ދޮންމަންމަ ބްލެކްލިސްޓް ކުރި މައްސަލައިގައި މުއިއްޒު ޖަވާބުދާރީވާންޖެހޭ: ސަނީފު

Sep 28, 2023, 2:33 AM
ސްކީލާންގެ ފޮޓޯ އަލްބަމުން ނަގާފައިވާ ފޮޓޯއެއް.

ސްކީލާންގެ ފޮޓޯ އަލްބަމުން ނަގާފައިވާ ފޮޓޯއެއް.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، އަވަށްޓެރި ސްރީ ލަންކާއަށް އުފަން، ޖީ ސްކީލާން ހުސެއިން، ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ބްލެކްލިސްޓުކޮށް ޑީޕޯޓުކޮށްފައި ވަނީ ނުފޫޒު ބޭނުންކޮށްގެން، ގާނޫނާ ހިލާފަށް ކަމަށް ކުރެވޭ ތުހުމަތަށް މުއިއްޒު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގދ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ސަނީފު ވަނީ، ސްކީލާން ބްލެކްލިސްޓުކުރި މައްސަލައިގައި މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ބިދޭސީއަކު ޑީޕޯޓުކޮށްލިޔަސް، އޭނާއަށް އެކަމުގެ ސަބަބު ނޭނގި ޑީޕޯޓްކޮށްލެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަލިއްޔުލްއަމްރުކަން ހަވާލުކުރަން ބޭނުންވާ މީހާއަކީ އެ މީހާއަށް ލިބިފައި އޮތް ކުޑަކުޑަ ބާރަކުން އެ މީހާގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެހެން މީހެއްގެ އިންސާނީ ހައްގާއި ކަރާމާތަށް އަރައިގެންފައިވާ މީހަކަށް ވެއްޖިއްޔާ އެފަދަ މީހަކަށް މި ގައުމުގެ ހިންގުން ހަވާލުކޮށްފިއްޔާ، އަޅުގަނޑުމެންގެ ކުރީ ރޭގެ ކަންމަތީ ބައްދަލުވުމުގައި ބުނިހެން ފަށްޓަރު ބައި ވެސް ގެއްލިގެންދާނެ،" މުއިއްޒަށް ނިސްބަތް ކުރައްވައި ސަނީފު ވިދާޅުވި އެވެ.

ބްލެކްލިސްޓްކުރި ކަމުގެ ތުހުމަތު ސްކީލާން ކުރަނީ އޭނާގެ ދޮންދަރި، މުއިއްޒުގެ މައްޗަށެވެ.

މިފަދަ ތުހުމަތެއް ކުރެވުމުން އެކަން ހިނގައިދިޔަ ގޮތް މުއިއްޒު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ސަނީފު ވިދާޅުވި އެވެ.

މުއިއްޒުގެ ބައްޕަ، ޝެއިޚް ހުސައިން އަބްދުއްރަހުމާން 2015 ވަނަ އަހަރު އަވަހާރަ ވުމަށް ފަހު، ހުވަފަތް އަނބިކަނބަލުން ސްކީލާން ރާއްޖެ ދޫކޮށް ދާންޖެހުނު ގޮތާއި އޭނާ ބްލެކްލިސްޓްކުރި ގޮތް، ހެއްކާއި، އިންޓަވިއުއާއެކު އަދަދު ނޫހުން ރިލީޒުކުރި ތަހުގީގީ ޑޮކިއުމެންޓަރީގައި ހިމަނާފައިވެ އެވެ.

އެ ޑޮކިއުމެންޓަރީއަށް ފަހު އިމިގްރޭޝަނުން ބުނެފައިވަނީ ސްކީލާން ބްލެކްލިސްޓްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެ މައްސަލަ ހިނގައިދިޔަ ގޮތް ބަލާނެ ކަމަށެވެ.

ސްކީލާން ރާއްޖޭން ފުރީ ޖެނުއަރީ 12، 2016 ގަ އެވެ. އެނބުރި ރާއްޖެ އައީ މާޗް 4، 2016 ގަ އެވެ. އޭގެ ދެ ދުވަސް ކުރިން މާޗް 2، 2016 ގައި އޭނާ ބްލެކްލިސްޓްކޮށްފައި އޮތުމުގެ ސަބަބުން، ރާއްޖެއަށް އެތެރެ ނުވެވި އެނބުރި ދާން ޖެހުނީ ސްރީ ލަންކާއަށެވެ.

ސްކީލާން ބްލެކްލިސްޓުކުރީ އިންސާނީ ވަގުފާރީގެ ތުހުމަތުގަ އެވެ. ނަމަވެސް އެއްވެސް މައްސަލައެއް ޕޮލިހުން، އަދި އިމިގްރޭޝަނުން ވެސް ބަލާފައި ނެތްކަން އަދަދު ނޫހުގެ ތަހުގީގުން ފާހަގަވި އެވެ. ހަމައެކަނި އިމިގްރޭޝަންގެ ސިސްޓަމުން ފެންނަން އޮތީ އެ މައްސަލައާ ގުޅޭ މެމޯ ނަންބަރަކާއި މީޓިން ބޭއްވި ނަންބަރެކެވެ. މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް އުފައްދައި، ފައިލްކޮށްފައި ވެސް ނެތެވެ. ޔައުމިއްޔާ އެއްވެސް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox