އެލައިޑް އިންޝުއަރެންސް ޕެކޭޖެއް ނަގައިގެން ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު

އެލައިޑް އިންޝުއަރެންސް ޕެކޭޖެއް ނަގައިގެން ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން ނަސީބުވެރި ފަރާތަކަށް 50 އިންޗްގެ ސްމާޓް ޓީވީއެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަޔާދީ ތަކާފުލްއިން ބުނީ ކަސްޓަމަރުންނަށް ހާއްސަ ތިން ހޯމް ކޮންޓެންޓް ޕްލޭނުގެ ތެރެއިން، އެއް ޕްލޭން ގަތުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ހޯމް ކޮންޓެންޓް ޕްލޭންތައް

ހޯމް ކޮންޓެންޓް ތަކާފުލް: މި ޕްލޭނުގެ ދަށުން ގޭތެރޭގައި ހިފައިގެންގުޅޭ ތަކެތި ނުވަތަ، ބެލުމުގެ ދަށުގައި ތިބޭ ނޯކަރުން ފަދަ މީހުން ރައްކާތެރިކޮށްދެ އެވެ. އަދި ދިމާވާ ހާދިސާއަކާއި ގުޅިގެން ދިރިއުޅޭ ތަން މަރާމާތު ކުރުމަށްދާ ހަރަދު މި ޕްލޭނުން ކޮށްދޭނެ އެވެ.

އެގޮތުން, އަލިފާނުގެ ހާދިސާ، ވައްކަން، ރަށް ގިރުމުގެ ސަބަބުން ގެދޮރަށް ވާ ގެއްލުން، ފެން ބޮޑުވުން، މުޒާހަރާ އަދި ސިޔާސީ ހަމަނުޖެެމުގެ އިތުރުން ގަހެއް ވެއްޓިގެން ގެދޮރަށް ވާ ގެއްލުމުން އަރައިގަތުމަށް މިއީ ރަނގަޅު ޕްލޭނެކެވެ.

އަހަރެންގެ ހިޔާ: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުން ހިޔާ ފްލެޓްތަކަށް ހާއްސަ މި ޕެކޭޖަކީ، ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ އެހެނިހެން އަގުބޮޑު ތަކެތި ރައްކާކޮށްދޭ ޕެކޭޖެކެވެ.

އަހަރެންގެ ހިޔާ ޕެކޭޖުގައި ތިން ޕެލޭނެއް ހިމެނެ އެވެ. އެއީ ބޭސިކް، އެކްސެލް އަދި ޕްރިމިއަމް އެވެ. އެގޮތުން ބޭސިކް ޕްލޭނަށް މަހަކު 200 ރުފިޔާ ދައްކައިގެން އަހަރަކަށް 150،000 ރުފިޔާގެ ކަވަރޭޖް ލިބޭނެ އެވެ. އެކްސެލް ޕްލޭނަށް މަހަކު 300 ރުފިޔާ ދައްކައިގެން 250،000 ރުފިޔާގެ ކަވަރޭޖް ލިބޭނެ އެވެ. އަދި ޕްރިމިއަމް ޕްލޭނަށް މަހަކު 400 ރުފިޔާ ދައްކައިގެން 350،000 ރުފިޔާ އާ ހަމައަށް ކަވަރޭޖް ލިބޭނެ އެވެ.

އަހަރެންގެ ހިޔާ ޕެކޭޖަކީ އެއް އަހަރު ދުވަހުގެ އިސްލާމިކް އިންޝުއަރެންސް ޕެކޭޖެކެވެ.

ހިޔާވަހި: މި ޕެކޭޖަކީ ގޭތެރޭގެ މުދަލަށާއި ޒިންމާވާންޖެހޭ ފަދަ މުދާ އަދި ގޭގައި ދިރިއުޅޭ ނޯކަރުން އިންޝުއާކުރަން ހާއްސަ ޕެކޭޖެކެވެ.

މި ޕެކޭޖުގައި ޖުމުލަ ފަސް ޕްލޭނެއް ހިމެނެ އެވެ.

ބޭސިކް ޕްލޭން: މަހަކު 200ރ. ދައްކައިގެން އަހަރަކަށް 150،000ރ. ގެ ކަވަރޭޖް

އެކްސެލް ޕްލޭން: މަހަކު 300ރ. ދައްކައިގެން 250،000ރ. ގެ ކަވަރޭޖް

ޕްރިމިއަމް ޕްލޭން: މަހަކު 400ރ. ދައްކައިގެން 350،000ރ. އާ ހަމައަށް ކަވަރޭޖް

ޑެލަކްސް ޕްލޭން: މަހަކު 500ރ. ދައްކައިގެން 485،000ރ. އާ ހަމައަށް ކަވަރޭޖް

ލަގްޒަރީ ޕްލޭން: މަހަކު 600ރ. ދައްކައިގެން 650،000ރ. އާ ހަމައަށް ކަވަރޭޖް

މި ޕްލޭންތަކަށް އެ ކުންފުނީގެ ވެބްސައިޓް، އެޕް ނުވަތަ ޕޯޓަލް މެދުވެރިކޮށް އެދެވޭނެ ކަމަށް އެލައިޑުން ބުންޏެވެ. އަދި ޕްލޭން ގަތުމަށްފަހު، މި ޕްރޮމޯޝަނަށް ހާއްސަ ފޭސްބުކް ޕޯސްޓް ޝެއާކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ލަކީ ޑްރޯގައި ބައިވެރިވެވޭނީ އޮކްޓޯބަރު 10، އިން ފެށިގެން ނޮވެމްބަރު 10، އަކާ ހަމައަށް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox