ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ދަ ޑިމޮކްރެޓްސް އިން ނިންމައިފި

ެދަ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވާހަކަދައްކަވަނީ. މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެޕާޓީން ވަނީ ނިންމާފައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ެދަ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވާހަކަދައްކަވަނީ. މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެޕާޓީން ވަނީ ނިންމާފައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އަލުން ހޮވަން އަންނަ އަހަރު ބާއްވާ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ހ.މައިޒާންދޮށުގޭގައި ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގައި ތަމްސީލުކުރާ ދާއިރާތަކުގެ އަދަދު މަދުކުރެވޭތޯ އަދިވެސް މަސައްކަތް ކުރާނެ ކަަމަށާއި އެކަން ކާމިޔާބު ނުވި ނަމަވެސް ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެޕާޓީގެ ވަގުތީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާްއިރާތަކުގެ އަދަދު 76 އަށް މަދުކުރުމާ އެކު އެހެން ބައެއް ބަދަލުތައް ވެސް ގެނައުމަށް ޓަކައި ގާނޫނު އަސާސީ ބަދަލުކުރަން ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ހުށަހަޅުއްްވައިފަ އެވެ.

Advertisement

"މިހާރު ވެއްޖެއްޔާ އެއީ 93 ގޮނޑި ކަމަށް އިއުލާނުކުރައްވާފައި އެވަނީ އިލެކްޝަންސް ކޮމިޝަނުން. އެހެންވީމާ އޭގެ މާނައަކީ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ. އެހެން ނަމަވެސް އެއަށް ވުރެ އިސްކަންދީގެން އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ އިލްޔާސް ލަބީބު އެ ހުށަހަޅުއްވާފައި އޮތް އިސްލާހުގައި، ގާނޫނު އަސާސީއަށް އެ ހުށަޅުއްވާފައި އޮތް އިސްލާހުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ކުޑަކުރުމަށް ކުރެވޭ މަސައްކަތް، އަޅުގަނޑުމެންގެ ޕާޓީން ރައްޔިތުންގެ މަޖިލީހުގައި ވެސް އެހެން ތަންތަނުގައި ވެސް ކުރަމުން ގެންދިއުން،" ހަސަން ލަތީފު ވިދާޅުވި އެވެ.

މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރަން ނިންމުމާ އެކު ދަ ޑިމޮކްރެޓްސްގެ ލެޖިސްލޭޓިވް އެޖެންޑާ [ގާނޫނު އަސާސީއާއި ގާނޫނުތަކަށް ގެންނަން ބަދަލުތަކާއި އަލަށް ހަދާނެ ގާނޫނުތަކާ ގުޅޭ ގޮތުން އެޕާޓީން އެކުލަވައިލާ އެެޖެންޑާ)ގެ މަސައްކަތް ފަށަން ވެސް މިއަދު އެޕާޓީން ނިންމި އެވެ. ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ މަސައްކަތް ފަށަން ނިންމީ ވަގުތީ ކައުންސިލްގެ އިއްތިފާގުންނެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައްޔިތުންގެ މަޖލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުުވުމާ އެކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީން ވަކިވެވަޑައިގެންނެވި ބޭފުޅުން އުފެއްދެވި ޕާޓީ އެކެވެ. އެޕާޓީގެ އެތެރޭގެ އިންތިހާބު އަދި ނުބާއްވާތީ ޕާޓީ ހިންގަނީ ވަގުތީ ކައުންސިލަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox