ބޮޑެތި ތުހުމަތުތަކެއް، ބައްސާމް ވިދާޅުވީ ވާހަކަ ދައްކާނީ ތަހުގީގަށް ފަހު ކަމަށް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް އެފްއޭއެމް ހައުސް ބަލައި ފާސްކުރަމުންދާއިރު، އެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާނީ ތަހުގީގަށް ފަހު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މާފަންނުގައި ހުންނަ އެފްއޭއެމް ހައުސް އަށް މިއަދު ހެނދުނު ފުލުހުންގެ ޓީމެއް ވަދެ، ފާސްކުރަން ފެށީ، އެފްއޭއެމާ ގާތްގުޅުމެއް އޮންނަ، ބައިނަލްއަގުވާމީ ފުޓްބޯޅަ ފެޑެރޭޝަންތަކާއި އެސޯސިއޭޝަންތަކުން އެފްއޭއެމް އަށް ދޭ ސްޕޮންސަޝިޕް ފައިސާ ވަކިވަކި މީހުންގެ އެކައުންޓްތަކަށް، ފޮނުވައި މަނީ ލޯންޑަރިން އާއި ހިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އަމުރަކަށެވެ.

އެފްއޭއެމް ހައުސް، ބަލައި ފާސްކުރަމުންދިޔަ ވަގުތުގައި ބައްސާމް ވަނީ އެ އޮފީސް ކައިރިއަށް ގޮސް، ފުލުހުންނާ ވާހަކަ ދައްކައިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން، އެފްއޭއެމްއާ ގުޅުވައިގެން މަނީ ލޯންޑަރިން ފަދަ ސީރިއަސް ބޮޑު ތުހުމަތެއް ކޮށްފައިވާ މި ވަގުތުގައި އެފްއޭއެމްގެ ބަހެއް އޮޅުންފިލުވަން، އެ އެސޯސިއޭޝަންގެ ވަޓްސަޕް ގްރޫޕްގައި ސުވާލުކުރުމުން ބައްސާމް ވިދާޅުވީ، "މި ވަގުތު ކުރިއަށްދާ ކަންކަން (ތަހުގީގުގެ ކަންކަން) ނިމުމުން ޖަވާބުދާރީ ވާނެ" ކަމަށެވެ.

ޕީޖީ އޮފީހުން އެފްއޭއެމް މައްސަލައިގައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގާތްގުޅުމެއް އޮވެ، އެ ޖަމިއްޔާތަކުގެ އިތުބާރާއި ޔަގީންކަން އޮތް ގައުމެއް ކަމަށެވެ. އަދި އެފަދަ ގައުމެއްގައި އެފްއޭއެމް ފަދަ ޖަމިއްޔާ އަކުން އަމަލުކުރަމުން އަންނަނީ ގައުމުގެ ނަޒާހަތްތެރިކަމާއި އިންސާފުވެރި ކަމަށް އަސަރުކުރާ ގޮތަށް ކަމަށް ފެންނާތީ އެފްއޭއެމްގެ މި ކަންކަން ބަލަން ޖެހޭ ކަމަށެވެ.

".... ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

އެފްއޭއެމް ހައުސް އަށް ވަންނަން ބައްސާމަށް ހުރަހެއް އޮތްތޯ ސުވާލުކުރުމުން، އޭނާ ވިދާޅުވީ އެފަދަ ކަމެއް ނެތް ކަމަށެވެ.

އެފްއޭއެމްގެ ވެރިންނާއި ގާތް ފަރާތްތަކުގެ އަމިއްލަ އެކުންޓްތަކަށް ފައިސާ ފޮނުވި ކަމުގެ ތުހުމަތުތަކެއް

ބައިނަލްއަގުވާމީ ގިނަ އެސޯސިއޭޝަންތަކާއި ފެޑެރޭޝަން އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕާ ގާތްގުޅުމެއް އޮވެ އެވެ. އެފްއޭއެމް އިން ކްލަބްތަކަށް ދޭ މާލީ އެހީތެރިކަން ފޯރުކޮށްދެނީ ވެސް ބޭރުގެ އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތަކާ އެކު ވެވިފައިވާ އެއްބަސްވުންތަކުގެ ތެރެއިން ލިބޭ ސްޕޮންސަޝިޕްތަކުން ކަން މީގެ ކުރިން އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައްސާމް ވިދާޅުވެފައިވެ އެވެ.

ފުލުހުން މިހާރު ކުރަމުން އަންނަ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، "އަދަދު" އަށް އެނގިފައިވާ ގޮތުގައި، ފީފާ އާއި އޭއެފްސީ އަދި އެކި ގައުމުތަކުގެ އެސޯސިއޭޝަންތަކުން އެފްއޭއެމް އަށް ދޭ މާލީ އެހީތަކުގެ ފައިސާ، އެފްއޭއެމްގެ ވެރިންނާއި ގާތް ފަރާތްތަކުގެ އެކައުންޓްތަކުގެ އިތުރުން ކުންފުނިތަކަށް ފޮނުވާފައިވެ އެވެ.

މީގެ އިތުރުން، އެފްއޭއެމްއާ ގުޅިގެން، ޑޮލަރު ވިއްކުމުގެ ކަންކަން ވެސް ބައެއް ފަރާތްތަކުން ކުރާކަން ވަނީ އެނގިފައިވެ އެވެ.

މި ހުރިހާ ތުހުމަތުތަކެއް އެފްއޭއެމަށް އަމާޒުވެފައިވާއިރު، އެ އެސޯސިއޭޝަނާ ގުޅޭ މާލީ ގިނަ މައްސަލަތަކެއް މިހާރު ވެސް އެބައޮތެވެ. އެ ގޮތުން، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތް މަަހަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު، ކުރިން ގައުމީ ޓީމުތަކަށް ކޯޗުކޮށްދިން ބިދޭސީ ކޯޗުންނަށް ނުދީ ހުރި މުސާރަ ދައްކަން ފީފާ އިން އޮތީ އަމުރުކޮށްފަ އެވެ.

އޭގެ އިތުރުން، ސިވިލް ކޯޓުން ވަނީ އެފްއޭއެމްގެ މައްޗަށް ގިނަ މައްސަލަތަކެއްގައި އެކި ކުންފުނިތަކަށް ފައިސާ ދައްކަން އަންގައިފަ އެވެ.

މީގެ ދެ އަހަރު ކުރިން، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ޅ. ކުރެއްދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީމު ކުޅުނު މެޗުން ލިބުނު އިނާމް ފައިސާ ކުޅުންތެރިންނަށް ބަރާބަރަށް ނުދީ އެ ފައިސާ އެފްއޭއެމްގެ ކަންކަމަށް ވެސް ވަނީ ބޭނުންކޮށްފަ އެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ ކުޅުންތެރިން ސުވާލުކުރި ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގަކަށް ފުލުހުން އެފްއޭއެމް ހައުސް އަށް ވަދެފައިވާއިރު، މި ކަމާ ހެދި ފީފާ އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމަށް ބެލެވޭ ހާލަތެއް ވެސް އެބައޮތެވެ. އެއީ، ފީފާ އިން މި ފަދަ ކަންކަން މާނަ ކުރާ އެއްގޮތަކީ އެސޯސިއޭޝަން ހިންގުމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރުމެވެ. މި ފަދަ ކަންކަމުގެ ސަބަބުން މީގެ ކުރިން ފީފާ އިން ޕާކިސްތާން ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކޮށްފައިވެ އެވެ.

އެފްއޭއެމްގެ މައްޗަށް މި ކުރެވޭ ތުހުމަތުތަކުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އެސޯސިއޭޝަންގެ މައި އިމާރާތަށް ވަދެ ފާސްކުރަމުން އަންނައިރު، މި ކަމާ ގުޅިގެން ބައިނަލްއަގުވާމީ އިދާރާއެއްގެ ހަރަކާތެއް އަދި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox