މިސްރު މަގުން ގާޒާއަށް އެހީގެ އުޅަނދުތައް ވަންނަން ފަށައިފި

މިސްރާއި ގާޒާއާ ދެމެދު އޮންނަ ރަފާހު ބޯޑަރުގައި އެހީގެ އުޅަނދުތައް -

މިސްރާއި ގާޒާއާ ދެމެދު އޮންނަ ރަފާހު ބޯޑަރުގައި އެހީގެ އުޅަނދުތައް -

އިޒްރޭލުން ހިންގަމުންދާ ގަތުލުއާމުގައި ހިސާރުކޮށްފައިވާ ގާޒާއަށް އިންސާނީ އެހީ ހިފައިގެން ދާ އުޅަނދުތައް މިސްރު މަގުން ގާޒާއަށް ވަންނަން ފަށައިފި އެވެ.

ގާޒާ އާއި މިސްރާ ދެމެދު އޮންނަ ރަފާހު ބޯޑަރު ހުރަސްކޮށް މިހާރު 20 އުޅަނދު ގާޒާއަށް ދަތުރުކުރަމުންދާ ކަމަށް ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުގެ މީޑިއާ އޮފިޝަލު ވަނީ ބުނެފަ އެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފެށި ހަމަލާތަކަށްފަހު އިޒްރޭލުން ގާޒާއިން ފެނާއި ކަރަންޓު ކަނޑާލާ އެހީ ލިބޭނެ މަގުތައް ބަންދުކުރި އިރު، ގާޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުން މިހާރު ތިބީ އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގަ އެވެ.

"ގާޒާއަށް ދަތުރުކުރަމުންދާ 20 އުޅަނދުގައި ބޭހާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، ދަޅުގައި ބަންދުކޮށްފައިވާ ކާނާ ހިމެނޭ," ހަމާސްގެ އޮފިޝަލު އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި ފެނާއި ތެޔޮ ލިބޭނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.

ގިނަ ހިސާބުތަކުން މުޅިންހެން ކަރަންޓާއި ފެން ކެނޑިފައިވާއިރު ހޮސްޕިޓަލުތަކުގެ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮވެސް ވަނީ ހުސްވެފަ އެވެ. ރަފަހު ބޯޑަރު ހުޅުވީ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓާލުމަށް އދ. އަށް ހުށަހެޅި ދެ ގަރާރެއް އެމެރިކާއިން ވީޓޯކޮށްފައި ވަނިކޮށެވެ.

ރަފަހު ބޯޑަރުގައި ގިނަ އަދަދެއްގެ އެހީގެ އުޅަނދުތައް އޮތް ނަމަވެސް، އިޒްރޭލުން މީގެ ކުރިން ވަނީ ގާޒާއަށް ވަނުމަށް ބޯޑަރު ހުރަސްކޮށްފިނަމަ ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ހަމާސްއިން ވަނީ މި މަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާތަކުގައި ރަހީނުކުރި އެމެރިކާގެ ދެ ރައްޔިތަކު ރޭ މިނިވަންކޮށްފަ އެވެ. ނަމަވެސް، ރަފާހު ބޯޑަރު ހުޅުވުމާ އެކަމާ ގުޅުމެއް ވާކަމެއް ނުވަތަ އިތުރު ރަހީނުން އަދި ގާޒާގައި ތިބި އެމެރިކާގެ ރައްޔިތުން މިސްރު މަގުން ގައުމަށް ދެވޭނެ ގޮތް ހެދުމާ ގުޅުމެއް އޮތް ކަމެއް އަދި އެނގިފައެއް ނެތެވެ.

އިޒްރޭލާއި ހަމާސްގެ ކުރިމަތިލުންތައް ސުލްހަކުރުމަށް މިސްރުގެ ގާހިރާގައި މިއަދު ސުލްހައިގެ މަހާސިންތާއެއް ފަށަން ވަނީ ނިންމާފަ އެވެ. މި މަހާސިންތާގައި އިޒްރޭލާ އެމެރިކާއިން ބައިވެރި ނުވި ނަމަވެސް އަރަބި ގިނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތައް އަދި ބާރުގަދަ ގިނަ ގައުމުތަކުން ބައިވެރިވާނެ އެވެ.

އިޒްރޭލުން ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވީ އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 4،137 މީހުން ވަނީ ޝަހީދުވެފައި ކަމަށެވެ. އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެ އެެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ހަމަލާތަކުގައި ގެއްލިގެން ހޯދަމުންދާ މީހުންނާ ގުޅޭ ގޮތުން އޮފިޝަލުންނަށް 1،400 އިންކުއަރީ ލިބިފައިވާއިރު އޭގެ ތެރޭގައި 720 ކުޑަކުދިން ހިމެނެ އެވެ. އަދި ޒަހަމްވެގެން 13،260 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox