މުއިއްޒުގެ ދޮންމަންމަ ސްކީލާން ބްލެކްލިސްޓުން ނަގައިފި

ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ ލަންކާގެ ސްކީލާން

ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ ލަންކާގެ ސްކީލާން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، އަވަށްޓެރި ސްރީލަންކާއަށް އުފަން، ޖީ ސްކީލާން ހުސެއިން ރާއްޖޭގެ އިމިގްރޭޝަންގެ ބްލެކްލިސްޓުން ނަގައި، ރާއްޖެ އެތެރެވުން ހުއްދަކޮށްފި އެވެ.

މުއިއްޒުގެ ބައްޕަ، ޝެއިޚް ހުސައިން އަބްދުއްރަހުމާން 2015 ވަނަ އަހަރު އަވަހާރަ ވުމަށް ފަހު، ހުވަފަތް އަނބިކަނބަލުން ސްކީލާން ރާއްޖެ ދޫކޮށް ދާންޖެހުނު ގޮތާއި އޭނާ ބްލެކްލިސްޓްކުރި ގޮތް، ހެއްކާއި، އިންޓަވިއުއާއެކު އަދަދު ނޫހުން ރިލީޒުކުރި ތަހުގީގީ ޑޮކިއުމެންޓަރީގައި ގެނެސްދީފައިވެ އެވެ.

އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ސްކީލާން ބްލެކްލިސްޓްކުރީ، އިންސާނީ ވަގުފާރީގެ ތުހުމަތުގައި 2016 ވަނަ އަހަރު އެވެ.

ޝެއިޚް ހުސައިން އަވަހާރަވުމުން، ސްކީލާން ރާއްޖޭން ފުރީ ޖެނުއަރީ 12، 2016 ގަ އެވެ. އެނބުރި ރާއްޖެ އައީ މާޗް 4، 2016 ގަ އެވެ. އޭގެ ދެ ދުވަސް ކުރިން މާޗް 2، 2016 ގައި އޭނާ ބްލެކްލިސްޓްކޮށްފައި އޮތުމުގެ ސަބަބުން، ރާއްޖެއަށް އެތެރެ ނުވެވި އެނބުރި ދާންޖެހުނީ ސްރީ ލަންކާއަށެވެ.

ބްލެކްލިސްޓު ކުރި ކަމުގެ ތުހުމަތު އޭނާ އަޅުވަނީ ދޮންދަރި މުއިއްޒު އަށެވެ. އެކަމަށް މިހާތަނަށް ވެސް މުއިއްޒު ރައްދެއް ނުދެއްވަ އެވެ. ނަމަވެސް، މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ ސްކީލާން ރާއްޖެއަށް އެތެރެނުވެވުނީ ވިސާ ކެންސަލްވެފައި އޮތުމުން ކަމަށެވެ.

އަދަދުގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ސްކީލާން ރާއްޖެ އެތެރެވާން އުޅުނީ ޓޫރިސްޓު ވިސާގަ އެވެ. ނަމަވެސް އެތެރެ ނުވެވުނީ ބްލެކްލިސްޓުކޮށްފައި އޮތުމުންނެވެ.

ސްކީލާން ބުނި ގޮތުގައި އޭނާ ބްލެކްލިސްޓުކުރީ ކީއްވެގެންކަން އަންގާފައެއް ނެތެވެ. އެ މައްސަލަ ސާފުކުރުމަށާއި ބްލެކްލިސްޓުން ނަން ނަގައި ދިނުމަށް އެދި ސަރުކާރުގެ މުއައްސަސާތަކަށް ހުށަހެޅި އެވެ. ނަމަވެސް އެކަން އޮތީ ހައްލުނުކޮށެވެ.

އަދަދުން ގެނެސްދިން ޑޮކިއުމެންޓަރީއަށް ފަހު ބްލެކްލިސްޓުން ނަން ނަގައިދިނުމަށް އެދި ސްކީލާން އަލުން ސިޓީ ފޮނުވި އެވެ. އަދި މިހާރު އޭނާގެ ނަން ބްލެކްލިސްޓްގައި ނެތްކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ. އެހެންވުމާއެކު މިހާރު އޭނާ އަށް ރާއްޖެ އެތެރެވެވޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

އިންސާނީ ވަގުފާރީގެ ތުހުމަތުކޮށް، ގާނޫނާ ހިލާފަށް ސްކީލާން ބްލެކްލިސްޓުކުރިއިރު، އޭނާގެ މައްޗަށް ކުރި އެ ތުހުމަތާ ގުޅޭ އެއްވެސް ތަހުގީގެއް ޕޮލިހުން އަދި އިމިގްރޭޝަނުން ހިންގާފައެއް ނެތެވެ.

އިމިގްރޭޝަންގެ ސިސްޓަމުން ފެންނަން އޮތީ އެ މައްސަލައާ ގުޅޭ މެމޯ ނަންބަރަކާއި މީޓިން ބޭއްވި ނަންބަރެކެވެ. މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް އުފައްދައި، ފައިލްކޮށްފައި ވެސް ނެތެވެ. ޔައުމިއްޔާ އެއްވެސް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox