސީ ކޮމިޓީ އިން އެކުލަބު ޖޫރިމާނާ ކުރަން ނިންމާފައިވާ ކަމަށެވެ.

މާލީ ހާލަތާ ހެދި ވެލެންސިއާ އަށް ލީގުގައި ކުޅެވެން ނެތް ކަމަށް އެ ކްލަބުން އެފްއޭއެމަށް އަންގާފައިވަނީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. އެފްއޭއެމް އިން އެކަމާ ގުޅިގެން ވެލެންސިއާ އެކު ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ދެކެވުނު ވާހަކަތަކަށް ބަލައި، ޖަވާ ވިދާޅުވީ، ވެލެންސިއާގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ސްކޫލް ކުދިން ކަމަށްވާތީ ޓެސްޓް ދުވަސްވަރު ވެސް ކުރިމަތީގައި އޮތުމާ އެކު، އެކަށީގެންވާ ވަރަށް ކުޅުންތެރިން ގޮވައިގެން މެޗުތައް ކުޅެވެން ނެތް ކަމަށެވެ.

ވެލެންސިއާ ކުޅެން ހުރި މެޗުތައް ނުހިމަނައި އާ ޝެޑިއުލް އެފްއޭއެމް އިން ނެރެފައިވާއިރު، ލީގުގެ ބާކީ ހުރި މެޗުތައް ކުޅެން ކުލަބު ގްރީން ސްޓްރީޓްސް އިން ބޭނުން ނުވާކަމަށް އަޑުވަނީ ފެތުރިފަ އެވެ. ނަމަވެސް ރަސްމީކޮށް މިކަން އެފްއޭއެމަށް އެކުލަބުން އަންގާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox