ޓްރާންސްފާތަކަށް ބާސެލޯނާ އިން 212 މިލިއަން ޑޮލަރު ނުދައްކާ އޮތްކަން ހާމަވެއްޖެ

Oct 11, 2023, 4:07 AM
ޓްރާންސްފާތަކަށް ބާސެލޯނާ އިން 212 މިލިއަން ޑޮލަރު ނުދައްކާ އޮތްކަން ހާމަވެއްޖެ

ބާސެލޯނާ (އޮކްޓޫބަރު 11) - މިދިޔަ ދެ އަހަރު ބާސެލޯނާ އަށް ގެނައި ކުޅުންތެރިންގެ ޓްރާންސްފާ ފީ އަށާއި، އެހެނިހެން ހަރަދުތަކަށް އެ ކުޅުންތެރިން ގެނައި ކުލަބުތަކަށް 212 މިލިއަން ޑޮލަރު ބާސެލޯނާ އިން ނުދައްކާ އޮތްކަން ހާމަވެއްޖެ އެވެ.

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އަަށް މާލީ މައްސަލަތައް ކުރިމަތިވާން ފެށީ މީގެ ތިން އަހަރު ކުރިންނެވެ. ކުލަބުގެ ހިންގުން ދޯދިޔާވެ، ދަރަނިތައް ގިނަވެ މާލީ ގޮތުން އުނދަގޫ ހާލަތަކަށް ކުލަބު ދިޔަ އެވެ. އޭގެ ފަހުން ކުލަބުގެ ކުޅުންތެރިންގެ މުސާރަތައް ކުޑަކުރަން މަޖުބޫރުވެ، ޓީމުގެ މުހިންމު ކުޅުންތެރިން ވިއްކާލަން ވެސް ޖެހުނެވެ.

މިދިޔަ ދޮޅު އަހަރަށް ބަލާއިރު ކުލަބުގެ ދަރަނި އަންނަނީ މަދުވަމުންނެވެ. އަދި ކުލަބަށް މާލީ ގޮތުން ވެސް ރަނގަޅު ފައިދާތަކެއް ވަމުންނެވެ.

ދާދިފަހުން ލީކުކޮށްލި ރިޕޯޓްތައް ބުނާ ގޮތުން ކުލަބުން ދައްކަންޖެހޭ ދަރަނީގެ ގޮތުގައި މިދިޔަ ދެ އަހަރު އެކުލަބާ ގުޅުނު ކުޅުންތެރިންގެ ފީތައްވެސް ހިމެނެ އެވެ. އެ ގޮތުން ހަތަރު ކުލަބަކަށް 212 މިލިއަން ޑޮލަރު ނުދައްކާ އެބައޮތެވެ.

ބާސެލޯނާ އިން ޓްރާންސްފާ ފީ އާއި ކޮމިޝަންގެ ގޮތުގައި ފައިސާ ދައްކަން ޖެހެނީ ރަފީނިއާ ކުރިން ކުޅުނު ލީޑްސް ޔުނައިޓެޑާއި، ރޮބާޓް ލެވަންޑޯސްކީ ކުޅުނު ބަޔާން މިޔުނިކާއި، ފެރާން ޓޮރޭސް ކުރިން ކުޅެފައިވާ މެންޗެސްޓާ ސިޓީގެ އިތުރުން ޖޫލްސް ކޫންޑޭ ކުޅުނު ސެވިއްޔާ އަށެވެ.

އެ ގޮތުން، 212 މިލިއަން ޑޮލަރުގެ ތެރެއިން 95 މިލިއަން ޑޮލަރު ކުރިއަށް އޮތް 12 މަސްތެރޭގައި ބާސެލޯނާ އިން ދައްކަން ޖެހެ އެވެ. ބާކީ 127 މިލިއަން ޑޮލަރު ފަހުން ދެއްކިޔަސް މައްސަލައެއް ނުޖެހޭނެ އެވެ.

ލީޑްސް، ސިޓީ، ބަޔާން އަދި ސެވިއްޔާ އަށް ދައްކަން ޖެހޭ ފައިސާގެ އިތުރުން، ނެދަލެންޑްސްގެ އަޔަކްސް އަށް 17 މިލިއަން ޑޮލަރު ބާސާއިން ދޭން ޖެހެ އެވެ. މީގެ އިތުރުން އެކުލަބުން ދޫކޮށްލި ބައެއް ކުޅުންތެރިންކަމަށްވާ ނެޓޯ މުރައުއާ، ޖިއާން ޓޮޑީބޯ، އެމަސަން ރޮޔާލް، ޖޫނިއާ ފިރްޕޯ އަދި މިރަލެމް ޕިޔަނިކް އަށް ވެސް ކުލަބުން ފައިސާ ދޭން ޖެހެ އެވެ.

ކުލަބުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ބާސެލޯނާއިން އެކުލަބުގެ ގިނަ އެސެޓުތަކެއް ކުއްޔަށް ދޫކުރަމުން އަންނައިރު، އެޓީމުން އަންނަނީ ހަރުދަނާ އުސޫލެއްގެ ދަށުން ކުލަބުގެ ހިންގުން ވަރުގަދަ ކުރަން އިދާރީ ގޮތުން ވެސް ބަދަލުތަކެއް ގެންނަމުންނެވެ. އެ ގޮތުން ޓްރެއިނިން ފެސިލިޓީތަކާއި ސްޓޭޑިއަމްތައް ވެސް ފުޓްބޯޅައިގެ އިިިތުރުން ކޮންސެޓުތަކާއި ޝޯތަކަށް ވެސް އެ ކުލަބުން އަންނަނީ ދޫކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox