ނެގްރެއިރާ އަށް ރިޝްވަތުދިން ކަމަށް ބަލައި ބާސެލޯނާގެ ރައީސް ލަޕޯޓާ އަށް ފިޔަވަޅު އަޅަނީ

Oct 19, 2023, 7:32 AM
ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ: ސްޕެނިޝް ލީގުތަކުގެ ރެފްރީންގެ ކޮމިޓީ އަށް ނުފޫޒު ފޯރުވަން ރިޝްވަތު ދިން ކަމުގެ ދައުވާ ލަޕޯޓާގެ މައްޗަށް ވަނީ އުފުލައިފައި.

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ: ސްޕެނިޝް ލީގުތަކުގެ ރެފްރީންގެ ކޮމިޓީ އަށް ނުފޫޒު ފޯރުވަން ރިޝްވަތު ދިން ކަމުގެ ދައުވާ ލަޕޯޓާގެ މައްޗަށް ވަނީ އުފުލައިފައި.

ބާސެލޯނާ (އޮކްޓޫބަރު 19) - ސްޕެނިޝް ލީގުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް އެންރިކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން ފައިސާ ދިން ކަމަށް ބަލައި އެ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާއަށް ރިޝްވަތުގެ ދައުވާ އުފުލައިފި އެވެ.

މި އަހަރުގެ މާޗު މަހު ސްޕެއިންގެ މީޑިއާތަކުން ނެރުނު ރިޕޯޓްތަކެއްގައިވާ ގޮތުން ސްޕެއިން ލީގުގެ ރެފްރީސް ކޮމިޓީގައި އިސްކޮށް އުޅުނު ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން ވަނީ 2001 އިން 2018 އަށް ޖުމްލަ އެކު، ނުވަ މިލިއަން ޑޮލަރު ދީފަ އެވެ.

ގަވާއިދާ ހިލާފަށް މާލީ މަންފާ ހޯދަން މަކަރު ހެދުމާ އެކު، މަގާމުގެ ނުފޫޒުގައި ފައިދާތަކެއް ނަގަން ކޮރަޕްޝަންގެ އަމަލެއް ހިންގަން ބާސެލޯނާ އިން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، ބާސެލޯނާގެ ކޯޓަކުން ވަނީ އެކުލަބާ ދެކޮޅަށް ތަހުގީގެއް ފަށައިފަ އެވެ.

އެ ކަމާ ދެކޮޅަށް ބާސެލޯނާގެ ވެރިން އެކި ފަހަރުމަތިން ވާހަކަދެއްކި ނަމަވެސް ރިޝްވަތު ދީފައިވާކަން ހާމަވާ ހެކި އެކަށީގެންވާ ވަރަށް ހުރިކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

އިއްޔެ ކޯޓުން ވަނީ ބާސެލޯނާގެ މިހާރުގެ ރައީސް ލަޕޯޓާ އާއި ކުރީގެ ދެ ރައީސުން ކަމަށްވާ ސަންދްރޯ ރޮސެލް، ޖޯސެފް މާރިއާ ބާޓެމޮއު އަދި އެ ކުލަބުގެ ދެ ޑިރެކްޓަރުން ކަމަށްވާ އޮސްކާ ގްރާއޫ އަދި އަލްބާޓް ސޮލާއާ ދެކޮޅަށް ރިޝްވަތުދިނުމުގެ ދަައުވާ އުފުލައިފަ އެވެ. މި ހުރިހާ ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަދުވެގެން 10 އަހަރުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ކޯޓުން ނިންމި ނިންމުމުގައި ވަނީ ބާސެލޯނާއި ފައިދާ ދީފައިވާ ދުވަސްވަރު ލީގުގައި އެކުލަބާ އެއްކޮޅަށް ކަންކަން ނިންމާފައިހުރި ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ބާސެލޯނާއާ ދެކޮޅަށް ކުރިއަށްދާ މި ތަހުގީގުގައި އެކުލަބަށް ހަރުކަށި ފިޔަވަޅު އެޅުމަށް ބާސެލޯނާގެ ވާދަވެރިން ކުލަބުތަކުން އަންނަނީ ގޮވާލަމުންނެވެ. އެ ގޮތުން ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން ވެސް ވަނީ ބާސެލޯނާއާ ދެކޮޅަށް ކުރިއަށްދާ މައްސަލައިގައި ބާސެލޯނާއިން ކޮށްފައިވާ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox