ޗައިނާގައި އޮންނަ އިންވިޓޭޝަނަލް މުބާރާތެއްގައި ކިންގްސް ވާދަކުރަނީ

Oct 12, 2023, 6:28 AM
ޗައިނާގައި އޮންނަ އިންވިޓޭޝަނަލް މުބާރާތެއްގައި ކިންގްސް ވާދަކުރަނީ

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ނަން'އަން ސިޓީގައި ކޮންމެ އަހަރަކު އޮންނަ "ޒެން ޗެން ގޮން ކަޕް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް" އިން ރާއްޖޭގެ ކިންގްސް ބާސްކެޓްބޯޅަ ކުލަބަށް ފުރުސަތު ލިބިއްޖެ އެވެ.

މި މަހުގެ 19 އިން 25 އަށް އޮންނަ މުބާރާތުގައި އަށް ގައުމަކުން އަށް ކުލަބަކުން ވާދަކުރާނެ އެވެ. އެ ގޮތުން, ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާ، މެލޭޝިއާ، ޓައިވާން، ސިންގަޕޫރު، ފިލިޕީންސް، ހޮންކޮންގް އަދި ޗައިނާގެ ކުލަބުތަކެވެ.

ދިހަ ވަނަ "ޒެން ޗެން ގޮން ކަޕް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް" އާ ގުޅޭގޮތުން ވާހަކަދައްކަމުން ކިންގްސް ބީސީގެ ކެޕްޓަން ރިޝްފާން ރަޝީދު (ކޮކީ) ބުނީ، މިއީ ކިންގްސް އަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި، ލޯކަލް މުބާރާތެއް ނެތް ދުވަސްވަރެއްގައި ޓީމަށް އަންނަމުން އަންނަ ކުރިއެރުން ވަޒަންކޮށްލަން ލިބޭނެ ރަނގަޅު މުބާރާތެއް ކަމަށެވެ.

Advertisement

މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ވަރުގަދަ ގައުމުތަކެއްކަން ވެސް ކޮކީ ފާހަގަކުރި އެވެ. އޭނާ ވަނީ ކިންގްސް ބީސީގެ މެނޭޖްމަންޓުން ކުޅުންތެރިންގެ ކުރިއެރުމަށް ފަހިކޮށްދޭ މި ކަހަލަ ފުރުސަތުތަކަށް ޝުކުރު އަދާކޮށްފަ އެވެ.

"އަސްލު ފިލިޕީންސްގެ ބާސްކެޓްބޯޅަ ފެޑެރޭޝަނުގެ އެހީތެރިކަމާ އެކު މި ފުރުސަތު ލިބިފައި މިއިނީ ކިންގްސް އަށް. ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި ދެކެނީ މި ޓީމުގެ ކުރިއެރުމަށް. އުއްމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން" ކޮކީ ބުންޏެވެ.

މި މުބާރާތުގައި ވާދަކުރާ ކިންގްސް ޓީމަށް އިރުޝާދުދޭނީ އެކުލަބުގެ ހެޑް ކޯޗު މުހައްމަދު ޒިލާލް (ޒިލާ) އެވެ. ޓީމްގެ ޓްރެއިނަރަކީ އަލީ އިޝާމް (ބަނީ) އެވެ.

މުބާރާތުގައި ވާދަކުރާ ޓީމުގައި ކިންގްސް ބީސީ ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ ރިޝްފާން ރަޝީދު (ކޮކީ)، އިބްރާހިމް ރަޝްވާން (ޗިކު)، އަބްދުﷲ އަމްޒަރު، މުހައްމަދު އައިކް ނީޝާމް، އިބްރާހިމް ނަސީމް، އަހުމަދު ހުޝާމް (ތުއްބެ)، އަބްދުﷲ އަފްލާހު ޝަރީފް، އަހުމަދު އިފްސާހު (އިއްޗު)، މުހައްމަދު ޖިދާދު (ދާދު)، މުހައްމަދު ސަބީހު ތައުފީގު (ސަބީ)، އަލްދަން އައިކް ރަމީޒް އަދި އަހުމަދު އަލީ މުސްތަފާ (ބޮމްބެ) އެވެ.

ފިލިޕީންސްގެ ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި، ނަން'އާން ބާސްކެޓްބޯޅަ އެސޯސިއޭޝަން ގުޅިގެން ބާއްވާ މުބާރާތުގައި ވާދަކުރާ އަށް ޓީމް ބަހާލާނީ ދެ ގްރޫޕަކަށެވެ. ގްރޫޕްތައް ވަކިން ރައުންޑް ރޮބިންގެ އެއް ބުރު ކުޅުމަށް ފަހު، ކޮންމެ ގްރޫޕަކުން ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. އަނެއް ހަތަރު ޓީމު ވާދަކުރާނީ 5-8 އަށް ވަނަ ހޮވާ މެޗުތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox