އިޓަލީގެ ދެ ވަނަ ޑިވިޝަންގެ ކޯމޯގެ ކޯޗަކަށް ފަބްރިގާސް ހަމަޖައްސައިފި

Nov 14, 2023, 5:37 AM
އިޓަލީގެ ދެ ވަނަ ޑިވިޝަންގެ ކޯމޯގެ ކޯޗަކަށް ފަބްރިގާސް ހަމަޖައްސައިފި

އިޓަލީގެ ދެ ވަނަ ޑިވިޝަންގެ ޓީމެއްކަމަށްވާ ކޯމޯގެ ކޯޗަކަށް އާސެނަލް އާއި ޗެލްސީގެ ކުރީގެ ތަރި ސެސް ފަބްރިގާސް ހަމަޖައްސައިފި އެވެ.

ސްޕެއިންގެ ކުރީގެ މިޑްފިލްޑަރު ފަބްރިގާސް ކޯމޯގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެޓީމްގެ ކުރީގެ ކޯޗަކަށް ހުރި މޮރޭނޯ ލޮންގޯ މަގާމުން ވަކިކުރުމުންނެވެ. ލޮންގޯ މަގާމުން ވަކިކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

ފަބްރިގާސް ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ ސީޒަނަށް ފަހުގަ އެވެ. އޭނާ ކުޅުން ހުއްޓާލީވެސް ކޯމޯއަށް އެއް ސީޒަނުގައި ކުޅެފަ އެވެ. ކުޅުން ހުއްޓާލުމަށްފަހު އޭނާ ހުރީ އެކުލަބުގެ ޔޫތު ޓީމްގެ ކޯޗުގެ ގޮތުގަ އެވެ.

36 އަހަރުގެ ފަބްރިގާސް އަށް ކޯމޯގެ ކޯޗުކަން ދީފައިވަނީ ވަގުތީ ގޮތުންނެވެ. އެކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދާއިމީ ކޯޗެއް ލިބެންދެން ވަގުތީގޮތުން ފަބްރިގާސް އެޓީމްގެ ކޯޗަކަށް ހަމަޖައްސާފައިވާ ކަމަށެވެ.

ސްޕެއިންގެ ބާސެލޯނާއަށްވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަބްރިގާސް ކޯމޯއަށް އިރުޝާދުދޭ ފުރަތަމަ މެޗަކަށްވާނީ މިމަހުގެ 25 ގައި ލީގުގައި ފެރަލްޕީސަލޯއާ ދެކޮޅަށް ކުޅޭ މެޗެވެ. މިވަގުތު ކޯމޯ އޮތީ އިޓަލީގެ ދެ ވަނަ ޑިވިޝަންގެ ހަ ވަނައިގަ އެވެ.

ފަބްރިގާސް މިދިޔަ ފަސް މަހު ވަނީ އެކުލަބުގެ އެކަޑެމީ އާއި ޔޫތު ޓީމްތަކުގައި ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން އޭނާ ވަނީ ޔުއެފާ ކޯޗިންގެ ގިނަ ކޯސްތަކެއް ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox