ނަޝީދުގެ ގަރާރު ގަވާއިދަށް ފެތޭކަމަށް ލަފާދިނުމުން ޑިމޮކްރެޓްސްގެ ފާޑުކިޔުން އަމީން އާއްމަށް

މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ : ނަޝީދުގެ ގަރާރު ގަވާއިދަށް ފެތޭކަމަށް ލަފާދިނުމާއެކު ޑިމޮކްރެޓްސްގެ ފާޑުކިޔުން އަމީން އާއްމަށް - ފޮޓޯ: މަޖިލިސް އިދާރާ

މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ : ނަޝީދުގެ ގަރާރު ގަވާއިދަށް ފެތޭކަމަށް ލަފާދިނުމާއެކު ޑިމޮކްރެޓްސްގެ ފާޑުކިޔުން އަމީން އާއްމަށް - ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުގެ ގަވާއިދަށް ފެތޭ ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއަށް، ނަޝީދުގެ ޑިމޮކްރެޓްސް ގެ މެންބަރުން ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދު ވަކިކުރުމުގެ ގަރާރު އެޖެންޑާ ކޮށްފައިވާ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވާ، ނިއުޝާއަށް ފާޑުވިދާޅުވީ، ޑިމިކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

އެގޮތުން ހަސަން ލަތީފު ވިދާޅުވީ، ރިޔާސަތުގެ ނިންމުންތައް އެހެން ގޮތްތަކަށް މާނަކޮށް، ތަރުޖަމާ ކުރުމުގެ ބާރެއް އަމީން އާއްމަށް ލިބި ވަޑައިނުގަންނަވާ ކަމަށާއި، އެ ފަރާތުން ޖެހޭނީ ރިޔާސަތުން ނިންމާ ނިންމުންތަކާ އެއްގޮތަށް އަމަލުކުރައްވަން ކަމަށެވެ.

"އެހެން ނޫންނަމަ އަމީން އާއްމު އެ ކުރައްވާ ކަމަކީ ސިޔާސީ ބަހުސްގެ ތެރެއަށް ވެދެވަޑައިގަންނަވަނީ، އެއީކީ އަމީން އާއްމަށް ލިބިގެންވާ ޖާގައެއް ނޫން ގަވާއިދަކުންނެއް، އެހެންވީމަ މި މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެ މައްސަލަ ވަނީ މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްފަ" ހަސަން ލަތީފު ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ އޮތް ދެ ޖަލްސާއަށް ވެސް އެޖެންޑާ ކުރި އެވެ. ފުރަތަމަ ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އެވެ. ނިޒާމީ އޮއިވަރެއްގެ ތެރެއަށް މަޖިލީހުގެ ތަޅުން ދޫކޮށްލުމަށް ފަހު އަފީފު ވަނީ އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ވިދާޅުވެ ނަޝީދު ވަކިކުރުން އަލުން ހުށަހަޅަން އަންގަވާފަ އެވެ.

އަފީފުގެ އެ ނިންމުން މަޖިލީހުގެ އަމީން އާންމު ގަބޫލު ނުކުރައްވައި، 11:30 އަށްއެޖެންޑާކުރި ޖަލްސާގެ ރިޔާސަތު އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ އަފީފުގެ ނިންމެވުން ރަނގަޅު ކަމަށް ވިދާޅުވެ މަޖިލިސް ޖަލްސާ ނިންމަވާލައްވައިފަ އެވެ.

ނަމަވެސް މަޖިލީހުގެ އަމީން އާއްމު ގަބޫލުކުރައްވަނީ އީވާވެސް ގަރާރު ބޭރުކޮށްލެއްވީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ދެ ޖަލްސާ ހުއްޓުވާ އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށާއި އީވާ އާއި އަފީފު މެމްބަރުންގެ "އިމްތިޔާޒްތަކަށް އަރައިގަތް ކަމަށް" އިމްތިޔާޒާއި ސޫލުކު ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަދި އެ ގަރާރު ހުއްޓުވާފައިވާތީ ހުއްޓުވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް އެ ކޮމިޓީން ނިންމުމާއެކު، ބަންޑާރަ ނައިބު ވަނީ ނަޝީދުގެ ގަރާރު ކުރިއަށް ގެންދިއުން އަފީފު އަދި އީވާ ހުއްޓުވީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ގަރާރު ދެން ކުރިއަށް ގެންދާއިރު އެ ދެ މެންބަރުން ރިޔާސަތުގައި ނުތިބެވޭނެ ކަމަށް ލަފާދެއްވާފަ އެވެ.

ނަމަވެސް، މިއަދު 11:00 އަށް ހަމަ އެ ގަރާރު އެޖެންޑާކޮށް ޖަލްސާއެއް ތާވަލުކުރި ޖަލްސާގެ ރިޔާސަތުގައި އަނެއްކާވެސް އީވާ އިންނެވުމުން މަޖިލީހުގެ ތަޅުން ވަނީ ހޫނުވެފަ އެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުން ދެކޮޅު ހައްދަވަނީ އީވާ ރިޔާސަތުގައި އިންވެމާ އެވެ. ޑިމޮކްރެޓުން އަޑުއުފުލަނީ ބަޖެޓު ހުށަނޭޅޭ މައްސަލާގަ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުން "އަދަދު" އަށް ވިދާޅުވި ގޮތުގައި، ބަންޑާރަނައިބުގެ ލަފަޔާ އެއްގޮތަށް ރިޔާސަތު ދޫކުރެއްވުމަށް އެދި އަމީން އާއްމު ވަނީ ތަކުރާރުކޮށް ރިޔާސަތުން ފާބައިވަޑައިގަތުމަށް ލަފާދެއްވާފަ އެވެ. ނަމަވެސް އަދިވެސް ރިޔާސަތުގައި އިންނެވީ އީވާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox