އިޒްރޭލުން ގާޒާގެ ތިން ހޮސްޕިޓަލަކާއި އެމްބިއުލާންސްތަކަކަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ގާޒާގެ ތިން ހޮސްޕިޓަލަކާއި އެމްބިއުލާންސްތަކަކަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމުގެ ތެރެއިން ރޭ ގާޒާގެ ތިން ހޮސްޕިޓަލަކާއި އެމްބިއުލާންސް ގާފިލާއަކަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުގެ ހަމަލާތައް އަމާޒުވީ ގާޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލާއި އިންޑޮނޭޝިއަން ހޮސްޕިޓަލުގެ އިތުރުން އަލް-ގުދުސް ހޮސްޕިޓަލަށެވެ.

އެގޮތުން އެންމެ ނުރައްކާތެރި ހަމަލާއެއް ދިނީ ޝިފާ ހޮސްޕިޓަލު ހުންނަ ސަރަހައްދަށެވެ. އެ ހަމަލާ، އެ ހޮސްޕިޓަލަށް މީހުން އުފުލަމުންދިޔަ އެމްބިއުލާންސް ގާފިލާއަކަށްވެސް ވަނީ އަރާފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން މި ހަމަލާގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

Advertisement

އެ ހޮސްޕިޓަލުގައި، ގެދޮރު ގެއްލިފައިވާ 20،000 އެއްހާ މީހުން ދަނީ ހިމާޔަތް ހޯދަމުންނެވެ. ދެން ހަމަލާ އަމާޒުވި އިންޑޮނޭޝިއާން އަދި ގުދުސް ހޮސްޕިޓަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މި ތިން ހަމަލާގައި މަރުވި މީހުންގެ އަދަދު 50 އިން މައްޗަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށް ހަނގުރާމަ އިއުލާނުކުރީ މިދިޔަ މަހު ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި އިޒްރޭލުން 1400 އަށްވުރެ ގިނަ މީހުން މަރާލި އެވެ.

ބަދަލުގައި ގާޒާ އެކީ ބަންދުކޮށް، ކަރަންޓާއި ފެން ކަނޑާލާ، އެހީގެ ދޮރުތައް ބަންދުކުރުމަށްފަހު އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 9،000 އަށް އަރަ އެވެ. ގާޒާގެ އިތުރުން މި އަދަދުގެ ތެރޭގައި އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި ޝަހީދުކުރި މީހުންވެ ހިމެނެ އެވެ.

އިޒްރޭލުން އުތުރު ގާޒާއަށް އެއްގަމު މަގުން ވަނުމަށް މަސައްކަތް ކުރަމުންދާއިރު، އިޒްރޭލުގެ ވައިގެ ހަމަލާތައް ވަނީ ހޮސްޕިޓަލުތަކަށާއި ސްކޫލުތައް އަދި މިސްކިތްތަކާއި ރެފިއުޖީ ކޭމްޕުތަކުގެ އިތުރުން ފައްޅިތަކަށް ވެސް އަމާޒުވެފަ އެވެ.

ހަމަލާތައް ހުއްޓާލާ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައާއި ގައުމުތަކުން ގޮވާލި ނަމަވެސް، އދ. ގެ ސަލާމަތީ ކައުންސިލަށް މިހާތަނަށް އެ މަގުސަދުގައި ހުށަހެޅި ހުރިހާ ހުށަހެޅުމެއް ވަނީ އެމެރިކާއިން ވީޓޯ ކޮށްފަ އެވެ. ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ އދ. ގެ އާއްމު މަޖިލީހުން ފާސްކުރި ގަރާރަށް ބޯ ނުލަބާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox