ހުލާސާކޮށް އިއްޔެ: ރަށްރަށުގައި ޕާސްޕޯޓު ޕްރިންޓު ނުކުރޭ!

Dec 1, 2025, 1:01 AM
ޕާސްޕޯޓާއި އައިޑީ ކާޑުގެ ހެއްދުން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ނޮވެމްބަރު 16، 2024 ގައި ރައީސް މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިފުތިތާހުކޮށް ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ޕާސްޕޯޓާއި އައިޑީ ކާޑުގެ ހެއްދުން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ނޮވެމްބަރު 16، 2024 ގައި ރައީސް މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިފުތިތާހުކޮށް ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި، ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ނަމުގައި ބޮޑު މަޝްރޫއުއެއް ކުރިޔަށް ގެންދިޔަ ނަމަވެސް، އެއީ ބޮޑު އޮޅުވާލުމެއްކަން އަދަދު އަށް ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ބައެއް ކައުންސިލްތަކުގެ އިސްވެރިން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފެށި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށާއި، މާލެ ފިޔަވައި އެއްވެސް ރަށެއްގައި ޕާސްޕޯޓު ޕްރިންޓު ނުކުރާ ކަމަށެވެ.

"މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި އަދި ޕާސްޕޯޓެއް ޕްރިންޓެއް ނުކުރޭ،" އެ މައުލޫމާތު އެނގޭ އޮފިޝަލަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފެށި ބައެއް ރަށްތަކުގެ ކައުންސިލުން ބުނީ އެ ރަށްރަށުގައި ޕާސްޕޯޓު ޕްރިންޓުކުރުން ކުރިއަށް ނުގެންދާ ކަމަށެވެ.

"މިރަށުގެ ކައުންސިލުން ވެސް ސަރުކާރުން އަންގައިގެން 400،000 ރުފިޔާ ހަރަދުކުރަން ޖެހުނު ހާއްސަ ކޮޓަރިއެއް ތަރައްގީކުރުމަށާއި ބައެއް ސާމާނު ހޯދަން. ރަށުގައި ޕާސްޕޯޓު ހައްދާ ވާހަކަ އިއުލާނު ކުރިޔަސް އެއީ އަދި ނުވާ ކަމެއް. މިހާރު ވެސް ފްލައިޓު އޮންނަ ދުވަސްތަކުގައި ޕާސްޕޯޓު ފޮނުވަނީ ޕްރިންޓުކޮށްފައި،" ޕާސްޕޯޓުގެ ހިދުމަތް ފެށި ކަމަށް ބުނާ ކައުންސިލެއްގެ ރައީސް ވިދާޅުވި އެވެ.

އިމިގްރޭޝަން ދާއިރާގެ ކަންކަން އެނގޭ މީހަކު ބުނީ ޕާސްޕޯޓު ހެއްދުމަކީ އާދައިގެ މަސައްކަތެއް ނޫން ކަމަށާއި، ޕާސްޕޯޓު ޕްރިންޓުކުރާ މަރުކަޒަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހުންނަންޖެހޭ ތަނެއް ކަމަށެވެ.

"އެއީ ކޮންމެ ރަށެއްގައި ކޮންމެ ތަނެއްގައި ކުރެވޭނެ ކަމެއް ނޫން. އެގޮތަށް ދޫކޮށްލުމަކީ ގައުމީ ސަލާމަތަށް ވެސް ގެއްލުމެއް،" އޭނާ ބުންޏެވެ.

ރަށްރަށުގައި ތިބެ ޕާސްޕޯޓަށް ހުށަހެޅޭއިރު، ރަށްރަށުގެ އޮފީސް މެދުވެރިކޮށް ޕާސްޕޯޓު ލިބޭ ގޮތް ކުރިން ވެސް ރާވާފައި އޮވެ އެވެ.

ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފެށި ކަމަށް އިއުލާނު ކުރި ބައެއް ރަށްތަކަކީ އެއްވެސް ވަރަކަށް އެކަމުގެ ބޭނުމެއް ނެތް ރަށްރަށް ކަމަށް، އިތުބާރު ކުރެވޭ ސަރުކާރުގެ މަސްދަރަކުން ބުންޏެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެގީ ކ. ތުލުސްދޫ އެވެ.

ރަށްރަށުގައި ޕާސްޕޯޓު ހައްދައިގެން ދޫނުކުރާއިރު، ބައެއް ރަށްރަށުގައި މުއިއްޒު ވިދާޅުވެފައި ވަނީ ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފެށުމަކީ ރައްޔިތުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގުނުވާނެ ކަމެއް ކަމަށެވެ.

"މިއަދު މި ފެށިގެންދިޔަ އައި.ޑީ.ކާޑު އަދި ޕާސްޕޯޓް ޚިދުމަތަކީ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެއިން ލިބިގެންދާނެ ކަމަކަށްވާނެކަން ޔަޤީން،" ހއ. އިހަވަންދޫގައި ޖެނުއަރީ 29، 2025 ގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

ޕާސްޕޯޓު ހެއްދުން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ފެށީ ނޮވެމްބަރު 16، 2024، ގަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox