ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް 15 ބޭފުޅަކު ކުރިމަތިލައިފި

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިންގް -- ފޮޓޯ: ޝާބިން/އަދަދު

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިންގް -- ފޮޓޯ: ޝާބިން/އަދަދު

ސިވިލް ކޯޓުގެ އިސް ގާޒީ އަހުމަދު ނިމާލް އަވަހާރަވުމުން އެ ކޯޓުގައި ހުސްވި ފަނޑިޔާރު ކަމުގެ ޖާގައަށް 15 ބޭފުޅަކު ކުރިމަތިލައިފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ހުސްވެފައިވާ ސިވިލް ކޯޓު އިސް ގާޒީގެ މަގާމަށް ކުރިމަތިލި 15 ބޭފުޅުންގެ ނަން އާންމުކޮށްފަ އެވެ.

ތިރީސްހާސް ރުފިޔާގެ މުސާރައެއް ލިބޭ އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މި މަހު 19، ގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ މަގާމަށް ކުރިމަތިލި ބޭފުޅުން:

  1. މުހައްމަދު ނިޡާމް، މ. މޮޑަންކޮމެޓް، ކ. މާލެ
  2. ނަފީލު މުހައްމަދު، ލަކީހޯމް، ގއ. ދާންދޫ
  3. މުހައްމަދު އިހްސާން، ނޫރުވާދީ، ކ. ތުލުސްދޫ
  4. މުސްތަފާ އަހުމަދު، ކަނީރުމާގެ، ރ. އަނގޮޅަތީމު
  5. އަލީ ނަސީރު، ގާޑެނިޔާވިލާ، ބ. ކިހާދޫ
  6. އާދަމް ދާލިފް، އޯކިޑުމާގެ، ގއ. ގެމަނަފުށި
  7. ހައްމާދު ވާފިރު، ނުރަންމާގެ، ގއ. ދާންދޫ
  8. މުހައްމަދު ވިދާން ޝާކިރު، ހ. ހުދުފިނިފެންމާގެ، ކ. މާލެ
  9. މަރްޔަމް ޝާނީ، ސަނދުބަރަކާގެ، ހއ. ދިއްދޫ
  10. އަބްދުއްސަލާމް އަލީ، ރޯޒްލީން، ށ. މާއުނގޫދޫ
  11. ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
  12. ފާތިމަތު ޝަފީނާޒް، ހުޅުމާލެ ގޯތި 11021
  13. ފަތުހުﷲ ޖަމީލް މޫސާ، ނަލަމަލަ، ލ. މާވަށް
  14. އާއިޝަތު އަރީޝާ ނަޖީބް، ވ. ބުރެވި، ކ. މާލެ
  15. އަހުމަދު މައުސޫމް، ހަވީލީ މަންޒިލް، ލ. މާބައިދޫ

ސިވިލް ކޯޓަށް އިސް ގާޒީއެއް ހަމަޖެއްސެންދެން މިދިޔަ މަހުގެ 21، އިން ފެށިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ވަނީ ގާޒީ ފަރުހާދު ރަޝީދުއާ ހަވާލުކޮށްފަ އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަހުމަދު ނިމާލް އަވަހާރަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ގައި މެޔަށް ތަދެއް އަރައިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ނިމާލް އައްޔަނުކޮށްފައި ވަނީ މާޗު 2022 ގަ އެވެ. އަދި, އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓު 22, 2022 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox