ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 48 މެމްބަރެއްގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދަ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކެވުމަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ. --ފޮޓޯ:މުހައްމަދު ޝާބިން

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދަ ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކެވުމަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ. --ފޮޓޯ:މުހައްމަދު ޝާބިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކު މިއަދު ހުށަހަޅައިފި އެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ފާސްކުރީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ރެއިން ފެށިގެން ދިޔައީ ސޮއި ހޯދަމުންނެވެ.

މައްސަލަ ހުށަހެޅި ގަރާރުގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ.

Advertisement

މުޅި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެ އެވެ.

ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށްގަރާރުގައި ބަޔާންކުރެ އެވެ.

"އިސްވެ ބަޔާންކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުމުން، ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް އަހުރެމެންނަށް ފެންނަ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އަހަރެމެން ސޮއި ހުށަހަޅަމެވެ،" ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އީމެއިލުން ފޮނުވާފައިވާ ކަމަށާއި މާދަމާ މައްސަލައިގެ ކަރުދާސް ހުށަހަޅާނެ ކަމަށް، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން ފުރަތަމަ ހުށަހެޅި މައްސަލަ ްއެ ޕާޓީން ނެގީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީއާ ކުރިމަތިވި ނާކާމިޔާބީއަށް ފަހުގަ އެވެ. އޭގެ އެތައް ދުވަހެއް ކުރިން ހުށަހެޅި އެ މައްސަލަ ދިގުލައިގެން ދިޔައީ އެ މައްސަލަ އެޖެންޑާ ނުކުރައްވައި ނަޝީދު އެކި އުޒުރުތައް ދެއްކެވުމުންނެވެ.

ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވިއިރު، އެ މަނިކުފާނަކީ އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ފަހު، އެ މަނިކުފާނު ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި އެމްޑީޕީ ދޫކޮށް 13 މެމްބަރު ދިޔަ އެވެ. އެ ޕާޓީ އުފައްދާކަން އިއުލާނުކުރީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކުރުމާ އެކު އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް އެމްޑިޕީން މަސައްކަތް ކުރަމުން ދާތީ އެ ޕާޓީގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ގުޅައި ނަޝީދު އިންޒާރު ދެއްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އެޖެންޑާ ނުކުރާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދެއްވައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox