ލިވަޕޫލް އެއްވަރު، އާސެނަލުން ސިޓީ ބަލިކޮށްފި

Oct 8, 2023, 5:41 PM
އާސެނަލްގެ ގަބްރިއެލް މާޓިނެލީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ގަބްރިއެލް މާޓިނެލީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޫބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ރަށުންބޭރުގައި 2-2 އިން ބްރައިޓަންއާ އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލުން 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

މިރޭގެ ނަތީޖާތަކާ އެކު، އާސެނަލް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރަށް ޕޮއިންޓް ހޯދައި ދެ ވަނަ އަށް ޖެހިލައިފަ އެވެ. އަށް މެޗު ކުޅެފައިވާއިރު، ޓޮޓެންހަމް އާއި އާސެނަލަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ އަށް މެޗުން 18 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ލިވަޕޫލަށް އަށް މެޗުން 17 ޕޮއިންޓް ލިބިފައިވެ އެވެ.

ބްރައިޓަން އިން މިރޭ ލީޑުނެގީ ލިވަޕޫލް ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ. އެ ގޮތުން، ބްރައިޓަންގެ ސިމޯން އަޑިންގްރާ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ލިވަޕޫލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިފަ އެެވެ. އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ މުހައްމަދު ސަލާހު އެވެ. ސަލާހުގެ ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ ލިވަޕޫލްގެ ޑޮމިނިކް ސޮބޯސްލާއީ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލާފައި ދިން ޕެނަލްޓީ އެކެވެ. އެ ފައުލުކޮށްފައިވަނީ ބްރައިޓަންގެ މިޑްފީލްޑަރު، ޕަސްކާލް ގްރޮސް އެވެ.

ލިވަޕޫލަށް ލީޑުފުޅާކޮށްދޭން، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ނެދަލެންޑްސްގެ މިޑްފީލްޑަރު، ރަޔާން ގްރަވެންބާކް އަށް ލިބުނު ފުރުސަތުގެ ބޭނުންނުހިފުނެވެ. ސޮބޯސްލާއީ ނެގި ހުރަހަކަށް އަރައި ގްރަވެންބާކް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މެޗުގެ 78 ވަނަ މިނިޓްގައި ބްރައިޓަންގެ ލެވިސް ޑަންކް ވަނީ ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ފަހުން، ބްރައިޓަން މޮޅުކޮށްދޭން ޖޮއާއޯ ޕެޑްރޯ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ބްރައިޓަންގެ މިޓޯމާ (ކ) ކައިރިން ލިވަޕޫލްގެ ސަލާހު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ގަބްރިއެލް މާޓިނެލީ އެވެ. ބަދަލަކަށް ކުޅެން އެރި ހަތަރު ކުޅުންތެރިން ގުޅިގެން ކުރި އެޓޭކުގައި މާޓިނެލީ މި ގޯލު ޖެހީ އޭރިއާ ރޮނގުަކައިރިން ކަހަލަ ގޮތަކަށެވެ. މާޓިނެލީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސިޓީގެ ޑިފެންޑަރު، ނޭތަން އަކޭ ގައިގައި ޖެހިފަ އެވެ.

ސިޓީގެ ކުރިއަށް ކުޅޭ ހޫލިއަން އަލްވަރޭޒް އާއި އާލިން ބްރައުޓް ހާލަންޑަށް މިރޭގެ މެޗުގައި އެންމެ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އާސެނަލްގެ ޑިފެންޑަރުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ކީޕަރު ޑޭވިޑް ރާޔާ ވެސް ޕްރެޝަރުގައި ކުޅެން ޖެހުނުއިރު ތަފާތު ދެއްކި އެވެ.

މިއީ، 2015 ވަނަ އަހަރުގެ ފަހުން ލީގުގައި ސިޓީ އަތުން އާސެނަލަށް ހޯދުނު ފުރަތަމަ މޮޅެވެ. ލީގުގައި އާސެނަލުން ސިޓީ މި ބަލިކުރީ 12 މެޗަށް ފަހު އެވެ. މިއީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ. ސިޓީގެ އެސިސްޓަންޓް ކޯޗަކަށް ކުރިން ހުރި އާޓެޓާ އާސެނަލާ ހަވާލުވުމަށް ފަހު އެ ޓީމު މި ވަނީ ވަރަށް ބޮޑަށް ބަދަލުކޮށް، ވަރުގަދަކޮށްފަ އެވެ.

އަނެއްކޮޅުން، ސިޓީ މި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވެފަ އެވެ.

ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ވުލްވްސް އާއި އެސްޓަން ވިލާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ވެސްޓް ހޭމް އަށް މިރޭގެ މެޗުގައި ތޯމަސް ސޫޝެކް ލީޑުނަގައިދީފައިވަނިކޮށް، އަލެކްސަންޑަ އިސާކް ވަނީ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. ވެސްޓް ހޭމް އިން އެއްވަރުކުރި ގޯލު ޖެހީ މުހައްމަދު ކުޑޫސް އެވެ. ވުލްވްސް އިން ހްވާން ހީ-ޗާންގެ ގޯލުން ލީޑުނަގާފައިވަނިކޮށް، އެސްޓަން ވިލާ އަށް އެއްވަރުކޮށްދިނީ ސްޕެއިންގެ ޑިފެންޑަރު، ޕައު ޓޮރޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox