ނަޝީދުގެ ވަކިކުރުމުގެ މައްސަލައިގައި މިއަދު ހަވީރު ވެސް ޖަލްސާއެއް

ނަޝީދުގެ ވަކިކުރުމުގެ މައްސަލައިގައި މިއަދު ހަވީރު ވެސް ޖަލްސާއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެފައި ވަނިކޮށް، މިއަދު ހަވީރު 4:00 ގައި ޖަލްސާއެއް ބާއްވަން ހަމަޖައްސައި، ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން އާންމުކުރި އެޖެންޑާގައި ހިމަނާފައިވަނީ ނަޝީދު ވަކިކުރުމުގެ ގަރާރު އެކަންޏެވެ. މިއަދު 11:00 ގައިވެސް އެ ގަރާރު ކުރިއަށް ގެންދިއުމަށް ޖަލްސާއެއް ފެށި އެވެ. އެޖެންޑާކުރި މައްސަލަ ކުރިޔަށް ނުގެންދެވުނަސް، 2:30 ވަންދެން އީވާ ރިޔާސަތު ގޮނޑީގައި އިންނެވި އެވެ.

އާންމުކޮށް މަޖިލީހުގެ ޖަލްސާތައް 2:30 ގައި ނިންމާލާތީވެ، އީވާ ވެސް މިއަދުގެ ޖަލްސާ ނިންމާލުމަށް ފަހު، ވިދާޅުވީ މާދަމާ ޖަލްސާ ބާއްވާނެ ކަމަށެވެ.

ނަމަވެސް އެ ޖަލްސާ ނިންމާލިކަން އީވާ އިއުލާނު ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އާ ޖަލްސާއެއް އެެޖެންޑާކުރި އެވެ. ހަވީރު 4:00 ގައި ބާއްވާ އެ ޖަލްސާ އެޖެންޑާކުރީ އީވާގެ ލަފައާ އެއްގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރަން ޖެހެނީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ފިލްޒާ އެވެ. ނަމަވެސް އީވާ މިއަދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ޖަލްސާތައް އެޖެންޑާކޮށް، މެމްބަރުންނަށް އެކަން އަންގާނީ އޭނާ ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީން ބުނާ ގޮތުގައި އީވާ މަޖިލީހުގެ ޖަލްސާ ހުއްޓުވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށެވެ. އެއީ ނަޝީދު ވަކިކުރަން ހުރަސް އެޅުމުގެ ގޮތުން ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. ނަޝީދު އާއި އީވާއަކީ ދެބޭންގެދެދަރި ބޭފުޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox