އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީ މެމްބަރުންނަށް ނަޝީދު ދަނީ އިންޒާރުދެމުން: އަސްލަމް

އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު އަސްލަމް: އޭނާ ވިދާޅުވީ އިންޒާރު ދިނުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު އަސްލަމް: އޭނާ ވިދާޅުވީ އިންޒާރު ދިނުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް އެމްޑިޕީން މަސައްކަތް ކުރަމުން ދާތީ އެ ޕާޓީގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ގުޅައި ނަޝީދު އިންޒާރު ދެއްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ނަޝީދު ކުރައްވަމުން އެ ގެންދަވަނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުންގެ ފަރާތުން އެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބައިވަރު މެމްބަރުން ޝަކުވާ ހުށަހަޅަމުން އެބަދޭ ރައީސް ނަޝީދު އިންޒާރު ދީފައި މެސެޖު ކުރާ ވާހަކަ، ތިމަންނަ ގައިގައި ޖަހައިފިއްޔާ ޖަހާނަމޭ، ކޮރަޕްޝަންގެ މައްސަލަތައް ބަލާނަމޭ، މިކަހަލަ ވާހަކަތައް ލިޔުއްވާފައި،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިހުލާސްތެރިކަމެއް ކުޑަކޮށް ނަމަވެސް ހުރީވިއްޔާ އެފަދަ އިންޒާރުތައް ދެއްވުމުގެ ބަދަލުގައި، އެ މައްސަލަތައް މަގާމުން ލިބިދޭ ބާރުތަކުގެ ދަށުން ބަލާނެ ކަމަށެވެ.

"އެ މަގާމުގައި އެ ހުންނަވަނީ އެފަދަ ކަމެއް އޮތިއްޔާ ބަލަން ނޫންތޯ؟ އެފަދަ މައްސަލަތައް ނުބަލާކަށް ނޫން ދެއްތޯ މަގާމު ދީފައި އެ ހުންނަނީ،" އަސްލަމް ސުވާލު ކުރެއްވި އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް އިންޒާރުދެއްވައި ރައީސް ނަޝީދު މެސެޖު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއިރު، މިއަދު ވަނީ ނަޝީދު މަގާމުން ދުރު ކުރުމުގެ މައްސަލައިގައި އެމްޑީޕީ ޕީޖީ ގުރޫޕުގެ 45 އަށްވުރެ ގިނަ މެމްބަރުން ސޮއި ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ވަޓްސްއެޕު ގުރޫޕަށް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެކަކުގެ އިތުބާރު ނެތް ކަމުގެ ދެ މައްސަލަ އެއް ދައުރެއްގައި ހުށަނޭޅޭނެ ކަމަށެވެ.

"އަސްލު ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރުނެތް ކަމުގެ އެއް މައްސަލަ. މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް އަނބުރާ ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މިކަން ވާނީ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ނަމަ ކަންތައް ކުރަންވީ ގޮތް އެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ލިޔެފައިވާ އަށް ނުކުތާއެއްގައި ބަޔާންކޮށްފައިވާއިރު، އެއް ދައުރެއްގައި ދެ ފަހަރަށް އެފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބުނެފައެއް ނެތެވެ.

އެކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މަޖިލީހަށް މައްސަލަ ހުށަހެޅޭނެތޯ ނޫންތޯ ބެލުމަކީ އެއީ މަޖިލީހުގެ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެކަން ކުރުމުގެ ޒިންމާ އޮންނަނީ އަމީންއާންމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox