ކޯރަމް ހަމަނުވާތީ މަޖިލީހުގެ ޖަލްސާ މިއަދު ވެސް ބޭއްވޭ ގޮތެއް ނުވި

ކޯރަމް ހަމަނުވާތީ މަޖިލީހުގެ ޖަލްސާ މިއަދު ވެސް ބޭއްވޭ ގޮތެއް ނުވި

މަޖިލީހުގައި މިއަދު ބާއްވަން އެޖެންޑާކުރި ޖަލްސާ އަށް ކޯރަމް ހަމަވާ ވަރަށް މެމްބަރުން ވަޑައިނުގެންނެވުމުން ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.

އާދައިގެ މަތިން ހެނދުނު 9:00 ގައި ފަށަން އެޖެންޑާކޮށްފައި އޮތް ޖަލްސާ ފަށާ ގަޑި ޖެހުނުއިރު މެމްބަރުން ވަޑައިނުގަނެންނެވި ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން ރިޔާސަތުގެ މޭޒުގައި އިންނެވި އެވެ. އަދި އެ މަންޒަރު މަޖިލީހުގެ ޗެނަލްތަކުން އެ މަންޒަރު ވަގުތުން ދުރަށް ދައްކަން ވެސް ފެށި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިއަދުގެ ޖަލްސާ ފަށާ ގަޑި ޖެހުނު އިރު ތަޅުމުގައި ވަޑައިގެން ތިއްބެވީ އެންމެ 15 މެމްބަރުން ކަމަށެވެ. މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވަ އެވެ.

"ކޯރަމްގެ ރަނގަބީލު ޖެހުމަށް ފަހުގައި ބަލަން ޖެހޭ ވަގުތަށް ވެސް ބަލައި ނިމިއްޖެ. އިއްޒަތްތެރި މެމްބަރުން މަޖިލީހަކަށް ވަޑައެއް ނުގަންނަވާ. އަަޅުގަނޑަށް މަޖުބޫރުވެ މިދަނީ މިއަދުގެ މަޖިލިސް ބައްދަލުވުން ނޯންނާނެ ކަމަށް އަންގައި އިއުލާނުކުރުން،" ނަޝީދު ވިދާޅުވި އެވެ.

ޖަލްސާގެ އެޖެންޑާގައި އެ މައްސަލައިގެ އިތުރުން މަޖިލީހުގެ މެމްބަރުން އިތުރުވުން ހިފެހެއްޓުމަށް ހުޅުދޫ ދާއިރާގެ މެ،ްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ބިލާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލު ވެސް ހިމެނެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 30، ގެ ކުރިން ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް އެ ވޯޓުގެ ކަރުދާހުގައި ބަޔާން ކުރަންވީ ސުވާލާއި، ނިޒާމުތަކުގެ އޮނިގަނޑާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ބައްޓަންކުރަންވީ ގޮތާ ގުޅޭ މައުލޫމާތުތައް ދިނުމަށް އީސީން މަޖިލީހުގައި އެދިފައިވެ އެވެ.

މަޖިލީހުގައި މިދިޔަ ހަފުތާގައި ބާއްވަން އުޅުނު ޖަލްސާއަކަށް ވެސް މެމްބަރުން ވަޑައިނުގެންނެވުމުން ކެންސަލް ކުރަން ޖެހުނެވެ. ރިޔާސަތުން ނަޝީދު އެ ދުވަހު އިއުލާނުކުރެއްވީ ޖަލްސާއެއް ބޭއްވޭތޯ އެމްޑީޕީއާ މަޝްވަރާކުރައްވާނެ ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox