އެމްޓީސީސީގެ "ކަށަވަރު ޕޮރޮމޯ 2023" ފަށައިފި

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކަށަވަރު ޕްރޮމޯ ފައްޓަވައިދެއްވަނީ -- ފޮޓޯ: އިޔާން/އަދަދު

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކަށަވަރު ޕްރޮމޯ ފައްޓަވައިދެއްވަނީ -- ފޮޓޯ: އިޔާން/އަދަދު

ކޮންމެ އަހަރެއްގެ ފަހުކޮޅު އެމްޓީސީސީން ކުރިއަށް ގެންދާ "ކަށަވަރު ޕްރޮމޯ" ފަށައިފި އެވެ.

މިއަދު ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯ އިފްތިތާހުކޮށްދެއްވީ އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

"ކަށަވަރު ޕްރޮމޯ" އަކީ އޮޑިވެރިންގެ އުޅަނދުތަކުގެ ސާމާނަށް ހާއްސަ ޑިސްކައުންޓްތައް ދިނުމުގެ ގޮތުން އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރާ 5،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ޔަންމާ 175 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

ކަށަވަރު ޕްރޮމޯ -- ފޮޓޯ: އިޔާން/އަދަދު
ކަށަވަރު ޕްރޮމޯ -- ފޮޓޯ: އިޔާން/އަދަދު

ކަށަވަރު ޕްރޮމޯ -- ފޮޓޯ: އިޔާން/އަދަދު

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތައް

  • ސުޒުކީ އަދި ޔަންމާ އިންޖީނު
  • ސްޓާން އައިޓަމްސަ
  • ސްޓޮކް ބޭޑާ ރެސިން
  • ސްޓޮކް ބޭޑާ ޖެލް ކޯޓްސް އަދި ޕިގްމެންޓްސް
  • ޔަންމާ ޖެންސެޓްސް
  • އިންޖީނުގެ ސްޕެއާރ ޕާރޓްސް
  • އެކްސަސަރީޒް
  • އިންޑަސްޓްރިއަލް ގޭސް
  • މެރޯލް އަދި ލުބްރިކަންޓްސް

އެމްޓީސީސީން ބުނީ މިއީ އޮޑިވެރިންނަށާއި، މަސްވެރިން، އިންޖީނިއަރުން އަދި ފަތުރުވެރިކަމާއި ޓްރާންސްޕޯޓު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.

ޕްރޮމޯގެ މުއްދަތުގައި މާލޭ ބަނދަރު މަތީގައި އަޅާފައިވާ އޮޑިފަހަރުތަކަށާއި، ހުޅުމާލެ ބަނދަރު ސަރަހައްދު، ތިލަފުށި ޑޮކްޔާޑް އެންޑް ސައިޓް، ރ. އަލިފުށި، ރ. ވާދޫ، ތ. ހިރިލަންދޫ، ދ. ކުޑަހުވަދޫ، ކ. މާފުށި، ކ. ގުޅި އަދި ފުވައްމުލަކު ސިޓީގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި ޑޮކް ޔާޑްތަކަށް ޒިޔާރަތްކުރުން ހިމެނޭ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު، 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox