ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ބިން ހިއްކުމަށް އިސްކަމެއް ދިނިން، 10،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދަމުންދާ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ. މާލޭ ސަރަހައްދުގައި 7700 ފްލެޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށް ދާ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދަމުންދާ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ. މާލޭ ސަރަހައްދުގައި 7700 ފްލެޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށް ދާ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ނިމިގެން މިދާ ފަސް އަހަރު ބިން ހިއްކުމަށް އިސްކަން ދިނުމުގެ އިތުރުން 10،000 ވުރެ ގިނަ ހައުސިްނ ޔުނިޓުގެ މަސައްކަތް މިހާރު އެކި މަރުހަލާތަކުގައި ކުރިޔަށް ދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ 55 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައި އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި މާލެއާއި ރަށްތަކުގެ ބިން އިތުރުކޮށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކޮށްދެއްވާފައިވާ ކަންތައްތަކުގެ ތަފުސީލު ދެއްވައިފަ އެވެ.

"ހުޅުމާލެ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރު ފަޅު އަދި އުތުރުތިލަ ފަޅަކީ މާލެއަށް އޮތް ހައްލު" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ ތަކުލީފަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލެ ރައްޔިތުންނަށް 9،031 ގޯތި ދިނުމަށް ނިންމައި, އޭގެ ތެރެއިން 6500 އަށްވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ހައްގުވެރިންނާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފަ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން އިމާާރާތްކުރާ ފްލެޓްތަކުގެ ތަފްސީލު ދެއްވާ ރައީސް ވިދާޅުވީ އެކި މަރުހަލާގައިވާ ޖުމްލަ 7700 ފްލެޓްގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށްދާ ކަމަށެވެ.

ހަމައެއާއެކު އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން ފާއިތުވި ފަސް އަހަރު 2732 ހައުސިން ޔުނިޓް އެކި މަރުހަލާތަކުގައި ކުރިއަށް އެބަހުރި ކަމަށް ރައީސް ފާހަގަ ކުރެއްވެވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި މާލެ ސަރަހައްދަށް އަމާޒުކޮށް ބިންވެރިޔާގެ ނަމުގައި ހިންގި މަޝްރޫއުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާއިރު, ގެދޮރުވެރިޔާގެ ނަމުގައި ހިންގި ފްލެޓް މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ތައްޔާރުކޮށް އެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ވަނީ 4000 ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox