މި ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބަލަން ޑިމޮކްރެޓުން ގޮވާލައިފި

ރިޔާސީ އިންތިހާބަށް ފަހު، އޮކްޓޯބަރު 1، 2023 ގައި ބޭއްވި ކެބިނެޓު ބައްދަލުވުން. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅަން ނިންމުމުން، ޑިމޮކްރެޓުން ހޮވާލީ ހިޔާނާތުގެ މައްސަލަތައް ބަލަން. -- ފޮޓޯ: ރައީސް އޮފީސް.

ރިޔާސީ އިންތިހާބަށް ފަހު، އޮކްޓޯބަރު 1، 2023 ގައި ބޭއްވި ކެބިނެޓު ބައްދަލުވުން. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅަން ނިންމުމުން، ޑިމޮކްރެޓުން ހޮވާލީ ހިޔާނާތުގެ މައްސަލަތައް ބަލަން. -- ފޮޓޯ: ރައީސް އޮފީސް.

މި ސަރުކާރުގެ މައްޗަށް ތުހުމަތު ކުރެވޭ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބަލަން ދަ ޑިމޮކްރެޓްސްގެ އިސް މެމްބަރުން މިރޭ ގޮވާލާން ފަށައިފި އެވެ.

އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން އެމްޑީޕީގައި ތިއްބެވި އިރު ވެސް މި ސަރުކާރަށް ވައްކަމުގެ ތުހުމަތުތައް ދިޔައީ ކުރަމުންނެވެ.

މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ގޮވާލައި ޑިމޮކްރެޓުން މިރޭ ފުލުފުލުގައި އެކްސްގައި ޕޯސްޓް ކުރަން ފެށީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމާފައި ވަނިކޮށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެ ޕާޓީން އަބަދު ވަކާލާތު ކުރަމުން އައި، އެއް ކަމަކީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އިތުބާރު ހިފޭ ގޮތަކަށް ބެލުމެވެ.

"ރައީސް ސޯލިހު އާއި އެމްޑީޕީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭ،" އޭނާގެ ޕޯސްޓުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޑިމޮކްރެޓުން އެމްޑީޕީން ވަކިވި މައިގަނޑު ސަބަބަކީ ރައީސް ސޯލިހު ސަރުކާރުގެ ހުއްޓުމެއް ނެތި ހިންގާ ހިޔާނާތާއި، ރިޝްވަތުގެ ނެޓްވޯކް ކަމަށެވެ. އެ ނެޓްވޯކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަދި ރައީސް ސޯލިހާ ގާތް ބޭފުޅުން ހިމެނޭ ކަމަށް ވިދާޅުވެފައިވެ އެވެ.

"ތަހުގީގުކޮށް، ނެޓްވޯކް އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭ" އީވާ ގޮވާލެއްވި އެވެ.

ވަކި ކަމެއް ފާހަގަ ނުކުރުއްވައި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވުމުން، "ބަލި ގަބޫލު ނުކުރެވިގެން ތެޅިގަތުން އެހާ ބުއްދިވެރިއެއް ނުވާނެ" ކަމަށެވެ.

އެ އިޝާރާތް ކުރަނީ ބެލެވޭ ގޮތުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށެވެ.

"ދަ ޑިމޮކްރެޓްސް އަވަސްވެ މި ގަންނަނީ ނިމި މިދާ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދުމަށް،" އާޒިމް ވިދާޅުވެފައިވެ އެވެ.

ދަ ޑިމޮކްރެޓްސްގެ އެހެން ބޭފުޅުން ވެސް ވަނީ މި ސަރުކާރުގެ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ބަލަން ގޮވާލައިފަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ނަޝީދު އަދި ރައްދެއް ނުދެއްވަ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ގާނޫނީ އަދަދަށް ވުރެ ވެސް އިތުރަށް މެމްބަރުން މިހާރު ސޮއި ކުރައްވާފައިވާކަން ވަނީ އެނގިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox