އިޒްރޭލުގެ މުވާސަލާތީ ފިއްތުންތަކުން އަރައިގަތުމަށް ފަލަސްތީނުން ބޭނުންކުރަނީ އީ-ސިމް

އިޒްރޭލުގެ މުވާސަލާތީ ފިއްތުންތަކުން އަރައިގަތުމަށް ފަލަސްތީނުން ބޭނުންކުރަނީ އީ-ސިމް

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާއްމުގެ ތެރެއިން މުވާސަލާތީ ގުޅުންތައް ކަނޑާލުމަށް އިޒްރޭލުން ކުރިމަތިކުރި ފިއްތުންތަކުން އަރައިގަތުމަށް ފަލަސްތީނުގެ ނޫސްވެރިން އީ-ސިމް ބޭނުންކުރަން ފަށައިފި އެވެ.

އެތައް ދުވަހެއްގެ އިންޒާރުތަކަށްފަހު އިޒްރޭލުން އުތުރު ގާޒާއަށް އެއްގަމުން އަރައިގަތުމާއެކު ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އިއްޔެގެ ވަގުތުތަކާ ހަމައަށް ގާޒާއިން އެކީހެން މުވާސަލާތީ ވަސީލަތްތައް ކަނޑާލި އެވެ. އިންޓަނެޓުގެ ހިދުމަތްދޭ ސްޓާލިންކު ކުންފުނީގެ ވެރިޔާ އިލޯން މަސްކު، ގާޒާގައި ހަރަކާތްތެރިވާ އިންސާނީ ހިދުމަތްދޭ ޖަމްއިއްޔާތަކަށް އިންޓަނެޓުގެ ހިދުމަތް ދޭނެ ކަމަށް ބުނުމުން އިޒްރޭލުން ވަނީ ސްޓާލިންކާއެކު އޮތް ހުރިހާ ގުޅުމެއްވެސް ކަނޑާލާފަ އެވެ.

ގާޒާއަށް އަލުން މުވާސަލަތީ ހިދުމަތްތައް ލިބެން ފެށި ނަމަވެސް، ގާޒާގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތައް އަދި އާންމުންވެސް މިހާރު ދަނީ އެހެން ގައުމުތަކުގެ ޖަމްއިއްޔާތަކާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އީ-ސިމް އިން ހިދުމަތް ހޯދަން ފަށާފަ އެވެ.

Advertisement

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދާ މިސްރުގެ ނޫސްވެރިޔާ، މިރުނާ އަލް ހެލްބާވީ، 31، އޭނާގެ އެކްސް އެކައުންޓުގައި ލިޔެފައިވާ ގޮތުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ އީ-ސިމް ވަނީ ގާޒާއަށް ފޯރުކޮށްދީފަ އެވެ.

އޭނާ އިތުރު ޕޯސްޓެއްގައި ބުނެފައިވަނީ އިޒްރޭލަށް ގާޒާގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށާއި، ގާޒާގައި ތިބި ސިމް ބޭނުންވާ ހުރިހާ ފަރާތްތަކަށް އީ-ސިމް ފޯރުކޮށްދޭނެ ކަމަށެވެ.

އިޒްރޭލުން ގާޒާގެ ސެލް ޓަވަރުތަކުން ހިދުމަތް ކަނޑާލިޔަސް މި އުކުޅު ބޭނުންުކޮށްގެން އިޒްރޭލުގެ ސެލް ޓަވަރެއް ބޭނުންކޮށްގެން އިންޓަނެޓު ހޯދާ މުވާސަލާތް ކުރެވެނޭ އެވެ. އިޒްރޭލުގެ ފޯނުގެ ހިދުމަތްދޭ ފަރާތްތަކުގެ ސިމް ކާޑު ހޯދަން ގާޒާގައި ތިބި ފަރާތްތަކަށް އުނދަގޫވި ނަމަވެސް އީ-ސިމް އަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަށްވެސް ގަނެ، އެ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެއްޗެކެވެ.

މުއާސަލާތީ ގުޅުންތަކުގެ އިތުރުން މި މަހު ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި ތެޔޮ ލިބޭނެ މަގުތައް ބަންދުކޮށްފަ އެވެ.

ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުންނާއި ގައުމުތަކުން ގާޒާއަށް ފޮނުވި އެހީ ރަފާހު ބޯޑަރުގައި ތޮއްޖެހިފައި ވީ ނަމަވެސް އިޒްރޭލުން އެ އެހީގެ އުޅަނދުތައް ވެއްދުމަށް ވަނީ ދެކޮޅުހަދާފަ އެވެ. މި މަހުގެ ހަތަކުން ފެށިގެން މިއަދާ ހަމައަށް ގާޒާއަށް ވަދެފައިވަނީ 100 އެއްހާ އެހީގެ އުޅަނދެވެ.

މި މަހުގެ ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުން ފަލަސްތީނުގެ 8000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox