22 އަހަރުން 1.2 މިލިއަން ކޭޝް ކާޑު، އެންމެ މަގުބޫލީ ވިސާ

22 އަހަރުން 1.2 މިލިއަން ކޭޝް ކާޑު، އެންމެ މަގުބޫލީ ވިސާ

ރާއްޖެއަށް ކޭޝް ކާޑު ތައާރަފްކުރިތާ 22 އަހަރުތެރޭ 1.2 މިލިއަނަށްވުރެ ގިނަ ކާޑު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ބޭންކު ކާޑު ތައާރަފްކުރީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް އިންނެވެ. އެއީ 2000 ވަނަ އަހަރުގެ ޖެނުއަރީމަހު ބީއެމްއެލް އިން ރާއްޖެއަށް ތައާރަފްކުރި އޭޓީއެމް ތަކާއެކު ބީއެމްއެލް ކޭޝް ކާޑުގެ ނަމުގައި ތައާރަފްކުރި ބޭންކުގެ އަމިއްލަ ޑެބިޓް ކާޑެކެވެ.

މަރުކަޒީ ބޭންކުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެއިރުން ފަށައިގެން މިދިޔަ އަހަރުގެ ނިޔަލަށް ބޭންކުތަކުން ވަނީ 1.2 މިލިއަން ކާޑު ދޫކޮށްފަ އެވެ. އަދި އޭގެ ތެރެއިން 74 ޕަސެންޓު ކާޑަކީ އަދިވެސް އެކްޓިވް ކާޑުތައް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މީގެ ތެރެއިން 60 ޕަސެންޓަކީ ޑެބިޓް ކާޑެވެ. އަދި 36 ޕަސެންޓަކީ ޕްރިޕެއިޑް ކާޑު ނުވަތަ ފައިސާ އަޅައިގެން ބޭނުންކުރާ ކާޑެވެ. ކްރެޑިޓް ކާޑުގެ އަދަދަކީ ހަތަރު ޕަސެންޓެވެ.

ތަފާސްހިސާބުތަަކަށް ބަލާއިރު ރާއްޖޭގައި އެންމެ މަގުބޫލީ ވިސާ ކާޑުތަކެވެ. އެގޮތުން ޑެބިޓް އަދި ކްރެޑިޓް ކާޑުގެ 45 ޕަަސެންޓް ވިސާ އިން ދޫކޮށްފައިވާއިރު އެމެރިކަން އެކްސްޕްރެސް އިން ދޫކޮށްފައިވަނީ 23 ޕަސެންޓް ކާޑެވެ. އަދި މާސްޓާ ކާޑުގެ އަދަދަކީ 20 ޕަސެންޓެވެ.

ޕްރީޕެއިޑް ކާޑުތަކަށް ބަލާއިރު މާސްޓާކާޑަކީ އެންމެ މަގުބޫލު ކާޑު ސްކީމެވެ.

ކާޑުގެ މަގުބޫލުކަން އަހަރުން އަހަރަށް އިތުރުވަމުން އަންނަ އިރު ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ކާޑު ބޭނުންކޮށްގެން ޖުމްލަ 17.9 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން ވަނީ ހިންގާފަ އެވެ. އެއީ ޖުމްލަ 45.7 މިލިއަން ޓްރާންސެކްޝަނެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 66 އިންސައްތަ އިގެ އިތުރުވުމެކެވެ.

ކާޑުތަކާއެކު އޭޓީއެމް އާއި ޕީއޯސް މެޝިންތައްވެސް އިތުރު

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ އާބާދީގެ ކޮންމެ ލައްކައަކަށް 65 އޭޓީއެމް ހުރެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގައި ޖުމްލަ 182 އޭޓީއެމް އެއް އޮޕަރޭޓުކުރި އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން 42 ޕަސެންޓް އޭޓީއެމް މާލެ ސަރަހައްދުގައި ހުރިއިރު ބާކީ 58 އިންސައްތަ އޭޓީއެމް ހުންނަނީ ރާއްޖެތެރޭ ރަށްރަށުގަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ ކޮންމެ ލައްކައަކަށް ތިންހާސް ޕީއޯއެސް ޓާމިނަލް އެބަހުއްޓެވެ. އެމްއެމްއޭއިން ބުނިގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 8،700 އަށްވުރެ ގިނަ ޕީއޯއެސް ޓާމިނަލްތައް ހިންގަމުން ދިޔައެވެ. އޭގެ ތެރެއިން 90 ޕަސެންޓަށްވުރެ ގިނަ ޕީއޯއެސް ޓާމިނަލްތަކަކީ ބޭންކުތަކުން ހިންގާ ޓާމިނަލްތައް ކަމަށާއި އޭގެ ތެރެއިން 80 ޕަސެންޓް އަކީ އެއް ބޭންކެއްގެ މެޝިންތައް ކަމަށްވެސްް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox