ހަ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން -- ފޮޓޯ: އިޔާން/އަދަދު

ޖުޑީޝަލް ސާވިސް ކޮމިޝަން -- ފޮޓޯ: އިޔާން/އަދަދު

އަތޮޅުތެރޭގެ ހަ ރަށެއްގެ މެޖިސްޓްރޭޓު ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޮގަސްޓު ހަތެއްގައި ކުރި އިއުލާނާ ގުޅިގެން އިންޓަވި އުކުރުމަށް ފަހު، ފަނޑިޔާރުން އައްޔަންކުރުމުގައި ލަފާދޭ ކޮމެޓީން ފާސްކޮށްފައިވާ ހަ ބޭފުޅަކު ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓް

ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ނިންމާފައި ވަނީ ހދ.ވައިކަރަދޫ، ޓޯކީވިލާ، އަހުމަދު އަރީޖު އެވެ. އޭނާ އަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް އަދި، ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީއާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

2014 ވަނަ އަހަރުން ފެށިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ފަނޑިޔާރުކަމަށް އައްޔަންކުރެވުނު އިރު އަރީޖު ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގަ އެވެ.

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް

ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ނިންމާފައިވަނީ ގދ.މަޑަވެލި، ކަސްމީރުގެ، މަރްޔަމް ރަސާ ރާފިއު އެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފަ އެވެ.

ރަސާ ވަނީ ގާނޫނީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފަ އެވެ. ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމި އިރު، ރަސާ ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮމްޕެނީ ސެކްރެޓަރީ އެންޑް ލީގަލް ކައުންސިލްގެ މަގާމުގަ އެވެ.

ނ. މާފަރު މެޖިސްޓްރޭޓް ކޯޓް

ތ.ތިމަރަފުށި، އާރާސްތު، މުހައްމަދު އީމާން ވަނީ ވިލާ ކޮލެޖްއިން ބެޗްލާ އޮފް ޝަރީއާ ހާސިލްކުރައްވައި ގައުމީ ޔުނިވާސިޓީއިން މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފަ އެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލީގަލް އޮފިސަރުގެ މަގާމާއި، ޑްރަގް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމް، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރަގެ މަގާމް އަދާ ކުރެއްވިއިރު އީމާންއަށް ޝަރުއީ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެ އެވެ.

ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް

ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ނިންމާފައިވާ ތ. ވިލުފުށި، ފިނިހިޔާ، އާމިނަތު ޒާފިރާ ވަނީ ގައުމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވައިފަ އެވެ.

ޝަރުއީ ދާއިރާގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޒާފިރާ ފަނޑިޔާރުކަމަށް އައްޔަންކުރެވުނުއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ލީގަލް އޮފިސަރުގެ މަގާމުގަ އެވެ.

ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް

ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ށ. ބިލެތްފަހި، ވިލުދޮޅި، ހައްވާ އިބްރާހީމް އައްޔަނުކުރެވުނު އިރު ހުންނެވީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ. އޭނާ އަށް ޝަރުއީ ދާއިރާގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެސިސްޓަންޓް އިންވެސްޓިގޭޓިވް އޮފިސަރުގެ މަގާމާއި، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމް އަދާކުރައްވާފައިވެ އެވެ.

ހައްވަ ވަނީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ ވިތް އޮނާސް ހާސިލްކުރައްވައިފަ އެވެ.

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް

ދާންދޫ، ނޫރަންމާގެ، ހައްމާދު ވާފިރު ވަނީ ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ގައުމީ ޔުނިވާސިޓީއިން ހާސިލްކުރައްވާ އެވެ. ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެވުނު އިރު ހައްމާދު ހުންނެވީ އެޓާނީ ޖެނެރަލްގެ އޮފީހުގައި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގަ އެވެ. ހައްމާދު އަކީ ޝަރުއީ ދާއިރާގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox