ޝާޔާ އީޖާދުކޮށްލީ ނާޒުކު ރާއްޖެއަށް ކޮންމެހެން ބޭނުން އުޅަނދެއް!

ޝާޔާ އަދި އޭނާގެ އީޖާދު "ވާމޯސް" --

ޝާޔާ އަދި އޭނާގެ އީޖާދު "ވާމޯސް" --

ސައުތް އޮސްޓްރޭލިއާގެ އެންމެ ބޮޑު ސައިންސް ކޮމްޕެޓިޝަން ކަމުގައިވާ "ދަ އޮލިޕަންޓް ސައިންސް އެވާޑްސް" ގައި ޖުމުލަ 119 ސްކޫލެއްގެ 2،500 ޕްރޮޖެކްޓާއި ވާދަކޮށް ތަފާތު އަދި ފާހަގަކޮށްލެވޭ ޕްރޮޖެކްޓުގެ އެވޯޑު ހޯދީ އުމުރުން އެންމެ ތޭރަ އަހަރުގެ ޝާޔާ އިސްމާއީލެވެ. ދިވެހިރާއްޖެއަށް ނިސްބަތްވާ ޝާޔާ ތައުލީމު ހާސިލް ކުރަނީ އޮސްޓްރޭލިއާގެ އެޑިލޭޑް ބޮޓާނިކް ހައި ސްކޫލުގަ އެވެ.

އަބަދުވެސް ސައިންސް އަދި އަމިއްލައަށް އީޖާދުތައް އުފެއްދުމަށް ޝައުގުވެރިވާ ޝާޔާ ވަނީ އޮލިޕަންޓް ސައިންސް އެވާޑްސް މުބާރާތުގައި ވާދަކުރުމަށްޓަކައި ތަފާތު އީޖާދެއް އުފައްދާފަ އެވެ. "ވާމޯސް" ގެ ނަމުން ނަން ދީފައިވާ މި ޕްރޮޖެކްޓުގައި ޝާޔާ އުފައްދާފައިވަނީ އޮޓޮމެޓިކް މެރިން އޮބްޒަވޭޝަން އުޅަނދެކެވެ.

މިއަހަރުގެ އޮލިޕަންޓް ސައިންސް އެވާޑްސްއަށް ހުށަހެޅި ޝާޔާގެ މި ޕްރޮޖެކްޓަށް ޖުމުލަ ހަތަރު އެވޯޑެއް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

Advertisement
  1. މުބާރާތަށް އެންމެ ފާހަގަކޮށްލެވޭ ފަރާތަކަށް ދޭ ޓްރޮފީ
  2. ފްލިންޑާސް ޔުނިވަސިޓީ އެންވަޔަރަންމަންޓް އެވޯޑް
  3. މޮޑެލްސް އެންޑް އިންވެންޝަންސް: ގުރޭޑު 7-8 ގެ ކެޓަގަރީން އެއްވަނަ
  4. ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަން ޔަންގް ސައިންޓިސްޓް އެވޯޑްސްގެ ގުރޭޑު 5-8 ގެ ކެޓަގަރީން ހަތަރު ވަނަ
މޮނިކާ މޮނިކާ އޮލިފޭންޓް ޝާޔާއަށް އިނާމު ހަވާލުކޮށްދެނީ --
މޮނިކާ މޮނިކާ އޮލިފޭންޓް ޝާޔާއަށް އިނާމު ހަވާލުކޮށްދެނީ --

މޮނިކާ އޮލިފަންޓް ޝާޔާއަށް އިނާމު ހަވާލުކޮށްދެނީ --

ޝާޔާގެ ޕްރޮޖެކްޓް "ވާމޯސް"

ވާމޯސް އަކީ ކަނޑުގެ ދިރުންތައް މޮނިޓަރކޮށް ބެލުމަށް ބޭނުންވާ ސެންސަރުތައް ފަރަށް ގެންދިއުމަށް ފަރުމާކޮށްފައިވާ އިލެކްޓްރިކް ވޯޓަރޕްރޫފް ކަނޑު އުޅަނދެކެވެ. ޝާޔާ ފަރުމާކޮށްފައިވާ މި އުޅަނދުގެ މަގުސަދަކީ ސައިންސްވެރިންނަށް ފަރު މޮނިޓަރުކޮށް ބެލުމަށް އެހީތެރިވެދިނުމެވެ. ވާމޯސްގެ މުހިންމު އެއް ސިފައަކީ ފަޅުތެރެއިން ސެންސަރުތައް ދޫކުރުމުގެ ގާބިލުކަން ލިބިގެންވުމެވެ. އަދި ޑައިވަރުންނަށް ނުރައްކާ ކުރިމަތިވެދާނެ ފަަދަ މިޔަރު އަދި ކިނބޫފ ފަދަ އެއްޗެހި އުޅޭ ސަރަހައްދުތައް ދެނެގަތުމަށް ވެސް މި އީޖާދު ބޭނުންކުރެވޭނެ އެވެ.

ވާމޯސްއަށް ބޭނުންވާ ކަރަންޓު ނަގަނީ ބެޓެރީއަކުންނެވެ. ކަނޑުގެ މާހައުލު ތަގައްޔަރު ކުރާ ފަދަ ތެލުގެ ބާވަތްތައް މި އުޅަނދު އޮޕަރޭޓުކުރާކަށް ބޭނުމެއް ނުވެ އެވެ. ވާމޯސް އިން ތަފާތު އެތައް ސެންސަރެއް ގެންގުޅެވޭއިރު، މި ސެންސަރުތަކުން ފިޒިކަލް، ކެމިކަލް، އަދި ބަޔޮލޮޖިކަލް ސިފަތަކުގެ ޑޭޓާ ފޯރުކޮށްދޭނެ އެވެ. މި ސެންސަރުތަކުގެ ތެރޭގައި ހިމެނެނީ:

  • އިމޭޖިން އެންޑް ފޮޓޯގްރަފިކް ސެންސާސް
  • އެކޮސްޓިކް ސެންސާސް
  • ލައިޓް ސެންސާސް
  • ޓެމްޕަރޭޗާ ސެންސާސް
  • ޕީއެޗް ސެންސާސް
  • ސެލިނިޓީ ސެންސާސް
  • ޑިސްސޮލްވްޑް އޮކްސިޖަން ސެންސާސް
  • ނިއުޓްރިއެންޓް ސެންސާސް
ޝާޔާގެ ޕްރޮޖެކްޓް ވާމޯސް --
ޝާޔާގެ ޕްރޮޖެކްޓް ވާމޯސް --

ޝާޔާގެ ޕްރޮޖެކްޓް ވާމޯސް --

ވާމޯސް އިން އެއްކުރާ މި ޑޭޓާ ބޭނުންކޮށްގެން ފަރުތަކުގެ ސިއްހަތު ވަޒަންކޮށް، ނުރައްކާތައް ދެނެގަނެ، މުރަކަ ފަރުތައް ރައްކާތެރިކޮށް އަލުން އާލާކުރުމަށް ފަސޭހަވެގެންދާނެ އެވެ. މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް މުހިއްމު އީޖާދެކެވެ.

މި ޕްރޮޖެކްޓަކީ ޝާޔާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މުހިއްމު ކާމިޔާބީއެކެވެ. ތައުލީމީ އާއިލާއަކަށް ނިސްބަތްވާ ޝާޔާ ބޭނުންވަނީ އާޓިފިޝަލް އިންޓެލިޖެންސް ސައިންޓިސްޓަކަށް ވެ، އެ ރޮނގުން ކުރިއަށްދާށެވެ.

ޝާޔާގެ ބައްޕަ ހ. ރެވިމާގޭ، ޕްރޮފެސަރް އިސްމާއީލް ޝަކީލަކީ އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްގައި މަސައްކަތްކުރާ ޑިފެންސް ސައިންޓިސްޓެކެވެ. މަންމަ އާމިނަތު މާރިޔާ އަލީ އަކީ ވަކީލެކެވެ. ޝާޔާގެ އާއިލާގައި ހުންނަނީ އޭނާގެ ދައްތަ ޝަންޒާ އެވެ. ޝާޔާގެ ކާފައަކީ ވެސް އިލްމީ ރޮނގުން ރާއްޖޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ދިވެހި ބޭހަށް މަޝްހޫރު އިތާމުއިގޭ އަލީ ހުސެއިން އެވެ.

ޝާޔާ ވާމޯސް ހެދުމުގައި ހޭދަކުރި ދުވަސްވަރުގައި ޝާޔާގެ މާމަ، ގ. ސިލްވާ ސްކައި، ފާތުމަތު ހަމީދާ ޝާޔާއަށް އެހީވެ ވާމޯސް ޓެސްޓް ކުރަން ސައުތް އޯސްޓްރޭލިއާ ގެ އެކިއެކި ގޮނޑުދޮށްތަކަށް ކުރި ދަތުރުތަކުގައި ބައިވެރިވި ކަމަކީ ޝާޔާ ބުނާގޮތުގައި ޝާޔާއަށް ލިބުނު ވަރަށް ހާއްސަ އުފަލެކެވެ.

ޝާޔާގެ އުންމީދަކީ ކިޔަވައި ނިމިގެން ރާއްޖޭގެ ސްކޫލު ކުދިން ސައިންސާއި އީޖާދުތަކަށް އަހުލުވެރިކޮށް، ރާއްޖެ ސައިންސްގެ ރޮނގުން ކުރިއަރުވައި ފާހަގަކޮށްލެވޭ ގައުމަކަށް ހެދުމަށް އެހީތެރިވެދެވޭ ފަދަ ދަރިއަކަށް ވުމެ

ޝާޔާގެ ކިޔެވުމާއި ދިރާސާތައް ރާއްޖެއަށް ފައިދާކުރާނެ ދާއިރާތަކުން ކުރުމަށް ޝާޔާ އަބަދުވެސް އިސްކަން ދޭކަން އޭނާގެ ބައްޕަ އިސްމާއީލް ޝަކީލް ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ތިމާވެށި ހިމާޔަތްކުރުމަށް އާ ހައްލުތައް ހޯދުން، ތިމާވެއްޓާ ގުޅޭ ޓެކްނޮލޮޖީތައް ކުރިއެރުވުން، ސާފު ބޯފެން ލިބޭނެ އިތުރު ގޮތްތައް ހޯދުން، ސްކޫލްތަކުގައި އޭއައި ތައުލީމު ކުރިއެރުވުމާއި، ދުރު ޖަޒީރާތަކަށް ވާސިލްވުމަށް އޭއައި އެސިސްޓެޑް ޓެލެމެޑިސިން ސޮލިއުޝަންތައް ތަރައްގީކުރުމާއި، ކުނި މެނޭޖްކުރުމާއި ރީސައިކަލް ކުރުމަށް ރަނގަޅު ގޮތްތައް ހޯދުން. މިއީ ޝާޔާ ޝައުގުވެރިވާ ދާއިރާތައް،" އިސްމާއީލް ޝަކީލް ހިއްސާކުރެއްވި އެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox