ފަލަސްތީނުގެ ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

ފަލަސްތީނުގެ ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ރޭ ގާޒާގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖޭގެ ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މި މަހުގެ ހަތްވަނަ ދުވަހު، ފަލަސްތީނުގެ ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކަށްފަހު ހަނގުރާމަ އިއުލާނުކޮށް ފެށި މި ގަތުލްއާމުގައި ރޭ ދިން މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ކަށަވަރެއް ނުވެ އެވެ. ގާޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުގައި ހަމަލާގައި 500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އެހެން ރިޕޯޓުތަކުން ބުނާ ގޮތުން އެ އަދަދު 900 އާ ގާތްކުރެ އެވެ.

އާންމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓާތަކާއި އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމުރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

"ފަލަސްތީނުގެ ކުށެއް ނެތް އާއްމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަހުމެއް ނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލި ގޮވާލުން ތަކުރާރުކުރަމެވެ. އަދި ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ދިވެހިރާއްޖެއިން ގޮވާލަމެވެ." ރާއްޖޭން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަމަލާ ކުށްވެރިކުރައްވާ ފޮރިން މިނިސްޓަރު ޝާހިދު މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެތައް ސަތޭކަ މީހުން ޝަހީދުކޮށްލާ އިޒްރޭލުން ދިން މި ހަމަލާ ދިވެހި ދައުލަތާއި ދިވެހިންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި، އާންމުން ހިދުމަތް ލިބިގަންނަ ހޮސްޕިޓަލު ފަދަ އިމާރާތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ކަމެއް ކަންވެސް ފާހަގަ ކުރެއްވި އެވެ.

"އަދި، އަނެއްކާވެސް ބައިނަލްއަގުވާމީ މުޖުތަމައަށް އަޅުގަނޑުމެން މި ގޮވާލަނީ މި ލާއިންސާނީ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރުމަށާއި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އޮތް ހުރަސްތައް ނައްތާލުމަށް" މީގެ ކުރިން އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން އަންނަނީ ގާޒާއަށް ބޮން އަޅަމުންނެވެ. ޓެރަރިސްޓުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކެއް ކަމަށް އިޒްރޭލުން ބުނި ނަމަވެސް މިއީ ސީދާ ގާޒާގައި އުޅޭ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ދެމުންދާ ހަމަލާތަކެކެވެ.

ކަރަންޓު ކަނޑާލުމުގެ ސަބަބުން އަނދިރީގައި އޮތް ގާޒާގައި އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން މިރޭ ބޮން އަޅައި ދިން ހަމަލާގައި އެ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހިމާޔަތް ހޯދަމުންދިޔަ އެތައް ސަތޭކަ ރައްޔިތުންނެއްވެސް ވަނީ ޝަހީދުވެފަ އެވެ. އެމީހުން އެ ތަނުގައި ހިމާޔަތް ހޯދަމުން ދިޔައީ ހޮސްޕިޓަލަކަށް ވުމާ އެކު ހަމަލާ ދިނުމުގެ ފުރުސަތު ކުޑަކަމަށް ބެލުމަށް ފަހު އެވެ.

އިޒްރޭލާ ދެކޮޅަށް ހަމާސްއިން ދިން ހަމަލާތަކުގައި އިޒްރޭލުން 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. ބަދަލުގައި އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާމުގައި މަރުވި މީހުންގެ އަދަދު، ރޭގެ ހަމަލާގެ ކުރިން ހުރީ 3،000 އަށްވުރެ މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox