ޔަމާލް ރެކޯޑު ހެދި މެޗުން ބާސެލޯނާ ސަލާމަތްވީ ކިރިޔާ

Oct 9, 2023, 3:20 AM
ބާސެލޯނާގެ ޒުވާން ފޯވާޑް ޔަމާލް.

ބާސެލޯނާގެ ޒުވާން ފޯވާޑް ޔަމާލް.

ގްރަނާޑާ (އޮކްޓޫބަރު 9) - ސްޕެނިޝް ލީގުގައި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު، ބާސެލޯނާގެ ލަމީން ޔަމާލް ހެދި މެޗުގައި، ގްރާނާޑާ އަތުން ބާސެލޯނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ގްރަނާޑާއިން ދެ ގޯލު ޖަހައި، ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ދެ ގޯލު ޖަހައި 2-2 އިން އެއްވަރުކޮށް ބާސެލޯނާ އިން ހޯދި ޕޮއިންޓާ އެކު އެ ޓީމަށް ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ ގޮތުން، 24 ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، 22 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ޖިރޯނާ އެވެ. އެއްވެސް މެޗަކުން ބަލިވެފައިނުވި ނަމަވެސް ކުޅުނު ނުވަ މެޗުންގެ ތެރެއިން ތިން މެޗު އެއްވަރުވެ، ބާސެލޯނާ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.

ރޭގެ މެޗުގައި ބާސެލޯނާ ކޮޅަށް ގްރަނާޑާ އިން ފުރަތަމަ ގޯލު ޖެހީ މެޗު ފަށައިގެން 17 ވަނަ ސިކުންތުގަ އެވެ. މި ގޯލު ޖަހައިދިނީ ބްރަޔަން ޒަރަގޯޒާ އެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ގްރަނާޑާގެ ދެ ވަނަ ގޯލުވެސް ޖަހައިދިނީ ބްރަޔަން އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާގެ ފުރަތަމަ ގޯލު ޖަހައިދިނީ ލަމީން ޔަމާލް އެވެ. މި ގޯލާ އެކު އޭނާ ވެފައިވަނީ ސްޕެނިޝް ލީގުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އެ ގޮތުން، 2012 ވަނަ އަހަރު މަލާގާގެ ފަބްރިސް އޮލިންގާ ކުރިން ހަދާފައި އޮތް ރެކޯޑު ޔަމާލް މުގުރާލިއިރު، އޭނާގެ އުމުރަކީ 16 އަހަރާއި 87 ދުވަހެވެ. އޮލިންގާ ރެކޯޑު ހެދިއިރު އޭގެ އުމުރަކީ 16 އަހަރާއި 98 ދުވަހެވެ.

ޔަމާލް އަކީ ބާސެލޯނާގެ ތާރީޚުގައި ސީނިއާ ޓީމަށް މެޗެއް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ސްޕެއިންގެ ގައުމީ ޓީމަށް މެޗެއް ކުޅުމުގެ އިތުރުން ގޯލު ވެސް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މި ރެކޯޑުތައް ޔަމާލް މުގުރާލީ މި އަހަރުގެ ތެރޭގަ އެވެ.

ގްރަނާޑާ އަތުން ބާސެލޯނާ އަށް ރޭ ޕޮއިންޓެއް ލިބުނީ މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސާޖިއޯ ރޮބާޓޯ ޖަހައިދިން ގޯލުންނެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބާސެލޯނާއިން އިތުރު ގޯލެއް ވެސް ޖެހި އެވެ. ނަމަވެސް ރެފްރީ ނިންމީ ބާސެލޯނާގެ ޖޮއާއޯ ކާންސެލޯ ނަގައިދިން ހުރަސް ޖޮއާއޯ ފެލިކްސް ގޯލަަށް ވައްދާލުމުކުގެ ކުރިން އެ ބޯޅައަށް މަސައްކަތްކުރި ފެރާން ޓޮރޭސް އޮފްސައިޑް ކަމަށެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަަކަށް ބަލާއިރު، ރެއާލް ސޮސިއެޑާޑް އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ ފަހު މިނެޓުގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކޮށްދިން ޕެނަލްޓީއާ އެކު 2-1 އިންނެވެ. ލަސް ޕަލްމާސް އަތުން 2-1 އިން ވިޔަރެއާލް ބަލިވިއިރު، އަލަވޭސް އާއި ރެއާލް ބެޓިސް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސެލްޓަ ވީގޯ އާއި ގެޓާފޭ ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު، ސެވިއްޔާ އާއި ރަޔޯ ވަޔޯކާނޯ ވާދަކުރި މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ސެވިއްޔާ ރޭ ކުޅުނު މެޗަށްފަހު އެ ޓީމްގެ ކޯޗު ޖޯސޭ ލުއިސް މެންޑެލީބާ، 62، ވަނީ މަގާމުން ވަކިކޮށްފަ އެވެ. މެންޑެލީބާ އެޓީމްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ މާޗު މަހުގަ އެވެ. އޭނާ މަގާމުން ވަކިކުރީ މި ސީޒަންގައި ސެވިއްޔާގެ ނަތީޖާތައް ރަނގަޅު ނުވުމުންނެވެ. މި ވަގުތު ސެވިއްޔާ އޮތީ ކުޅުނު އަށް މެޗު ކުޅުގެން ލިބުނު އަށް ޕޮއިންޓާއެކު ލީގުގެ 14 ވަނައިގަ އެވެ. އެ ޓީމު ލީގުގައި މިހާތަނަށް ހަތަރު މެޗުން ބަލިވެފައިވާއިރު މޮޅުވީ އެންމެ ދެ މެޗުންނެވެ.

ރޭ ކުޅުނު މެޗުތަކަށްފަހު ލަލީގާގެ ކުޅުން ވަނީ އިންޓަނޭޝަނަލް ބްރޭކަށް މެދު ކަނޑާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox