ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ: ހަސަން ރަޝީދު

ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ސިފައިންގެ އޮފިސަރުންތަކަކާއެކީ: މި ސަރުކާރުގައި ކުރިން ޑިފެންސް މިނިސްޓަރަކަށް ހުންނެވީ ގައްސާން މައުމޫން --- ފޮޓޯ: އެމްއެންޑީއެފް

ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ސިފައިންގެ އޮފިސަރުންތަކަކާއެކީ: މި ސަރުކާރުގައި ކުރިން ޑިފެންސް މިނިސްޓަރަކަށް ހުންނެވީ ގައްސާން މައުމޫން --- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި ސިފައިންގެ އެބަހުރި ކަމަށާއި ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ކަހަލަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމްއިން ގެނެސްދޭ "އަހާ" ފޯރަމްގައި ހަސަން ރަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ސަރަހައްދަށް ވަދެ ބޭރުގެ ބަޔަކު ހިންގާފާނެ ހަރަކާތަކަށް ދިވެހި ސިފައިން ތައްޔާރީ ކިހާ މިންވަރަކަށްތޯ އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑުމެން ވާނެ ތަޖުރިބާކޮށްފަ 1988 ނޮވެމްބަރު 3 ގައި، ދިވެހިރާއްޖެއަަށް ދިން ޓެރަރިސްޓު ހަމަލާ. [] އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ މިހާރު އެފަދަ ހަމަލާއެއް ނުދެވޭނެކަން،" ހަސަން ރަޝީދު ވިދާޅުވި އެވެ. 

ހަސަން ރަޝީދު ވިދާޅުވި ގޮތުގައި ދިވެހި ސިފައިން އަބަދު ވެސް ތިބޭނީ ތައްޔާރަށެވެ. މިހެން ނަމަވެސް ސިފައިންގެ ވަސީލަތްތައް މަދު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ސަރުކާރުން އެކަން ރަނގަޅު ކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގިނަ ވަސީލަތްތަކެއް ހޯދާފައިވާ ކަމަށް ހަސަން ރަޝީދު ވިދާޅުވި އެވެ. މީގެ ތެރޭގައި ތުރުކީ ސަރުކާރުން ހަދިޔާ ކުރި މަނަވަރާއި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މަނަވަރާއި ސަރުކާރުން ބޮޑު ހަރަދުކޮށްގެން ގެނައި ޑްރޯންތަކުގެ އިތުރުން ޕެޓްރޯލް ބޯޓުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެެވެ. 

"މި އެންމެހާ ވަސީލަތްތަކެއް މި ގާއިމުކުރަނީ [] ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން، ކަނޑުގެ ސަރަހައްދު ހާއްސަކޮށް ބެލެހެއްޓުމަށް ޓަކައި، އަދި ވައިގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި މިންވަރަކުން [] އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ޓަކައި، ވަސީލަތްތައް ގާއިމުކުރެވުނުު ވަރަކުން ކުރިއަށް އެ ގެންދަނީ،" ހަސަން ރަޝީދު ވިދާޅުވި އެވެ. 

މި ހުރިހާ ވަސީލަތެއް ހުރި ނަމަވެސް، އެއްވެސް ގައުމަކީ ސަތޭކަ ޕަސެންޓު ރައްކާތެރި ގައުމެއް ނޫން ކަމަށް ހަސަން ރަޝީދު ފާހަގަކުރެއްވި އެވެ. މީގެ މިސާލަކަށް އޭނާ ނެންގެވީ، މީގެ 25 އަހަރު ކުރިން ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާ އެވެ. އޭނާ ވިދާޅުވީ، އެމެރިކާއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ގައުމު ކަމަށެވެ. 

ޑިފެންސް މިނިސްޓަރު ވަނީ ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއުކުރަން ދިވެހި ސިފައިން އަބަދު ވެސް ތަައްޔާރަށް ތިބި ކަމުގެ ޔަގީންކަން އަރުވާފަ އެވެ. 

މި ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ބިރުވެރި ހަމަލާގައި، ދިވެހިންގެ ބަޔަކާ ގުޅިގެން ރާއްޖެ ހިފަން އައި ތަމަޅައިން ބަޔަކު ވަނީ 19 ދިވެހިން ޝަހީދުކޮށްލާފަ އެވެ. 

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox