މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައާ ހެދި "މަރުތަޅު އެޅިފައިވާ" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއް ބާއްވަން އެމްޑީޕީގެ ޕާލަމެެންޓްރީ ގްރޫޕުން އެދިއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނީ ޖަލްސާއެއް ބާއްވަން އެދުނީ އެ ގްރޫޕުން އެގޮތަށް ނިންމައިފި އެވެ.
މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދިފައި މިވަނީ މަޖިލީހުގައި ފާޑެއްގެ މަރުތަޅެއް އެޅި، އެކަން ހައްލުކުރަން ސުޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށެެވ. އެމްޑީޕީން އެ މައްސަލަ ހުށަހެޅީ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އަށް އެކަނި ކަމަށް މަޖިލީހުގެ އިދާރާއިން މާނަކުރާތީ އެވެ.
އާލާސްކަންފުޅާ އުޅުއްވާތީ އީވާ ސަލާމުގައި ހުންނެވުމުން މަޖިލީހުގެ ޖަލްސާއެެއް ނުބޭއްވި ހުއްޓިފައި ވާތީ އެމްޑީން ވަނީ އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭ ގޮތަށް މަޖިލީހުގެ ގަވައިދު މާނަކުރަން ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ސުޕްރީމްކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެމްޑީޕީން އެދުނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބެލުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ވެސް ވަޑައިނުގެންނެވޭ ހާލަތްތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި އޮވެ އެވެ. މިހާރު ދިމާވެގެން އުޅޭ މައްސަަލައަކީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް އޮންނަ އޮތުމަށް އެކަނި ރިއާޔަތްކޮށްގެން ޖަލްސާ ނުބޭއްވުމުގެ މައްސަލަ އެވެ.
އެމްޑީޕީން އެދުނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށެވެ












