އަސްލަމްގެ ތުހުމަތު: "ބަޖެޓް ޖަލްސާ ބޭއްވޭތޯ އީވާ އުޅުއްވަނީ ނަޝީދުގެ ޖަލްސާ ނުބާއްވަންވެގެން"

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވަޑައިގަންނަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވަޑައިގަންނަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން އެޖެންޑާކުރި ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމިރަށް ވަޑައިގެންނެވޭ ގޮތް ނުވުމުން ވެސް އެ ޖަލްސާ ކެންސަލް ނުކޮށް ކުރިއަށް ގެންދަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަސައްކަތް ކުރައްވާތީ އެމްޑީޕީން ފާޑު ކިޔައިފި އެވެ.

އެމްޑީޕީގެ ޕާލަމެންާޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "އަދަދު" އަށް ވިދާޅުވީ ބަޖެޓް ޖަލްސާ ކެންސަލް ނުކޮށް ކުރިއަށް ގެންދަަވަން އީވާ މަސައްކަތް ކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާކުރި ޖަލްސާ ނުބާއްވަން ވެގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވެން ނެތް ކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އޮތީ މަޖިލީހުގެ އިދާރާއަށް ސިޓީއަކުން އަންގަވައިފަ އެވެ. މިއަދު ހެނދުނު 9:00 ގައި ފަށަން ތާވަލުކޮށްފައި އޮތް އެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ހަމަ އެކަނި ކަމަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބާކީ ބަޔަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތެވެ.

އަމީރު ވަޑައިނުގެންނެވި ނަމަވެސް ޖަލްސާ ކުރިއަށް ގެންދަވަން 9:00 ގައި އީވާ މަޖިލީހުގެ ރިޔާސީ މޭޒަށް ވަޑައިގެންނެވި އެވެ. އީވާ ވިދާޅުވީ ތަޅުމަށް ވަޑައިނުގެންނެވި ނަމަވެސް މެމްބަރުން މަޖިލީހުގެ ގޯތިތެތޭގައި އެބަ ތިއްބެވި ކަމަށެވެ. އެހެންވެ ކޯރަމް ހަމަކޮށް، ޖަލްސާ ފެށޭތޯ މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ މަޑުކުރާނަން. ކޯރަމް ހަމަވޭތޯ އަޅުގަނޑު ހަމަ މަޑުކުރާނަން. އިރުއިރުކޮޅާ ކޯރަމް ބެލް ޖަހައިގެން ކޯރަމް ހަމަކުރެވޭތޯ އަޅުގަނޑު ހަމަ މަޑުކުރާނަން،" އީވާ ވިދާޅުވި އެވެ.

ބަޖެޓް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީ އާއި މާލިއްޔަތު ގާނޫނުން ލާޒިމުކުރާ ކަމެއް ކަން މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އަސްލަމް ތުހުމަތުކުރައްވާ ގޮތުގައި އީވާ އެހެން އެ ހައްދަވަނީ ނަޝީދުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާ ނުބާއްވަން ވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox