ހުލާސާކޮށް އިއްޔެ: މުއިއްޒުގެ ދޮންމަންމަ ބްލެކްލިސްޓުކުރި މައްސަލަ ބަލަން ފެށުން

Sep 28, 2023, 1:20 AM
މުއިއްޒު އާއި އޭނާގެ ދޮންމަންމަ ސްކީލާން. ސްކީލާން ބުނާ ގޮތުން އޭނާ ލަންކާއަށް ދިޔަ ފަހުން މުއިއްޒު ވަނީ މުއާސަލާތީ ހުރިހާ ވަސީލަތަކުން އޭނާ ބްލޮކް ވެސް ކޮށްފައި.

މުއިއްޒު އާއި އޭނާގެ ދޮންމަންމަ ސްކީލާން. ސްކީލާން ބުނާ ގޮތުން އޭނާ ލަންކާއަށް ދިޔަ ފަހުން މުއިއްޒު ވަނީ މުއާސަލާތީ ހުރިހާ ވަސީލަތަކުން އޭނާ ބްލޮކް ވެސް ކޮށްފައި.

އަވަށްޓެރި ސްރީ ލަންކާއަށް އުފަން، ޖީ ސްކީލާން ހުސެއިން، ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް 2016 ގައި ބްލެކްލިސްޓުކޮށް ޑީޕޯޓުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ހިނގާފައިވާ ގޮތް ބަލަން ފަށައިފައިވާ ކަމަށް އިމިގްރޭޝަނުން އިއްޔެ ބުންޏެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުގެ ބައްޕަ، ޝެއިޚް ހުސައިން އަބްދުއްރަހުމާން 2015 ވަނަ އަހަރު އަވަހާރަ ވުމަށް ފަހު، ހުވަފަތް އަނބިކަނބަލުން ސްކީލާން ރާއްޖެ ދޫކޮށް ދާންޖެހުނު ގޮތާއި އޭނާ ބްލެކްލިސްޓްކުރި ގޮތް، ހެއްކާއި، އިންޓަވިއުއާއެކު އަދަދު ނޫހުން ރިލީޒުކުރި ތަހުގީގީ ޑޮކިއުމެންޓަރީގައި ހިމަނާފައިވެ އެވެ.

ސްކީލާން ބްލެކްލިސްޓްކުރި މައްސަލަ އިމިގްރޭޝަނުން ބަލަން ފެށީ ޑޮކިއުމެންޓަރީން އެކަން ހާމަވުމުންނެވެ.

"ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް މޯލްޑިވްސް އިމިގްރޭޝަންގެ ތެރެއިން ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ މިސް ޖީއެންއީއައި. ސްކީލާން ހުސައިން ރާއްޖެ އެތެރެނުވެވޭ ގޮތަށް އެންޓްރީ ބްލޮކްކޮށްފަވާކަން ސަމާލުކަމަށް އައީ ދާދި ފަހުން. އެ ވަގުތުން ފެށިގެން އެ ކަން ހިނގާފައިވާ ގޮތް މިދަނީ ބަލާ ތަހުގީގުކުރަމުން،" އިމިގްރޭޝަންގެ މީޑިއާ ޓެލެގްރާމު ގްރޫޕުގައި އެ އޮފީހުން ލިޔުއްވާފައިވެ އެވެ.

ސްކީލާން ރާއްޖޭން ފުރީ ޖެނުއަރީ 12، 2016 ގަ އެވެ. އެނބުރި ރާއްޖެ އައީ މާޗް 4، 2016 ގަ އެވެ. އޭގެ ދެ ދުވަސް ކުރިން މާޗް 2، 2016 ގައި އޭނާ ބްލެކްލިސްޓްކޮށްފައި އޮތުމުގެ ސަބަބުން، ރާއްޖެއަށް އެތެރެ ނުވެވި އެނބުރި ދާންޖެހުނީ ސްރީ ލަންކާއަށެވެ.

ސްކީލާން ބްލެކްލިސްޓުކުރީ އިންސާނީ ވަގުފާރީގެ ތުހުމަތުގަ އެވެ. ނަމަވެސް އެއްވެސް މައްސަލައެއް ޕޮލިހުން، އަދި އިމިގްރޭޝަނުން ވެސް ބަލާފައި ނެތްކަން އަދަދު ނޫހުގެ ތަހުގީގުން ފާހަގަވި އެވެ. ހަމައެކަނި އިމިގްރޭޝަންގެ ސިސްޓަމުން ފެންނަން އޮތީ އެ މައްސަލައާ ގުޅޭ މެމޯ ނަންބަރަކާއި މީޓިން ބޭއްވި ނަންބަރެކެވެ. މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް އުފައްދައި، ފައިލްކޮށްފައި ވެސް ނެތެވެ. ޔައުމިއްޔާ އެއްވެސް ނެތެވެ.

ބްލެކްލިސްޓްކުރި ކަމުގެ ތުހުމަތު ސްކީލާން ކުރަނީ އޭނާގެ ދޮންދަރި، މުއިއްޒުގެ މައްޗަށެވެ. ނަމަވެސް، މިހާތަނަށް މުއިއްޒު އެކަމަށް ސީދާ ރައްދެއް ނުދެއްވަ އެވެ.

ފުވައްމުލަކުގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަނެފައި ނޯންނާނެ ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ތިނަދޫގެ ޑިމޮކްރޭޓުން ރައީސްއަށް މަރުހަބާކިއުމަށް ނިކުމެ: އެމީހުން ބުނީ ރައީސްއަށް ތާއިދުކުރަން ނިންމީ ނަޝީދާ އެންމެ އެއްގޮތް ސިޔާސަތުތަކެއް ގެންގުޅުއްވާ ދެވަނަ ބޭފުޅަކީ ރައީސް ސޯލިހަށް ވާތީ ކަމަށް -- ފޮޓޯ: ޝާބިން/އަދަދު
ތިނަދޫގެ ޑިމޮކްރޭޓުން ރައީސްއަށް މަރުހަބާކިއުމަށް ނިކުމެ: އެމީހުން ބުނީ ރައީސްއަށް ތާއިދުކުރަން ނިންމީ ނަޝީދާ އެންމެ އެއްގޮތް ސިޔާސަތުތަކެއް ގެންގުޅުއްވާ ދެވަނަ ބޭފުޅަކީ ރައީސް ސޯލިހަށް ވާތީ ކަމަށް -- ފޮޓޯ: ޝާބިން/އަދަދު

ގދ. ތިނަދޫގެ ޑިމޮކްރެޓުން ރޭ ރައީސް ސޯލިހަށް މަރުހަބާ ކިޔަން ނުކުތް. އެ މީހުން ބުނީ ދެ ވަނަ ބުރުގައި ވޯޓު ދޭނީ ރައީސް ސޯލިހަށް ކަމަށް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox