ޑޯޓްމަންޑު އަތުން ބަޔާން މޮޅުވި މެޗުގައި ކޭން އަށް ރެކޯޑެއް

Nov 5, 2023, 5:50 AM
ޑޯޓްމަންޑު އަތުން ބަޔާން މޮޅުވި މެޗުގައި ކޭން އަށް ރެކޯޑެއް

ޑޯޓްމަންޑު (ނޮވެމްބަރު 5) - ޖަރުމަން ބުންޑަސް ލީގާގައި ބޮރޫޝިއާ ޑޯޓްމަންޑު އަތުން 4-0 އިން ބަޔާން މިޔުނިކް މޮޅުވި މެޗުގައި ފޯވާޑް ހެރީ ކޭން ހެޓްރިކް ހަދައި ރެކޯޑެއް ހަދައިފި އެވެ.

މި މެޗުގައި ބަޔާނުގެ ހެރީ ކޭން ޖެހި ތިން ގޯލާއިއެކު އޭނާ އެޓީމަށް ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 15 އަށް އަރާފަ އެވެ. މިއާއިއެކު ކޭން ވެފައިވަނީ ބުންޑަސް ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުގައި މިއަދަދަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑު ކޮޅަށް އޭނާ ހެޓްރިކް ހެދިއިރު، މިދިޔަ ހަފްތާގައި ޑާމްސްޓަޑް ކޮޅަށްވެސް އޭނާ ހެޓްރިކް ހެދި އެވެ. މިއީ މި ސީޒަންގައި މިހާތަނަށް ކޭން ހެދި ތިންވަނަ ހެޓްރިކެވެ. މިއީވެސް ފުރަތަމަ ދިހަ މެޗަށް ބަލާއިރު، ޖަރުމަން ލީގުގެ ރެކޯޑެކެވެ. އަނެއްކޮޅުން ބުންޑަސް ލީގާގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ޑޯޓްމަންޑާއި ބަޔާންގެ ކުރިމަތިލުމެއްގައި ފުރަތަމަ ފަަހަރަށް ކުޅުނު ކުޅުންތެެރިއަކު މީގެ ކުރިން ހެޓްރިކެއް ހަދާފައެއްވެސް ނުވެ އެވެ.

ޑޯޓްމަންޑު ކޮޅަށް ބަޔާނުން ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ކޭން ޖެހިއިރު، އަނެއް ގޯލު ޖަހައިދިނީ ޑަޔޮޓް އުޕަމެކާނޯ އެވެ.

2018ގެ ފަހުން ޑޯޓުމަންޑާއި ދެކޮޅަށް ބަޔާނުން ކުޅުނު އެއްވެސް މެޗަކުން އެޓީމް ބަލިވެފައި ނުވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ޑޯޓްމަންޑު އަތުން މޮޅުވިނަމަވެސް ބަޔާން އަދިވެސް އޮތީ ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ ބަޔާ ލެވަކޫސެން އެވެ. ބަޔާނަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ލެވަކޫސެން އެއްވަނައިގައި އޮތީ 28 ޕޮއިންޓާއިއެކުގަ އެވެ.

ލެވަކޫސެން އިން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ހޮފެންހެއިމް އަތުން 3-2 އިން މޮޅުވެފަ އެވެ.

ޖަރުމަން ބުންޑަސް ލީގާގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމަކީވެސް ބަޔާން މިޔުނިކާއި ލެވަކޫސެން އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާރްބީ ލިއެޕްޒީގް ވަނީ 2-0 އިން މެއިންޒް އަތުން ބަލިވެފަ އެވެ. އެއިންޓްރެޗް ފްރެންކެފާޓާއި ޔޫނިއަން ބާލިން ވާދަކުރި މެޗު 3-0 އިން ކާމިޔާބުކުރީ ފްރެންކްފާޓުންނެވެ. ފްރެއިބާގާއި ބޮރޫޝިއާ މޮންޗެންގްލެޑްބަޗް ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox