ޓިކްޓޮކް ވީޑިއޯގެ މައްސަލައިގައި އޮސީމެން އާއި ނަޕޯލީގެ ކޯޅުމެއް

Sep 29, 2023, 5:27 AM
ޓިކްޓޮކް ވީޑިއޯގެ މައްސަލައިގައި އޮސީމެން އާއި ނަޕޯލީގެ ކޯޅުމެއް

ނޭޕްލްސް، އިޓަލީ (ސެޕްޓެމްބަރު 29) - ނައިޖީރިއާ އަށް އުފަން، ފޯވާޑް ވިކްޓަ އޮސީމެން އަށް ރައްދުވާ ގޮތަށް އޭނާ ކުޅެމުން އަންނަ ކްލަބް، ނަޕޯލީން ޓިކްޓޮކަށް ލި ވީޑިއޯއެއްގެ މައްސަލަ ހޫނުވެއްޖެ އެވެ.

ނަޕޯލީގެ ރަސްމީ ޓިކްޓޮކް އެކައުންޓްގައި ހިމެނި ވީޑިއޯއެއްގައި ހިމަނާފައިވަނީ އިޓާލިއަން ލީގުގައި ބޮލޯނިއާއާ ދެކޮޅަށް ނަޕޯލީ ކުޅުނު މެޗުގައި އޮސީމެން އަތުން ޕެނަލްޓީ ނާކާމިޔާބުވި މަންޒަރެވެ. އެ ވީޑިއޯގެ އޯޑިއޯގައި އޮސީމެން، އޭނާ އަށް ޕެނަލްޓީ ޖަހަން ދިނުމަށް ޓީމުގެ ކުޅުންތެރިން ގާތުގައި ބުނާ އަޑު ސާފުކޮށް އިވެ އެވެ. މި މައްސަލައިގައި ނަޕޯލީ އަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމަޒުވުމާއި، އިޓަލީ މީޑިއާގެ ސަމާލުކަން ހުއްޓުމާ އެކު، ނަޕޯލީން ވަނީ ވީޑިއޯ ޓިކްޓޮކުން ނަގައިފަ އެެވެ.

ޓިކްޓޮކުން އެ ވީޑިއޯ ފޮހެލި ކަމުގައި ވިޔަސް، އޮސީމެން، 24، ގެ އޭޖެންޓް މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވާއިރު، ނަޕޯލީން ވަނީ ކަން ހިނގައިދިޔަ ގޮތް މީޑިއާގައި ސާފުކޮށްދީފަ އެވެ.

މި މައްސަލަ ހިނގައިދިޔަ ގޮތް އޮޅުންފިލުވައިދިނުމުގެ ގޮތުން، ނަޕޯލީން ވަނީ ބަޔާނެއް ނެރެފަ އެވެ.

ނަޕޯލީން ބުނީ ވީޑިއޯ ނެރުނު މަގުސަދަކީ އެއްވެސް ފަރާތެއް ބަދުނާމުވާ ފަދަ ކަމެއް ކުރުމުގެ ގޮތުން ނޫން ކަމަށެވެ. އެއީ އުފެއްދުންތެރި ގޮތެއްގައި ކްލަބްގެ ކަންކަން ޒަމާނީ ގޮތްތަކަށް އެކި ޕްލެޓްފޯމްތަކުގައި ގެެނެސްދިނުމުގެ ވިސްނުމުގައި ކުރި ކަމެއް ކަމަށް ނަޕޯލީން ވަނީ ބުނެފަ އެވެ.

ސީޒަނުގެ މިހާތަނަށް ނަޕޯލީ އަށް ކުޅެދިން ހަ މެޗުން ތިން ލަނޑު ޖަހާފައިވާ އޮސީމެން، އަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ނަޕޯލީން ހޯދިއިރު، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.

އެކަމަކު، މި ވީޑިއޯގެ މައްސަލައިގައި އޮސީމެން ނަޕޯލީ ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ. އެ ގޮތުން ޖެނުއަރީ ޓްރާންސްފާގައި އޮސީމެން ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ކްލަބަކުން އޮފާ ލިބިފައިވާ ކަމަށް މީޑިއާގައި ވަނީ ވާހަކަ ދެކެވިފަ އެވެ. އޭގެ ތެރޭގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox