ފްލެޓް ލިސްޓުން ލިބުނު ޕޮއިންޓު މަދުވުމާއި ގުޅިގެން ބަޔަކު ހައުސިން މިނިސްޓްރީ އަށް އެއްވެއްޖެ

ހައުސިން މިނިސްޓްރީގެ ދޮރުމަތީގައި ދެ ފުލުހުން މަޑުކޮށްލައިގެން: ހައުސިން މިނިސްޓްރީ އަށް 15 ވަރަކަށް މީހުން އެއްވި -- އަދަދު ފޮޓޯ/ މިރާޝް ނާޝިމް

ހައުސިން މިނިސްޓްރީގެ ދޮރުމަތީގައި ދެ ފުލުހުން މަޑުކޮށްލައިގެން: ހައުސިން މިނިސްޓްރީ އަށް 15 ވަރަކަށް މީހުން އެއްވި -- އަދަދު ފޮޓޯ/ މިރާޝް ނާޝިމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ނަން ހިމެނިފައި ނުވާތީ އެކަމާއި ހަޅުތާޅު ކުރުމަށް ބަޔަކު ހައުސިން މިނިސްޓްރީ އަށް މިއަދު އެއްވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އަށް އެއްވި 15 ވަރަކަށް މީހުންގެ މައިގަނޑު ޝަކުވާ އަކަށްވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއްޔެ އާންމު ކުރިއިރު، އެ މީހުންނަށް ލިބޭނެ ކަމަށް އަންދާޒާކުރާ ވަރަށް ވުރެ ޕޮއިންޓު މަދުވެފައިވުމެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ކުރިން އާންމުކުރިއިރު، ޕޮައިންޓް ލިބިފައިވާ މިންވަރެއް ހާމަކޮށްފައެއް ނުވެ އެވެ. ސަރުކާރުން ނިންމާފައި އޮތީ ޝަރުތު ހަމަވާ 15،046 މީހުންނަށް ޕްލެޓް ދިނުމަށެވެ. ނަމަވެސް ފުރަތަމަ ބުރުގައި ދެނީ 4،000 ޕްލެޓްވެ.

Advertisement

"އަޅުގަނޑަށް ލިބޭ 79 ޕޮއިންޓް، އަޅުގަނޑު މިއައީ ލިސްޓުގައި 74 ޕޮއިންޓަށް މަދުވީ ކީއްވެތޯ އަހަން،" މިއަދު ހައުސިން މިނިސްޓްރީ އަށް އެއްވި މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭތާ 16 އަހަރުވެފައިވާ، ސިވިލް ސާވިސް މުވައްޒަފަކު ބުންޏެވެ.

މިއަދު ޝަކުވާ އައިގެން މިނިސްޓްރީ އަށް އެއްވި މީހުން، ބުނާ ގޮތުގައި ޕްލެޓަށް ޕޮއިންޓް ދޭން ކަނޑައަޅާފައިވާ އުސޫލުން ބަލައިގެން ހިސާބު ޖެހިމުން، ފުރަތަމަ ބުރުގައި އެމީހުންނަަށް ފްލެޓް ލިބެން ޖެހޭނެ އެވެ. އަދި ބައެއް މީހުން ބުނީ، އެމީހުންގެ ދިރުޅުމުގެ ހާލަތު ވެސް ނަލާފައިނުވާ ކަމަށެވެ.

ފުރަތަމަ ބުރުގައި ދޫކުރާ ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

އާންމުން އެއްވެ ހަމަނުޖެހުމެއް ހިންގާފާނެ ކަމަށް ބަލައި، ހައުސިން މިނިސްޓްރީ ގައި ފުލުހުން ވެސް މިއަދު ހަރަކާތްތެރިވި އެވެ. އެއްވި މީހުންނާއި ހައުސިން މިނިސްޓްރީގެ އޮފިޝަލުން ބައްދަލުކުރައްވާ ވިދާޅުވީ ލިޔުމުން ޝަކުވާ ހުށަހެޅުމަށެވެ. ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން މިހާރު ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox