"ވަރަށް ގިނަ ބަޔަކު އެދެމުންދާތީ...."

ރައްޔިތުންގެ މަޖިލީހުގެ އިދާރާ: އެ މަޖިލީހަށް ކުރިމަތިލުމުގެ ފޯރި ވަރަށް ބޮޑު. --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާ: އެ މަޖިލީހަށް ކުރިމަތިލުމުގެ ފޯރި ވަރަށް ބޮޑު. --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު މިދިޔަ ހޮނިހިރު ދުވަހު ނިމުމާ އެކު ސޯޝަލް މީޑިއާ އިން ފެންނަން ފެށީ އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށް އެކި މީހުން ޖަހާފައިވާ ޕޯސްޓްތަކެވެ. އެއް ބަޔަކު ބުނަނީ ވަރަށް ގިނަ ރައްޔިތުން އެކަމަށް އެދޭތީ ކުރިމަތިލާން ނިންމީ ކަމަށެވެ. ނުވަތަ ވަރަށް ގިނަ ރައްޔިތުން އެދެމުން އަންނާތީ ކުރިމަތިލާން ވިސްނަމުން އަންނަ ކަމަށެވެ. އެއްވެސް ހާލެއްގައި މަޖިލީހުގެ ގޮނޑީގައި އިނދެގެން ނެގޭނެ ސިޔާސީ ފައިދާތަކާއި، އެކަމުން ލިބޭނެ މާލީ ފައިދާއަކަށްޓަކައެއް ނޫނެވެ.

ރާއްޖޭގައި އެއްވެސް އިންތިހާބަކަށް އެއްވެސް މީހަކު އަމިއްލަ އަށް ފެނިގެން ކުރިމަތިލިހެނެއް ހީނުވެ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް، ކޮންމެ ފަސް އަހަރަކަށް ފަހު އަނެއް ފަސް އަހަރަށް ނުކުންނަވަނީ ވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކަމަށް އެދޭތީވެ އެވެ. ވެރިކަމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތި ހަމައެކަނި ގައުމު އިސްލާހުކުރުމުގެ ނިޔަތުގައި ސިޔާސީ ކަންކަމުގައި އުޅޭ މީހާ ކުއްލިއަކަށް ވެރިކަމަށް ކުރިމަތިލަނީ ވެސް އެކަމަށް ގިނަ ބަޔަކު އެދި އާދޭސްކުރަން ފެށުމުންނޯލަ އެވެ.

އަޖާއިބުވާ ކަމަކީ، ޑިމޮކްރަސީގައި ގިނަ ރައްޔިތުން ކަމަކަށް އެދޭކަން އަންގައިދެވޭނީ ވޯޓުން އެކަނި ކަމަށް ވީ ނަމަވެސް ވޯޓުގެ ކުރިން ބައެއް މީހުން މިތިބެނީ ރައްޔިތުން އެދޭތީ ކުރިމަތިލައިގެންނެވެ. ބައެއް މީހުން މި ދުވަސްވަރު، ރައްޔިތުން އެކަމަށް އެދޭތޯ ވަރަށް ގިނައިން ދާއިރާ މީހުންނާ އެއްކޮށް ކޮފީތަކަށް ވެސް އަރަ އެވެ. ނޭނގޭ ކަމަށް ހަދާލާފައި ދާއިރާގެ ރަށްތަކަށް ދަތުރު ވެސް އެބަ ކުރެ އެވެ.

Advertisement

މީހުން އެދޭތީ ކަމަށް ބުނެ، މަޖިލީހަށް ކުރިމަތިމުގެ ޝައުގުވެރިކަން ގިނަ މީހުން ފާޅުކުރަނީ ދެ ތިން ސަބަބަކަށްޓަކައި ކަމަށް ބެލެވެ އެވެ. ފުރަތަމަ ސަބަބަކީ އޭނާގެ އެއްވެސް އަމިއްލަ އެދުމެއް ނެތް ކަމާއި، އޭނާ އަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮތްކަން ދައްކައި، ރައްޔިތުންގެ ވޯޓު ހޯދުމެވެ. އަނެއް ސަބަބަކީ، ތާއީދު އޮތް މިންވަރު ބެލުމަށްޓަކައި ވަކަރަށް ޖަހާލުމަށެވެ. ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށް އެގޮތަށް ޕޯސްޓެއް ކޮށްލުމުން އެއަށް އާންމުންގެ ރިއެކްޝަން ހުރި ގޮތެއް ބަލައި އޭނާ އަށް އޮތް ތާއީދު ވަޒަންކޮށްލެވޭނެ އެވެ.

ރައްޔިތުންގެ މަޖިލީހަކީ، ކިތަންމެ ހައިބަތު ބޮޑު، އަދި އެހާމެ ބޮޑު ޒިންމާތަކެއް އޮތް މުއައްސަސާއެއް ނަމަވެސް އިހަކާ ހަމަޔަށް ވެސް، ރާއްޖޭގެ ސިޔާސީ ކަންކަން ރޭވިފައި އޮތް ގޮތުން އެއީ، އެއިރަކު އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަށް ރަބަރު ތަތްގަނޑު ޖަހައިދޭ، ސަރުކާރުގެ މުއައްސަސާ އެކެވެ. އެ މަޖިލީހުގެ މެމްބަރަކަށް ވުމަކުން މާބޮޑު މުސާރައެއް، އިނާޔަތެއް ނޯވެ އެވެ. ޖަލްސާއެއް ވެސް އޮންނާނީ ވަރަށް މަދުންނެވެ. އެހެން ވަޒީފާއެއްގައި އުޅެމުން ވެސް ބައިވެރިވެވޭ ފަދަ ގޮތަކަށެވެ.

ނަމަވެސް ދެހާހުގެ އަހަރުތަކުގައި ރާއްޖެ އަށް އައި އިސްލާހީ ބަދަލުތަކާ އެކު، މަޖިލީހުގެ ދައުރު ބޮޑުވެ މެމްބަރުންގެ ޒިންމާތައް ވަނީ އިތުރުވެފަ އެވެ. މެމްބަރުންނަކީ ފުލް ޓައިމް ބަޔަކަށް ވަނީ ވެފަ އެވެ. މެމްބަރުންނަށް އިންތިހާ ބޮޑު މުސާރައެއް ލިބެ އެވެ. ޖަލްސާ އަށް ހާޒިރުވިޔަސް ނުވިޔަސް، ގަޑި ޖެހުނަސް ނުޖެހުނަސް ވެހެވެ. އަދި ކޮބާ ހެއްޔެވެ؟ ދޭތެރެ ދޭތެރެ އިން އަޅުވާ ވޯޓު ސޭލުތަކުން އިންތިހާ އަށް ބޮޑެތި އަދަދުތައް ނަގާލެވެ އެވެ. އިމްތިޔާޒު އޮތުމުން، މީހެއްގެ އަބުރަށް ބެލުމެއް ނެތި ބޭނުން ތުހުމަތެއް އަޅުވާލެވެ އެވެ.

އެފަދަ ކަންކަމާ ހުރެ މިހާރު މަޖިލީހުގެ ގޮނޑީގެ ޑިމާންޑު ވަރަށް ބޮޑެވެ. ކެމްޕެއިނަށް ބޮޑު ހަރަދެއް ހިނގިޔަސް، އަދި ހޮވުމަށް ފަހު ދާއިރާ ބައެއް ގެތަކުގެ ކަރަންޓު ބިލުތައް ދައްކާލަން ޖެހުނަސް އަދި ފުޓްބޯޅަ މުބާރާތެއް އިންތިޒާމުކޮށްލަން ހަރަދުތަކެއް ދޭން ޖެހުނު ނަމަވެސް، ބައެއް މެމްބަރުން ފަސް އަހަރު ނިންމާލަނީ އިންވެސްޓްމަންޓް ކަވަރުކޮށްގެންނެވެ. ކުރިން ބުނި ސޭލުތަކުންނާއި، ޕްރޮޖެކްޓްތަކުންނެވެ.

އެހެންވެ މިހާރުން ފެށިގެން އަންނަ ދައުރުގެ ގޮނޑިއެއް އަތުވޭތޯ ގިނަ ބަޔަކު މަސައްކަތް ފެށީ އެވެ. ނޫނެކެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދޭތީވެ ކުރިމަތިލާން ނިންމީ އެވެ. މިގޮތަށް ގިނަ ބަޔަކު އެދިގެން މަޖިލީހަށް ކުރިމަތިލުމުން ބައެއް މީހުންނަށް ހެއްވާ މަޖާ ކަންކަން ވެސް ދިމާވެފައި އެބަހުއްޓެވެ.

ރާއްޖޭގެ މަޝްހޫރު އަދީބު އަބްދުﷲ ސޯދިގު (ސޯދުބެ) ލިޔުއްވާފައިވާ ގޮތުގައި އެއް ފަހަރު، މުލަކު އަތޮޅުގެ ގިނަ ބަޔަކު އެދޭތީ އޭނާ ވެސް މަޖިލީހަށް ކުރިމަތިލާން ނިންމެވި ކަމަށެވެ. އެކަމުގައި ރައްޔިތުންގެ ތާއީދަށް އެދި މ. އަތޮޅުގެ ކޮންމެ ގެޔަކަށް ފޮނުވޭ ވަރަށް ސޯދުބެ އަށް، އޭރު އޭނާ ސްޓެންސިލް ލިޔާ ކާތިބަކަށް މަސައްކަތްކުރެއްވި ނޮވެލްޓީ ޕްރެސްގެ ވެރިޔާ އަލީ ހުސެއިން ސިޓީ ޗާޕުކޮށްދެއްވި އެވެ.

"އަޅުގަނޑު ވީ އުފަލުގެ ކޮޅެއް ނެތެވެ. ހިތަށް އެރި އެވެ. މި ސިޓީތައް އަތޮޅުގެ ރަށްރަށަށް ބަހާލީމާ، އަޅުގަނޑުގެ ނަމުގައި ޗާޕުކޮށްފައި އޮތް ސިޓީއެއް ކޮންމެ ގެޔަކަށް ލިބުނީމާ އެގޭގެ މީހުންނަށް ވެސް އަޅުގަނޑަކީ ކުޑަކުޑަ މީހެއް ނޫންކަން ވިސްނޭނެ އެވެ،"

ސިޓީތައް ޗާޕުވުމާ އެކު، މުލަކު އަތޮޅު ރަށެއްގެ ދޯންޏެއްގެ ބަޔަކަށް ރަނގަޅަށް ސައިދީ، ސިޓީތައް ފޮނުވަން ހަވާލުކުރި އެވެ. އެ މީހުން ސިޓީތައް ހިފައިގެން ދިއުމުން ސޯދުބެ ވަރަށް ހިތްހަމަޖެހިފައި ހުރެ، މެމްބަރަކަށްވީމާ އޭނާ ގާތަށް މީހުން ކަންކަމު އައީމާ ހުންނާނެ ގޮތް ހިތަށް އަރުވައި، ހިސާބަކަށް ދިގު ގޮނޑި ހޯދައި، ގޭގައި އުނދޯލިގެއެއް ހެދުމުގެ ހިޔާލު ވެސް ކޮށްފި އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ފުލިދޫ އަތޮޅު ރަށްރަށަށް ސިޓީތަކެއް ލައްވެގެން އުޅޭ ކަމުގެ ހަބަރު ލިބިގެން ބެލިއިރު މިއީ އެއްކަލަ ސިޓީތަކެވެ. ސޯދުބެ ހީކުރީ ދޯނި ބަންޑުން ޖަހާލީ ކަމަށެވެ. އެކަމަކު އަސްލުވީ ގޮތަކީ، ކަނޑު ގަދަވެގެން ދޯނި ހަލުވައިގަތުމުން އެއީ ބަރާކަމުން ވީކަމެއް ކަމަށް ބަލައި ދޯނި ލުއި ކުރަން ނެވިމީހާ ސިޓީތައް އުކާލީ އެވެ. އެކަމަކު އެ ދޯނީގައި ހުރި ލަކުޑި ފަދަ ބަރުސާމާނު ރަށަށް ގެންދިޔަ ކަމަށްވެ އެވެ.

"އެ އެއްޗެހި މި ލައްވީ ވެސް ވ. އަތޮޅަށެވެ. މ. އަތޮޅުގެ ރަށްރަށަށް ލައްވި ނަމަވެސް ކިހައި ރަނގަޅު ވީސް ހެއްޔެވެ؟،" ސޯދުބެ ލިޔުއްވި އެވެ.

"އަޅުގަނޑު ވަރަށް ދެރަވީމެވެ. މިއީ މިކަންވާން އިރާދައިގައި ނެތިގެން ވީގޮތްތާއޭ ހިތައި ހިތްހެޔޮކޮށްލައިގެން ހުއްޓާ އެ ދޯނިން ދަތުރުކުރި ރައްޓެއްސަކު ވީ ގޮތް ކިޔައިދީފި އެވެ. ވީގޮތަކީ ނެވި މީހާ ގަސްދުގައި ސިޓީތައް އުކާލީ އެވެ."

ވާނީ ވެސް އެހެންތާ އެވެ. ސިޓީތައް ހަވާލުކުރި ދޯނީގެ ނެވިމީހާ އަކީ ސޯދުބެއާ ވާދަކުރާ ކެންޑިޑޭޓަށް ތާއީދުކުރާ މީހެކެވެ.

"މިކަން މިހެން ހިނގި ފަހުން އަދި އަދަށް ދާންދެން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އަޅުގަނޑު ކުރިމައްޗެއް ނުލަމެވެ،"

މިހާރު މިއޮތީ އެ މޫސުން އަނެއްކާ ވެސް ފެށި އެވެ. ސިޔާސީ ވާދަވެރިކަން ކުރިއަށް ވުރެ ބޮޑުވެފައިވާތީ، ސިޓީތައް ކަނޑަށް އުކާލުން ފަދަ އެތައް ކަމެއް މި ފަހަރު ވެސް ހިނގާނެ އެވެ. އެންމެ ފުރަތަމަ ޕާޓީ ޓިކެޓް ހޯދަން ބާއްވާ ޕްރައިމަރީގަ އެވެ. އޭގެ ފަހުން އަސްލު ކެމްޕެއިނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox