އާސެނަލް، ރެއާލް އަދި ބަޔާނަށް މޮޅެއް، ޔުނައިޓެޑްގެ ހީރޯ އަކީ އޮނާނާ

Oct 25, 2023, 3:48 AM
އާސެނަލް، ރެއާލް އަދި ބަޔާނަށް މޮޅެއް، ޔުނައިޓެޑްގެ ހީރޯ އަކީ އޮނާނާ

މެންޗެސްޓާ (އޮކްޓޫބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލް، ރެއާލް މެޑްރިޑް އަދި ބަޔާން މިޔުނިކުން ރޭ ކުޅުނު މެޗުތައް ކާމިޔާބުކުރިއިރު، ފަހު ސިކުންތުކޮޅުގައި އަންދްރޭ އޮނާނާ ދިފާއުކުރި ޕެނަލްޓީއާ އެކު މެންޗެސްޓާ ޔުނައިޓެޑް ވެސް މޮޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި އެފްސީ ކޮޕެންހެގަން އަތުން 1-0 އިން ޔުނައިޓެޑް މޮޅުވީ ހެރީ މެގުއާ ޖެހި ގޯލުންނެވެ. ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް ގޯލަށް ފޮނުވާލި މި މެޗުގައި ކޮޕެންހެގަން އަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ފަހު ވަގުތު ލިބުނެވެ. ނަމަވެސް ޖޯޑަން ލާސަން ފޮނުވާލި ޕެނަލްޓީ ދިއާއުކޮށް މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އޮނާނާ އެވެ.

ރޭގެ މޮޅާ އެކު ޔުނައިޓެޑު ވަނީ ގްރޫޕު އޭގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވާ ބަޔާން މިޔުނިކެވެ.

ބަޔާނުން ވަނީ ރަށުން ބޭރުގައި ގަލަސަތަރާއި އަތުން ރޭ 3-1 އިން މޮޅުވެފަ އެވެ. މި މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ކިންސްލީ ކޯމަން، ހެރީ ކޭން އަދި ޖަމާލް މުސިއާލާ އެވެ. ގަލަސަތަރާއިގެ ހަމައެކަނި ގޯލު ޖަހައިދިނީ މައުރޯ އިކާޑީ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލް މޮޅުވީ ރަށުން ބޭރުގައި 2-1 ސެވިއްޔާ އަތުންނެވެ. މި މޮޅާ އެކު އެޓީމް ވަނީ ވާދަވެރި ގްރޫޕްގެ އެއް ވަނަ އަށް ހަ ޕޮއިންޓާ އެކު ޖެހިލާފަ އެވެ. ފަސް ޕޮއިންޓާ އެކު ދެ ވަނައިގައި ލެންސް އޮތްއިރު، ސެވިއްޔާ އަދި ޕީއެސްވީ އަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

އާސެނަލް ރޭ މޮޅުވި މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ގެބްރިއެލް މާޓިނެލީ އާއި ގެބްރިއެލް ޖެސުސް އެވެ. ސެވިއްޔާގެ ހަމައެކަނި ގޯލު ޖަހައިދިނީ ނެމަންޔާ ގުޑެލް އެވެ.

ރޭގެ މެޗުގައި ޖެސުސް ޖެހި ގޯލާ އެކު އޭނާ ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އާސެނަލް ކުޅުނު ތިން މެޗުގައިވެސް ގޯލު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެސުސް އަށް ލިބުނު ނަމަވެސް މެޗުގެ ފަހުކޮޅު އޭނާ އަށް ވަނީ އަނިޔާވެފަ އެވެ.

ރެއާލުން މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓީ ރަށުން ބޭރުގައި ސްޕޯޓިން ބްރާގާ ބަލިކޮށްގެންނެވެ. މެޗުގައި އެޓީމްގެ ތަރި ޖޫޑް ބެލިންހަމް ގޯލެއް ޖެހި އެވެ. މިއީ އެކުލަބަށް ކުޅުނު 15 މެޗުގައި މިޑްފިލްޑަރު ބެލިންހަމް ޖެހި 12 ވަނަ ގޯލެވެ.

ރެއާލްގެ އަނެއް ގޯލު ޖަހައިދިނީ ރޮޑްރިގޯ އެވެ. ސްޕޯޓިން އަށް ފަރަގު ކުޑަކޮށްދިނީ އަލްވާރޯ ޖަލޯ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ނަޕޯލީ އިން ވަނީ 1-0 އިން ޔޫނިއަން ބާލިން ބަލިކޮށްފަ އެވެ. މި ނަތީޖާތަކާ އެކު ގްރޫޕް އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ރެއާލް އެވެ. ދެ ވަނައިގައި ހަ ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު، ސްޕޯޓިންއަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި ޔޫނިއަން ބާލިން އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށްބަލާއިރު، ގްރޫޕް ޑީގެ އިންޓަ މިލާނުން ވަނީ 2-1 އިން ސާލްޒްބާގް ބަލިކޮށްފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ބެންފީކާ އަތުން ރެއާލް ސޮސިއެޑާޑު ވަނީ 1-0 އިން މޮޅުވެފައ އެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދައިގެން ފައިދާ ގޯލުގެ ތަފާތުން ސޮސިއެޑާޑު އެވެ. ދެ ވަނައިގައި އޮތީ އިންޓަ އެވެ. ތިން ވަނައިގައި ތިން ޕޮއިންޓާ އެކު ސާލްޒްބާގު އޮތްއިރު، ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބެންފީކާ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. މިގޮތުން އެންމެ ވަރުގަދަ ގްރޫޕްގެ ގޮތުގައި ފާހަގަވެފައި އޮތް ގްރޫޕް އެފްގައި ޕީއެސްޖީ ނުކުންނާނީ އޭސީ މިލާނާ ދެކޮޅަށެވެ. އަދި ބޮރޫޝިއާ ޑޯޓްމުންޑް ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox