ގައުމީ އަންހެން ޓީ20 ޝީލްޑް ކުނަހަންދޫ އިން ކާމިޔާބުކޮށްފި

Oct 21, 2023, 6:19 AM
ގައުމީ އަންހެން ޓީ20 ޝީލްޑް ކުނަހަންދޫ އިން ކާމިޔާބުކޮށްފި

ގައުމީ ޔޫތު ޗެމްޕިއަންޝިޕް 2023 ގެ އަންހެނުންގެ ޓީ20 ކްރިކެޓް ޝިލްޑް ޗެމްޕިއަންކަން ލ. ކުނަހަންދޫ އަންހެން ޓީމު ހޯދައިފި އެވެ.

ތިން ޓީމް ވާދަކުރި މުބާރާތުގެ ފައިނަލުގައި ކުނަހަންދޫ ނުކުތީ ފުވައްމުލަކު ސިޓީއާ ދެކޮޅަށެވެ. ފައިނަލު މެޗުގެ ކުރިން ލީގު ބުރުގައި މި ދެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރީ ފުވައްމުލަކުންނެވެ. ނަމަވެސް ފައިނަލް މެޗުގައި ފުވައްމުލަކު ޓީމުގެ މައްޗަށް ކުނަހަންދޫ އިން ވަނީ 36 ލަނޑުން ކުރި ހޯދައިފަ އެވެ.

ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ފުވައްމުލަކު އަންހެން ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. ކުނަހަންދޫ ޓީމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހެދި އެވެ.

ކުނަހަންދޫ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 61 ބޯޅައިން 76 ލަނޑު ހެދި ސުމައްޔާ ހަމީދު އެވެ. މި އިނިންގްސްގައި ފުވައްމުލަކު ޓީމުގެ ފާތިމަތު އަނާލް އާއި ފާތިމަތު މާހާ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓު ނަގައިފަ އެވެ.

ޖަވާބުގައި ފުވައްމުލަކު ޓީމުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 89 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 16 ލަނޑު ހެދި ކެޕްޓަން އައިޝަތު އައިމާ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 13 ލަނޑު ހެދި މަރިޔަމް ސަމާ 13 އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުނަހަންދޫގެ ސުމައްޔާ ހަމީދު އެވެ. 324 ލަނޑާ އެކު މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކީ ވެސް ސުމައްޔާ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ހެދީ ކުނަހަންދޫ ޓީމްގެ ފާތިމަތު ސަޖާ އެވެ. އެއީ 230 ލަނޑެވެ.

20 ވިކެޓާ އެކު މުބާރާތުގައި އެންމެ ގިނަ ވިކެޓު ނެގި ކުޅުންތެރިޔަކީ ކުނަހަންދޫގެ ނަބާ ބިންތި ނަސީމް އެވެ. ދެ ވަނަ އަށް އެންމެ ގިނަ ވިކެޓު ނެގި ފުވައްމުލަކުގެ އައިޝަތު މީސާ ވަނީ 16 ވިކެޓު ނަގައިފަ އެވެ. ފުވައްމުލަކުގެ ފާތިމަތު އަނާލް ވެސް މި މުބާރާތުގައި 14 ވިކެޓު ނެގި އެވެ.

މި މުބާރާތަކީ ކުނަހަންދޫގެ އަންހެން ޓީމް ގައުމީ ލެވެލްގައި ކާމިޔާބުކުރި ތިން ވަނަ މުބާރާތެވެ. މީގެ ކުރިން، 2018، 2019 ގައި ވެސް އެ ޓީމުން ވަނީ އަންހެން ކްރިކެޓު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox