މުއިއްޒު އެ އުފައްދަވަނީ އިންގިލާބެއް، އެމްޑީޕީ އޮންނާނީ ރައްޔިތުންނާއެކު: ނަޝީދު

Jun 19, 2026, 12:24 AM
ޖޫން 18، 2026: އެމްޑީޕީން ބާއްވާ "ވަޒީފާ ބުރާސްފަތި" އެއްވުން. މިއީ ސަރުކާރުގެ ވަޒީފާތަކުން ނުހައްގުން މީހުން ކަނޑަމުންދާތީ ބާއްވާ މުޒާހަރާއެއް

ޖޫން 18، 2026: އެމްޑީޕީން ބާއްވާ "ވަޒީފާ ބުރާސްފަތި" އެއްވުން. މިއީ ސަރުކާރުގެ ވަޒީފާތަކުން ނުހައްގުން މީހުން ކަނޑަމުންދާތީ ބާއްވާ މުޒާހަރާއެއް

ސިޔާސީ މައްސަލަތަކުގައި މުވައްޒަފުން ވަކި ކުރަމުންދާ ނަމަ އުދެފޭނީ އިންގިލާބެއް ކަމަށާއި ރައްޔިތުންނާއެކު އިދިކޮޅު އެމްޑީޕީ އޮންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

"ވަޒީފާ ބުރާސްފަތި" ގެ ނަމުގައި އެމްޑީޕީ އިން ބޭއްވި މުޒާހަރާގައި ވާހަަކަ ދައްކަވުން ނަޝީދު ވިދާޅުވީ، ވަޒީފާ އަދާ ކުރާ އެންމެންނާއެކު އަދި ރާއްޖޭގެ ރައްޔިތުންނާއެކު އެމްޑީޕީ އަބަދުވެސް އޮންނާނެ ކަމަށެވެ. 

"ރައީސް ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ މަސައްކަތް. ރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނިކުންނާނެ. އެ ރައްޔިތުން، އެ މީހުންގެ ހައްގުގައި އަދާކުރަން ޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންދާނެ. އެމްޑީޕީ އެމީހުންނާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ އެކުގައި ތިބޭނެ،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

މިރޭގެ މުޒާހަރާގައި 700 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ެ ސަރަހައްދުގައި ހަރަކާތްތެރިވި އަދަދު ގެ ނޫސްވެރިންގެ ވަނީ ބުނެފަ އެވެ. މިއީ މިފަހުން މާލޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ. 

މިރޭގެ މުޒާހަރާގައި ރާވާފައި އޮތީ ރަސްފަންނުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް މަޖީދީ މަގުން ހިނގުމަށެވެ. އެކަމަކު ފުލުހުން މުޒާހަރާއަށް ހުރަސް އެޅުމުން މުޒާހަރާ ދިޔައީ އަމީނީ މަގުންނެވެ.

މިއަދުގެ މުޒާހަރާގެ ކުރިން ގިނަ އަދަދެއްގެ ފުލުހުން ވަނީ މާލެ ތެރެއަށް ނެރެފަ އެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. 

މުޒާހަރާގެ ކުރިން ބުދަ ދުވަހުގެ ރޭ "ސަންގު ޓީވީ" ގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ސުލްހަވެރި މުޒާހަރާއަށް ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. 

"އެއްވެ އުޅުމުގެ ގާނޫނެއް އެބަ އޮތް. އެ ގާނޫނު އަޅުގަނޑު ދެކޭ ގޮތުގައި މައިގަނޑު ގޮތެއްގައި ގާނޫނުއަސާސީއާ ހިލާފު ކިތަންމެ ކަންކަމެއް އެ ގާނޫނުގައި އެބަހުރި. އެހެންނަމަވެސް އެ ގާނޫނު ވެސް އެބަ ޖާގަ ދޭ އެއްވާން. އެއްވުން މަނައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox