ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް އަޒްނީން ރަން މެޑަލް ދިފާއުކޮށްފި

Nov 11, 2023, 9:32 AM
ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް އަޒްނީން ރަން މެޑަލް ދިފާއުކޮށްފި

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 14 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފި އެވެ.

މިމަހުގެ 6-11 އަށް ދެކުނު ކޮރެއާގެ ވޮންޖޫ ސިޓީގައި ކުރިއަށްދިޔަ މުބާރާތުގައި ދުނިޔޭގެ 60 ގައުމަކުން 600 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި އެވެ. ރާއްޖެއިން މި މުބާރާތުގައި ވާދަކުރީ ހަތަރު އެތުލީޓުންނެވެ.

ބައިނަލްއަގްވާމީ މައިދާނުގައި މިދިޔަ ތިން އަހަރަށް ބަލާއިރު އެންމެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ދިވެހި އެތުލީޓު އަޒްނީން ރަޝާދު ވަނީ މިދިޔަ އަހަރު ހޯދި ރަން މެޑަލް މިފަހަރު ދިފާއުކޮށްފަ އެވެ. އަޒްނީން ރަން މެޑަލް ހޯދީ ސްޕޯޓްސް ފީޒީކްގެ 170 ސެންޓްމީޓަރު ކެޓަގަރީ އިންނެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓުގެ މަގާމު ހޯދި އަޒްނީން ވަނީ މި ކެޓަގަރީ އިން އޭޝިއަން ޗެމްޕިއަންޝިޕާއި، ސައުތު އޭޝިއަން ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށް ރަން މެޑަލް ހޯދާފަ އެވެ.

އަޒްނީންގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި އެހެން އެތުލީޓުންގެ ތެރެއިން ރާއްޖޭގެ މިސްޓަ މޯލްޑިވްސް މުހައްމަދު ޔާމީން ބޮޑީބިލްޑިން ކެޓަގަރީގެ 85 ކިިލޯގެ ބައިން ބްރޮންޒް މެޑަލް ހޯދާފަ އެވެ.

އެތުލެޓިކް ފިޒީކް ކެޓަގަރީގެ 167 ސެންޓިމީޓަރުގެ ބައިން އަބްދުﷲ އަހުސަން ވަނީ ބްރޮންޒް މެޑަލް ހޯދާފަ އެވެ. އަހުސަން ވަނީ މިދިޔަ އަހަރުވެސް މި ބައިން ބްރޮންޒް މެޑަލް ހޯދާފަ އެވެ.

އެތުލެޓިކް ފިޒީކްގެ 160 ސެންޓިމީޓަރު ކެޓަގަރީގައި ވާދަކޮށް ފަތުހުﷲ މުހައްމަދު މިދިޔަ އަހަރު ހޯދި ބްރޯންޒް މެޑަލް މިއަހަރު ހޯދޭ ގޮތެއް ނުވި އެވެ. މިފަހަރު ފަތުހުﷲ ދިޔައީ ފަސް ވަނަ އަށެވެ.

ކޮންމެ ވޯލްޑް ޗެމްޕިއަންޝިޕެއްގައިވެސް ހޮވާ މިސްޓަ ޔުނިވާސްގެ މަގާމް މިފަހަރު ހޯދީ އިންޑިއާގެ ސަރްވަނަން މަނީ އެވެ. އޭނާ ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އޮތް އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކޮށް މިސްޓަ އޭޝިއާގެ މަގާމްވެސް ހޯދާފަ އެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕު އަންނަ އަހަރު އޮންނާނީ ރާއްޖޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox