ހުލާސާކޮށް އިއްޔެ: މި ފަހަރު އީވާގެ އުޒުރަކަށް ހެދީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ!

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އީވާ ގެންދަވަނީ އުޒުރަކަށް ފަހު އުޒުރެއް ދައްކަވަމުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އީވާ ގެންދަވަނީ އުޒުރަކަށް ފަހު އުޒުރެއް ދައްކަވަމުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ނުބޭއްވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް، އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެކޮޅު ހެއްދެވުމުން، މަޖިލީހުގައި މިހާރު ވަނީ "މަރުތަޅު" އެޅިފަ އެވެ.

"ސުޕްރީމް ކޯޓަށް ހުށަހަޅައި މިހާރު ކުރިއަށްދާ މައްސަލ،ަ އެ ކޯޓުން ގޮތެއް ކަނޑައަޅައި ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ މަޖިލީހުން ކުރިންސުރެ އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ކަންކުރަމުން އަންނަ ގޮތް ނޫން ކަމުގައި ގަބޫލުކުރަމެވެ،" ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ބޭނުން ނުވެ، އަމީން އާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެ މައްސަލަ ނިމުމުގެ ކުރިން ޖަލްސާތައް ކުރިއަށް ގެންދިޔުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އަށް ފޯރުވޭ ނުފޫޒެއް ކަމަށް ވެސް އީވާ ގަބޫލުކުރައްވަ އެވެ.

Advertisement

ނަމަވެސް، މަޖިލީހުގެ އަމީންއާންމު ދެކެވަޑައިގަންނަވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމި އޮތަސް ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންވެ، އެކަން މިދިޔަ ހަފުތާގައި އީވާއަށް އެންގެވި އެވެ.

މިދިޔަ ބުދަ ދުވަހު ޖަލްސާްއެއް ބޭއްވުމަށް ތާވަލުކުރީ ވެސް އެގޮތަށް ނިޔުޝާ ގަބޫލު ކުރައްވާތީ އެވެ. އެ ޖަލްސާއަށް ވަޑައިގެން ދެއްވުމަށް އެދި އީވާ ސިޓީއެއް ވެސް ފޮނުވި އެވެ. އެ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެން އީވާ ހުންނެވީ ސަލާމުގަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އީވާ ކުރިއަށް ގެންދަން ބޭނުންފުޅު ނުވެ ގިނަ ދުވަސްތަކެއް ވަންދެން ސަލާމް ފޮނުއްވުމަށް ފަހު، ސުޕްރީމް ކޯޓުގައި މައްސަލަ އޮއްވައި ޖަލްސާތައް ކުރިއަށް ގެންދަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ސިޓީ ފޮނުއްވީ އެއަށް ފަހު އެވެ. އެ ސިޓީ ޖަހާފައިވާ ތާރީހަކީ ނޮވެމްބަރު ހަތަރެކެވެ.

ކުރިން އީވާ ސަލާމް ފޮނުއްވަމުން ގެންދެވީ ޑެންގޫ ހުން ޖެހިގެން ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ނުބޭއްވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ހެނދުނު 9:45 ގައި ފަށާނެ އެވެ.

ނަޝީދުގެ މައްސަލައަށް ގޮތެއް ނުނިންމައި މަޖިލީހުގައި އެހެން މަސައްކަތެއް އެޖެންޑާ ނުކުރެވޭނެ ކަމަށް އެމްޑީޕީން އަދި އެޓާނީ ޖެނެރަލް ވެސް ގަބޫލު ކުރައްވަ އެވެ. އެހެންވެ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ވެސް މަޖިލީހުގައި ބަހުސްކޮށް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

4000 ފްލެޓު ލިބޭ މީހުންގެ ލިސްޓާމެދު ޝަކުވާކުރަން ޕްލޭނިން މިނިސްޓްރީއަށް ބަޔަކު ދިޔުމުން، އެ މިނިސްޓްރީގެ ސަލާމަތީކަންކަން ފުލުހުން ބަލަހައްޓަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
4000 ފްލެޓު ލިބޭ މީހުންގެ ލިސްޓާމެދު ޝަކުވާކުރަން ޕްލޭނިން މިނިސްޓްރީއަށް ބަޔަކު ދިޔުމުން، އެ މިނިސްޓްރީގެ ސަލާމަތީކަންކަން ފުލުހުން ބަލަހައްޓަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

4000 ފްލެޓު ލިބޭ މީހުންގެ ލިސްޓާމެދު ޝަކުވާކުރަން ޕްލޭނިން މިނިސްޓްރީއަށް ބަޔަކު ދިޔުމުން، އެ މިނިސްޓްރީގެ ސަލާމަތީކަންކަން ފުލުހުން ބަލަހައްޓަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox