ކޮއްކީ އެފްއޭއެމް އިން އިސްތިއުފާދީފި: ތާއީދު އަޝްފާގަށް؟

ކޮއްކީ އެފްއޭއެމް އިން އިސްތިއުފާދީފި: ތާއީދު އަޝްފާގަށް؟

ތަފާތު އެކި މައްސަލަތަކާ ހެދި ފާޑުކިޔުން އަމާޒުވެފައިވާ، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް، ހުސެއިން ޝާފިއު (ކޮއްކީ) މަގާމުން އިސްތިއުފާ ދީފައިވާއިރު، އެފްއޭއެމްގެ ރައީސް ކަމަށް އަލީ އަޝްފާގު (ދަގަނޑޭ) ގެންނަން ތާއީދުކުރާ ހިޔާލަށް ތާއީދުކޮށް ޝުއޫރުފާޅުކޮށްފި އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ، ކޮއްކީ، އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ ގޮތުގައި އެގްޒެކްޓިވް ކޮމިޓީ (ހިންގާ ކޮމިޓީ - އެކްސްކޯ) ގައި ފުރުއްވަމުން އައި މަގާމުން އިސްތިއުފާދީފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.

މީގެ ކުރިން، އެފްއޭއެމްގެ އެކްސްކޯގައި މަޖިލިސް މެމްބަރުންތަކެއް ތިބުމަށް ފަހު، 2019 ވަނަ އަހަރު އިސްތިއުފާ ދިނުމުން އެ މަގާމުތަކަށް ހަމަޖެއްސި، ތިން މެމްބަރުންގެ ތެރޭގައި ވެސް ކޮއްކީ ހިމެނެ އެވެ. އެހެންކަމުން، ކޮއްކީ، އެފްއޭއެމްގެ ހިންގާ ކޮމިޓީން މި ވަކިވީ ހަތަރު ވަރަކަށް އަހަރު މަގާމުގައި ހުރުމަށް ފަހު އެވެ.

ރާއްޖޭގައި އެންމެ ރަނގަޅަށް ހިންގަމުން އަންނަ ފުޓްބޯޅަ ކްލަބް، މާޒިޔާގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކޮއްކީ ވަނީ އެފްއޭއެމްގެ މަގާމުގައި ހުރިއިރު ވެސް އަމިއްލަ ހައިސިއްޔަތުން ވެސް ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އެ ގޮތުން، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކަންތައްތައް ހަމަޖެއްސުމުގައި ކޮއްކީ އަމިއްލަ އަށް އިސްނަގައިގެން އެކިއެކި ގޮތްގޮތުން ހަރަދު ވެސް ކޮށްފައިވާކަން އެނގިފައިވެ އެވެ.

މިދިޔަ މަހު މާޒިޔާ އިން އޭއެފްސީ ކަޕްގައި މާލޭގައި ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުގެ އިންތިޒާމްތައް ހަމަަޖައްސަން މަސައްކަތް ކުރަން ޖެހުނީ އެފްއޭއެމްގެ ޒިންމާގައި ހިމެނޭ ކަންތައްތައް ވެސް އަމިއްލަ ކްލަބްގެ ފަރާތުން ހަމަައްސައިގެންނެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެފައިވާއިރު، އޭއެފްސީ ކަޕްގެ މެޗުގެ ކަންކަން ކޮށްދިނުމަށް އެފްއޭއެމްގެ މުވައްޒަފުން އައީ މާޒިޔާގެ އެދުމަށްކަން އެނގިފައިވެ އެވެ.

އޭގެ ފަހުން، ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗުގެ ކަންކަން ހަމަޖެއްސުމަށް އެފްއޭއެމް މުވައްޒަފުން އައީ، މުސާރަ ނުލިބި ހުރި ކަމުގައި ވިޔަސް ގައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

ރާއްޖޭގެ ފުޓްބޯޅަ ދުވަހަކަށް ފަހު ދުވަހެއް ދަތި އުނދަގޫ ހާލަތަކަށް ވެއްޓެމުންދާއިރު، ފުޓްބޯޅައިގެ ހިންގުމުގެ ކަންކަމަށް ބަދަލު އަންނަން ޖެހޭ ކަމަށް ބުނެ، އެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުން އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

"ދަގަނޑޭ ފޯ އެފްއޭއެމް" ޕޭޖްގައި ޖަހާފައިވާ ޕޯސްޓް، ކޮއްކީ ވަނީ އަމިއްލަ އެކައުންޓްގައި ހިއްސާކޮށްފައި.

އެ ގޮތުން، މިއަދު، ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކްގައި "ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ، އަޝްފާގު އެފްއޭއެމްގެ ރައީސްކަމަށް ގެނައުމުގެ ހަރަކާތެއް ޕްރޮމޯޓްކުރުމަށް ހަދާފައިވާ ޕޭޖެއްގައި ޖަހާފައިވާ ޕޯސްޓެއް، ކޮއްކީ ވަނީ އަމިއްލަ އެކައުންޓްގައި ހިއްސާކޮށްފަ އެވެ. މިއާ އެކު، މިއީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ދަގަނޑޭ، އެފްއޭއެމްގެ ރައީސްގެ މަގާމަށް ގެންނަން ކޮއްކީގެ ތާއީދު އޮތް ކަމެއްގެ ގޮތުގައި ގަބޫލުކުރުމުގެ ޖާގަ އެބައޮތެވެ.

ދަގަނޑޭ، މި ވަގުތު ހުރީ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރުގަ އެވެ. ރަސްމީކޮށް ފުޓްބޯޅައިން ރިޓަޔާކުރިކަން ދަގަނޑޭ އަދި އިއުލާނުކޮށްފައެއް ނުވެ އެވެ. އަދި އެފްއޭއެމްގެ ރައީސް ކަމަށް ޝައުގުވެރިކަން ވެސް އަދި ދަގަނޑޭ ފާޅުކޮށްފައިނުވެ އެވެ.

އެހެން ނަމަވެސް، ސޯޝަލް މީޑިއާގައި ގިނަ ބައެއް އަންނަނީ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ބަދަލެއް ގެންނަން އެންމެ ރަނގަޅު އެއް ކަމެއްގެ ގޮތުގައި ކުރެވޭނީ ދަގަނޑޭ ފަދަ ފަރާތެއް އެފްއޭއެމްގެ ރައީސްގެ މަގާމަށް ގެނެސްގެން ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ.

އެފްއޭއެމްގެ އިންތިހާބު ދެން އޮންނާނީ އަންނަ އަހަރު އެވެ. އެންމެ ފަހުން އެފްއޭއެމް އިންތިހާބު ބާއްވާފައިވަނީ 2020 ވަނަ އަަހަރުގެ ޖުލައި މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox