އަށް ގޯލު ފެނުނު މެޗުން ޗެލްސީ އާއި ސިޓީ އެއްވަރުވިއިރު، ލިވަޕޫލަށް މޮޅެއް

Nov 13, 2023, 7:50 AM
އަށް ގޯލު ފެނުނު މެޗުން ޗެލްސީ އާއި ސިޓީ އެއްވަރުވިއިރު، ލިވަޕޫލަށް މޮޅެއް

ލަންޑަން (ނޮވެމްބަރު 13) - އިތުރު ވަގުތުގައި ކޯލް ޕާލްމާ ވައްދާލި ޕެނަލްޓީ އާއިއެކު މެންޗެސްޓާ ސިޓީ އަތުން ޗެލްސީ އިން ޕޮއިންޓެއް ހޯދިއިރު، ސަލާހުގެ 200 ވަނަ ގޯލާއިއެކު ލިވަޕޫލް މޮޅުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗު 4-4 އިން އެއްވަރުވިއިރު، ލިވަޕޫލް މޮޅުވީ އަމިއްލަ ދަނޑުގައި 3-0 އިންނެވެ. މިނަތީޖާތަކާއިއެކު ލީގުގެ އެއްވަނާގައި 28 ޕޮއިންޓާއިއެކު ސިޓީ އޮތްއިރު، ދެވަނައިގައި އޮތީ 27 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އެވެ. ޗެލްސީ އޮތީ 16 ޕޮއިންޓާއިއެކު ލީގުގެ 10 ވަނައިގަ އެވެ.

ޗެލްސީ އާއި ސިޓީ އެއްވަރުވި މެޗުގައި ފުރަތަމަ ގޯލު ޖެހީ ސިޓީ އިންނެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑް ޖަހައިދިން ގޯލެކެވެ. ތިއާގޯ ސިލްވާ އާއި ރަހީމް ސްޓާލިންގެ ގޯލުތަކުން ޗެލްސީ ކުރީގައި އޮވެ ފުރަތަމަ ހާފު ނިމެންދަނިކޮށް އިތުރު ވަގުތުގައި ސިޓީ އިން އެއްވަރުކުރި އެވެ. މި ގޯލު ޖަހައިދިނީ މެނުއެލް އަކަންޖީ އެވެ.

ސިޓީ އިން ދެވަނަ ހާފު ފެށީވެސް ގޯލަކުންނެވެ. މިފަހަރުވެސް އެޓީމަށް ލީޑު ނަގައިދިނީ ހާލަންޑް އެވެ. ޗެލްސީ އިން މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަކުރީ ނިކޮލަސް ޖެކްސަން ޖެހި ގޯލުންނެވެ. މިއީ ކޯނޯ ގެލެގާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު އެޑަސަން އަތުގައި ޖެހިފައި ނުކުތް ވަގުތު ޖެކްސަން ޖެހި ގޯލެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓު އޮއްވާ އަނެއްކާވެސް ސިޓީ އިން ލީޑު ނެގި އެވެ. މިއީ މިޑްފިލްޑަރު ރޮޑްރީ ފޮނުވާލި ހަމަލާއެއް ޑިފެންޑަރު ތިއާގޯ ސިލްވާ ފައިގައި ޖެހި ބޯޅައިގެން މިސްރާބު ބަދަލުވެގެންގޮސް ވަތް ގޯލެކެވެ.

ޗެލްސީ އަށް މެޗުން ޕޮއިންޓެއް ލިބުނީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލުންނެވެ. މި ގޯލު ޖަހައިދިނީ ސިޓީ ދޫކޮށް ޗެލްސީއަށް މި ސީޒަންގައި ބަދަލުވި ކޯލް ޕާލްމާ އެވެ.

ލީގުގައި ލިވަޕޫލް ރޭ މޮޅުވީ ބްރެންޓްފޯޑް އަތުން 3-0 އިންނެވެ. މި މެޗުގައި ފޯވާޑް މުހައްމަދު ސަލާހު ދެ ގޯލު ޖެހި އެވެ. މި ދެ ގޯލާއިއެކު އޭނާ އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 200 އަށް އަރާފަ އެވެ. އެޓީމްގެ ފަހު ގޯލު ޖަހައިދިނީ ޑިއޭގޯ ޖޮޓާ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެސްޓަން ވިލާއިން ވަނީ 3-1 އިން ފުލްހަމް ބަލިކޮށްފަ އެވެ. ބްރައިޓަން އާއި ޝެފިލްޑް ވާދަކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، ވެސްޓްހަމް ޔުނައިޓެޑުން ވަނީ 3-2 އިން ނޮޓިމްހަން ފޮރެސްޓް ބަލިކޮށްފަ އެވެ.

ރޭގެ މެޗުތަކަށްފަހު އިންޓަނޭޝަނަލް ބްރޭކަށް ލީގު ވަނީ މެދު ކަނޑާލާފަ އެވެ. ދެން ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox