މުސިއާލާ އަށް ލިވަޕޫލުން ޝައުގުވެރިވޭ

Oct 18, 2023, 4:12 AM
މުސިއާލާ އަށް ލިވަޕޫލުން ޝައުގުވެރިވޭ

މިއުނިކް (އޮކްޓޫބަރު 18) - ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު، ޖަމާލް މުސިއާލާ އަށް ލިވަޕޫލުން ޝައުގުވެރިވާ ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ދެތިން އަހަރު އެންމެ ހަލުވި ސްޕީޑެއްގައި ކުރިއެރުން ހޯދަމުން އައި އެއް ޒުވާން ތަރި އަކީ މުސިއާލާ، 20 އެވެ. ބަޔާންގެ އާ ކޯޗު ތޯމަސް ޓުޗެލްގެ ޕްލޭނުގައި ވެސް މުސިއާލާ އަކީ މުހިންމު ކުޅުންތެރިއެކެވެ. ބަޔާނާ އެކު، މުސިއާލާ ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އޮތްއިރު، އޭނާގެ ކޮންޓްރެކްޓް ވީ އެންމެ އަވަހަށް އާ ކުރަން ބަޔާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޖަރުމަނުގެ މީޑިއާ، ބިލްޑް އިން ރިޕޯޓްކުރާ ގޮތުގައި ލިވަޕޫލުން އަންނަނީ މުސިއާލާ އަށް ފާރަލަމުންނެވެ. އަދި މި ސީޒަނަށް ފަހު، ލިވަޕޫލުން ބިޑް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ބަޔާންގެ ލެރޯއި ސާނޭގެ އިތުރުން މުސިއާލާ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުސިއާލާ ގަންނަން ކްލަބަކުން މަދުވެގެން 100 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބަޔާނުން މުސިއާލާގެ ސޮއި ހޯދީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ. އޭރު މުސިއާލާ ހުރީ ޗެލްސީގަ އެވެ. އިނގިރޭސި ޔޫތު ޓީމުތަކަށް ކުޅެފައިވާ މުސިއާލާ، ސީނިއާ ޕްރޮފެޝަނަލް ލެވަލްގައި ޖަރުމަނު ޓީމަށް ކުޅެން ނިންމީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox