އޮރިޖިނަލް ސާފިން ބްރޭންޑުތަކުގެ ފައިވާން ވިއްކާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.
"ޕަލިބޫ" ގެ ނަމުގައި ހުޅުވި މި ފިހާރަ އަކީ ރީފް، ރިޕްކާލް، ރޮކްސީ، ކުއިކްސިލްވާ، އަދި ބިލަބޮންގް ފަދަ ބްރޭންޑްތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ފިހާރައެކެވެ. އަދި ހުރިހާ އުމުރުފުރައިގެ މީހުންނަށް ވެސް އެރޭނެ އެކި ޑިޒައިންތަކާއި ސައިޒުތަކުގެ އޮރިޖިނަލް ފައިވާން މި ފިހާރައިން ލިބޭނެ އެވެ.
ޕަލިބޫ ފިހާރަ ހުންނާނީ ޝިޔާމް މޮޓޯ ގަރާޖް އާ ޖެހިގެންނެވެ.
ޕަލިބޫ އިން ބުނި ގޮތުގައި އެ ފިހާރައިން ވިއްކާ ފައިވާނުގެ އަގުތައް ހުންނާނީ އަތްފޯރާ ފަށުގައި ކަމަށެވެ. އެގޮތުން އެންމެ މަތީ އަގުތައް ވެސް ހުންނާނީ 450 ރުފިޔާގައި ހިފަހައްޓާފައި ކަމަށް ޕަލިބޫ އިން ބުނެ އެވެ.

ޕަލިބޫ ފިހާރަ، މިއީ އޮރިޖިނަލް ސާފިން ބްރޭންޑުތަކަށް ހާއްސަ ފައިވާން ފިހާރައެއް --- ފޮޓޯ/ ޕަލިބޫ
ޕަލިބޫގެ ހާއްސަވާ އަނެއް ކަމަކީ ކަސްޓަމަރުންނަށް ތައާރަފުކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ ބައިވެރިވެވޭ އިރު، އަހަރެއްގެ މައްޗަށް ކުރާ ވިޔަފާރީގެ މައްޗަށް ބިނާކޮށް ޑިސްކައުންޓު ލިބޭ އަދަދުތައް އިތުރުވުމާއި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދެއެވެ.
ޕަލިބޫއަށް އަލަށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ ގޮތަށް އެކުލަވާލާފައިވާ މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ލެވެލްގައިވެސް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. ވިޔަފާރި ކުރާ ވަރަކަށް ކަސްޓަމަރުގެ ލޯޔަލްޓީ ލެވެލް ދާނީ މަތިވަމުންނެވެ. އެހެން ގޮސް 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭއިރު އަހަރެއްގެ މައްޗަށް ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތުވެސް ކޮންމެ ލެވެލް އެއްގައި ދާނީ އިތުރުވަމުންނެވެ.
މީގެ އިތުރުން ޕަލިބޫ ހުޅުވުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަނުގެ ދަށުން ނޮވެމްބަރު މަހުގެ ނިޔަލަށް ޕަލިބޫ އިން ވިޔަފާރިކުރާ ކޮންމެ މީހަކަށްވެސް އައިފޯން 15 ޕްރޯ އެއްް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.











