ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ޝައްފާން އާއި ދީމާ

Oct 27, 2023, 7:38 AM
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޗެމްޕިއަންކަން ހޯދި ދީމާ އާއި ޝައްފާން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޗެމްޕިއަންކަން ހޯދި ދީމާ އާއި ޝައްފާން - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު

28 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއިލް ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.

މި ހަފްތާގެ އާދިއްތަ ދުވަހު ފެށި މުބާރާތުގައި ދީމާ ވަނީ އޭނާ ވާދަކުރި ހުރިހާ ކެޓަގަރީ އަކުން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް، މިކްސް ޑަބަލްސްގެ އިތުރުން 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް އަދި އަންހެން ޑަބަލްސް އެވެ.

ދީމާގެ ފަހަތުން ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް އަދި 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ދެ ވަނަ ހޯދީ މިޝްކާ މުހައްމަދު އިބްރާހިމް އެވެ. މިޝްކާ ވަނީ 15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ދީމާ އާ އެކު ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް އަދި 17 އަހަރުން ދަށުގެ އަންހެން ޑަބަލްސް ތަށި ހޯދާފަ އެވެ. އަދި މީގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ތަށި އައިޝަތު ޒާރާ ސާހިލްއާއެކު އޭނާ ހޯދި އެވެ.

ޝައްފާން ފުރަތަމަ ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ މޫސާ މުންސިފް އަހުމަދު ދެ ސެޓު ހޯދައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ސެޓު ހޯދައިގެން 4-2 އިންނެވެ. މެޗުގެ ފުރަތަމަ ދެ ސެެޓު މުންސިފް ގެންދިޔައީ 7-11 އަދި 4-11 އިންނެވެ. ޝައްފާން ފަހަތުން އަރާ މޮޅުވީ 11-3، 11-9، 13-11 އަދި 11-3 އިން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.

ޝައްފާން ވަނީ ސިންގަލްސްގެ އިތުރުން ދީމާއާ އެކު މިކްސް ޑަބަލްސް އަދި މުހައްމަދު ތާބިން ސުޖާއުއާ އެކު ޑަބަލްސް ޗެމްޕިއަންކަން ހޯދާފަ އެވެ.

މުބާރާތުގެ އެހެން ވަނަތަަކަށް ބަލާއިރު، ވެޓްރަންސް ޗެމްޕިއަންކަން ހޯދީ އަލީ އާދަމް މަނިކު (އަލިބެ) އެވެ. ދެ ވަނަ ހޯދީ އިބްރާހިމް ލަތީފް އެވެ. 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޒީކް ހަސަން ލަތީފް އެވެ. ދެ ވަނަ ހޯދީ ތާބިން އެވެ.

ޒީކް ވަނީ 17 އަހަރުން ދަށުގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ. ދެ ވަނަ ހޯދީ އުމެއިރު މުހައްމަދު މުއިއްޒު އެވެ. މި ބައިގެ ފިރިހެން ޑަބަލްސް ކާމިޔާބުކުރީ އުމެއިރު އާއި ޒީކް އެވެ. 17 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒީކް އާއި މިންހާ މަހުޖޫބު ސުޖާއުގެ ޕެއާ އެވެ. 17 އަހަރުން ދަށުގެ ފައިނަލުން ބަލިވި ނަމަވެސް އުމެއިރު ވަނީ 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ތަށި ހޯދައިފަ އެވެ. މި ބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އުމެއިރު އާއި މުހައްމަދު ހަލަފް ރާފިއު އެވެ.

15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ދެވަނަ ހޯދީ އައުން އިބްރާހިމް ލަތީފް އެވެ. އަންހެން ސިންގަލްސް ދެވަނަ ހޯދީ މަރިޔަމް އުޒްމާ އަރީފް އެވެ. އަންހެން ޑަބަލްސް ދެވަނަ ހޯދީ މިންހާ އާއި އުޒްމާގެ ޕެއާ އެވެ.

މުބާރާތުގައި ކުރިއަށްދިޔަ އެންމެ ޖޫނިއާ އުމުރުފުރާކަމަށްވާ 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޔަޒީން ހުސައިން ޝަރީފް އެވެ. ދެ ވަނަ ހޯދީ މުހައްމަދު އާލް އިމްރާން އެވެ. ތޭރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު އަލްސާ ނާފިޒު އެވެ. ދެ ވަނަ ހޯދީ ސާރާ މޫސާ ޖަމީލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox