ސިޓީ ދެ ވަނަ ބުރަށް، ބާސެލޯނާ އާއި ޕީއެސްޖީ ބަލިވެއްޖެ

Nov 8, 2023, 6:21 AM
ސިޓީ ދެ ވަނަ ބުރަށް، ބާސެލޯނާ އާއި ޕީއެސްޖީ ބަލިވެއްޖެ

މެންޗެސްޓާ (ނޮވެމްބަރު 11) - ސްވިޒަލެންޑްގެ ޔަންގް ބޯއީ 3-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދިިއިރު، ބާސެލޯނާ އާއި ޕީއެސްޖީ ކުޅުނު މެޗުތަކުން ރޭ ބަލިވެއްޖެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ އިތުރުން މިހާތަނަށް ގަދަ 16 އިން ޖާގަ ކުރި އަނެއް ޓީމަކީ ސިޓީއާ އެއް ގްރޫޕެއްގައި ހިމެނޭ އާރްބީ ލެއިޕްޒިގެވެ.

ބާސެލޯނާ އަށް ރޭގެ މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް ދެވަނަ ބުރުގެ ޖާގަ ޔަގީންވާނެ އެވެ. އެކަމަކު އެ ޓީމް ވަނީ ޝަކްތަރު ޑޮނެސްކް އަތުން 1-0 އިން ބަލިވެފަ އެވެ. ޕީއެސްޖީ ބަލިވީ އޭސީ މިލާން އަތުން 2-1 އިންނެވެ.

މެންޗެސްޓާ ސިޓީ އާއި ޔަންގް ބޯއީސް ވާދަކުރި މެޗުގައި ސިޓީ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ އާލިން ހާލަންޑް އެވެ. އަނެއް ގޯލު ޖަހައިދިނީ ފިލް ފޮޑެން އެވެ.

ރޭގެ މޮޅާ އެކު ސިޓީ ވަނީ ޖެހިޖެހިގެން 11 ވަނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އަދި ރޭގެ މެޗަކީ ޔޫރަޕްގައި އެޓީމް ބަލިނުވެ ހަމަކުރި 18 ވަނަ މެޗެވެ. މިއީ އިނގިރޭސި ކްލަބެއްގެ ރެކޯޑެކެވެ.

ޝަކްތަރު ޑޮނެސްކް އަތުން ބާސެލޯނާ ބަލިވީ ފުރަތަމަ ހާފުގައި ޑެނީލޯ ސިކާން ޖެހި ގޯލުންނެވެ. މިއީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ޝަކްތަރު އަތުން ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ.

ޝަކްތަރު އަތުން ބަލިވި ނަމަވެސް ބާސެލޯނާ އޮތީ މި ގްރޫޕްގެ އެއް ވަނައިގަ އެވެ. ނުވަ ޕޮއިންޓާ އެކު އޭނާ އޮތްއިރު ދެ ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދާފައި އޮތް ޕޯޓޯ އެވެ. ތިން ވަނައިގައި އޮތް ޝަކްތަރަށްވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.

މިލާން އަތުން ޕީއެސްޖީ ބަލިވި މެޗުގެ ފުރަތަމަ ގޯލު ވެސް ޖެހީ ޕީއެސްޖީއިންނެވެ. މިލަން ސްކްރިނިއާ ޖެހި ގޯލުން ޕީއެސްޖީ ކުރީގައި އޮއްވާ މިލާނުން ވަނީ ފަހަތުން އަރާ ދެ ގޯލު ޖަހާފަ އެވެ. މިލާނުން އެއްވަރުކުރި ގޯލު ރަފައެލް ލިއާއޯ ޖެހިއިރު، މޮޅުވި ގޯލު ޖަހައިދިނީ އޮލިވިއޭ ޖިރޫ އެވެ.

މި ގްރޫޕްގައި އޮތް އަނެއް ދެ ޓީމްގެ ކުރިތިލުން ކާމިޔާބުކުރީ ބޮރޫޝިއާ ޑޯޓްމުންޑުންނެވެ. އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޑޯޓްމުންޑް މޮޅުވީ 2-0 އިންނެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ހަތް ޕޮއިންޓާއިއެކު އޮތީ ޑޯޓްމުންޑެވެ. ދެ ވަނައިގައި ޕީއެސްޖީ ހަ ޕޮއިންޓާ އެކު އޮތްއިރު، މިލާނަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ނިއުކާސަލް އޮތީ ހަތަރު ވަނައިގައި ހަތަރު ޕޮއިންޓާއިއެކުގަ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން ވަނީ އެތުލެޓިކޯ މެޑްރިޑުން ވަނީ 6-0 އިން ސެލްޓިކް ބަލިކޮށް އެޓީމް ކަޓުވާލާފަ އެވެ. އެތުލެޓިކޯގެ ގޯލުތައް ޖަހައިދިނީ އޮންޓުއާން ގްރީޒްމަން، އަލްވާރޯ މޮރާޓާ، ޑިއަސް ލިނޯ އަދި ސައުލް ނިގޭޒް އެވެ. ގްރީޒްމަން އާއި މޮރާޓާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.

އެތުލެޓިކޯ ހިމެނޭ ގްރޫޕް އެއް ވަނައިގައި އަށް ޕޮއިންޓާއިއެކު އެޓީމް އޮތްއިރު، ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ލާޒިއޯ އެވެ. ތިންވަނައިގައި އޮތީ ފޭނޫޑެވެ. ފުލުގައި އޮތް ސެލްޓިކަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox