އިންޑިއާގެ އިތުރު ކުންފުނިތަކަކުން ހިންގާ 10 ޕްރޮޖެކްޓަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

އިންޑިއާގެ އިތުރު ކުންފުނިތަކަކުން ހިންގާ 10 ޕްރޮޖެކްޓަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

ރާއްޖޭގައި ހިންގާ އެކި ޕްރޮޖެކްޓުތަކުން އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫއުތަކުގެ ލިސްޓުގައި އިންޑިއާގެ ކުންފުނިތަކުން ހިންގާ އިތުރު ޕްރޮޖެކްޓުތަކެއް ފިނޭންސް މިނިސްޓްރީން ހިމަނައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވިޔަފާރި މަޝްރޫއުތަކާއި ދާއިރާ ތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދެވެ އެވެ. ރައީސްއަށް ލިބޭ ބާރުގެ ދަށުން މި އަހަރުގެ ފެބްރުއަރީގައި ވެސް 10 ޕްރޮޖެކްޓަކުން ޓެކްސް މާފުކޮށްދީފައިވެ އެވެ.

ޓެކްސް ދައްކަން ނުޖެހޭ ޕްރޮޖެކްޓުތަކުގެ ލިސްޓަށް އިތުރު 10 ޕްރޮޖެކްޓެއް ހިމަނައި ފިނޭންސް މިނިސްޓްރީން ވަނީ އަދާހަމަ ލިސްޓެއް މިއަދު ނެރެފަ އެވެ. އެ ލިސްޓުގައި ހިމަނާފައިވަނީ އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކެވެ.

Advertisement

އޭގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާއި އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން ފަހި ދިރުއުޅުން ފްލެޓުތަކުގެ ޕްރޮޖެކްޓުވެސް ހިމެނެ އެވެ.

ޓެކްސް މާފުކޮށްދިން މަޝްރޫއުތަކަކީ:

  1. ހަ ރަށެއްގެ ފެނާ ނަރުދަމާ ގާއިމުކުރުމަށް ޓްރިވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑް އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
  2. ހުޅުމާލެ ފޭސް 2 ގައި 2000 ފްލެޓް އެޅުމުގެ ޕްރޮޖެކްޓުގެ ތެރެއިން ޖޭއެމްސީ އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
  3. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް އެސްޓީޔޫޕީ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް (މި ޕްރޮޖެކްޓުގައި ޖޭއެމްސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުންވެސް ޓެކްސް ދެއްކުން އިސްތިސްނާ ވާކަމަށް ކުރިން ވަނީ ކަނޑައަޅާފަ)
  4. އައްޑޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ވެން އޫދް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
  5. ފެލިވަރު ތަރައްގީ ކުރުމަށް ރިނަކް އިންޑިއާ ލިމިޓެޑް އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
  6. ހުޅުމާލެ ފޭސް 2 ގައި 2000 ފްލެޓް އެޅުމުގެ ޕްރޮޖެކްޓުގެ ތެރެއިން އެންބީސީސީ އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
  7. ހުޅުމާލެ ފޭސް 2 ގައި 2000 ފްލެޓް އެޅުމުގެ ޕްރޮޖެކްޓުގެ ތެރެއިން ރެނާޓަސް އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
  8. ހުޅުމާލެ ފޭސް 2 ގައި 2000 ފްލެޓް އެޅުމުގެ ޕްރޮޖެކްޓުގެ ތެރެއިން ވަރިންދެރާ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
  9. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ރެނާޓަސް އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
  10. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް އެސްޓީޔޫޕީ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް

ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ކުރިން ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ވެސް ހިމެނެނީ އިންޑިއާގެ ކުންފުނިތަކަށް ދީފައިވާ ބިޔަ ޕްރޮޖެކްޓުތަކެވެ. އޭގެ ތެރޭގައި އޭގެތެރޭގައި ގުޅީފަޅު މަޝްރޫ އާއި އައްޑޫ މަގުހެދުން އަދި ތިލަމާލެ ބްރިޖުގެ މަޝްރޫއު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox